Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެެމެރިކާގެ މުޒާހަރާ

އެމެރިކާގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާކޮށްފި

މިނެސޯޓާގައި ފެޑަރަލް އިމިގްރޭޝަން އިދާރާ އިން ހަފުތާތަކެއް ވަންދެން ހިންގަމުންދާ އޮޕަރޭޝަނާ ދެކޮޅު ހެދުމުގެ ގޮތުން، ގިނަ އަދަދެއްގެ ރެސްޓޯރެންޓްތަކާއި، މުނިފޫހިފިލުވާ ތަންތަނުގެ އިތުރުން އެކި ވިޔަފާރިތައް ވަނީ އެއް ދުވަހުގެ މުއްދަތަށް ހުއްޓާލާފަ.

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 12:23
ހުކުރު ދުވަހު "އައިސް" އޭޖެންޓުންނާ ދެކޮޅަށް އެމެރިކާގެ މިނިއަޕޮލިސް ގައި އެތައް ހާސް ބަޔަކު ވަނީ މުޒާހަރާ ކޮށްފައި.

ހުކުރު ދުވަހު "އައިސް" އޭޖެންޓުންނާ ދެކޮޅަށް އެމެރިކާގެ މިނިއަޕޮލިސް ގައި އެތައް ހާސް ބަޔަކު ވަނީ މުޒާހަރާ ކޮށްފައި. | އެކްސް

އެމެރިކާގެ މިނިއަޕޮލިސްގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް، ގަދަ ފިނީ ގައި އެތައް ހާސް ބަޔަކު ނިކުމެ ހުކުރު ދުވަހު މުޒާހަރާކޮށްފި އެވެ.

އިމިގްރޭޝަން ގާނޫނާ ޚިލާފުވި ކަމަށް ތުހުމަތު ކޮށް ފަސް އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކުރުމާ ގުޅިގެން އުފެދުނު ބޮޑު ނުރުހުމުގައި، އެ ސިޓީގެ ގިނަ ވިޔަފާރިތަކެއް ބަންދުކޮށް، މި އިހުތިޖާޖުގައި ވަނީ ބައިވެރިވެފަ އެވެ.

މިނެސޯޓާގައި ފެޑަރަލް އިމިގްރޭޝަން އިދާރާ އިން ހަފުތާތަކެއް ވަންދެން ހިންގަމުންދާ އޮޕަރޭޝަނާ ދެކޮޅު ހެދުމުގެ ގޮތުން، ގިނަ އަދަދެއްގެ ރެސްޓޯރެންޓްތަކާއި، މުނިފޫހިފިލުވާ ތަންތަނުގެ އިތުރުން އެކި ވިޔަފާރިތައް ވަނީ އެއް ދުވަހުގެ މުއްދަތަށް ހުއްޓާލާފަ އެވެ.

ބައްޕަ ހައްޔަރުކުރަން އުޅުނު އިމިގްރޭޝަން އޮޕަރޭޝަންގެ ތެރެއިން، ފަސް އަހަރުގެ ލިއަމް ކޮނޭޖޯ ރާމޯސް ބިރުން ހުއްޓާ އޮފިސަރުން އޭނާ ހިފަހައްޓައިގެން ތިބި މަންޒަރު ފެންނަ ފޮޓޯތަކާއެކު އާންމުންގެ ރުޅިވެރިކަން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މި އޮޕަރޭޝަންގެ ތެރޭގައި އޮފިސަރެއްގެ ބަޑީގެ ހަމަލާއެއްގައި އެމެރިކާގެ ރައްޔިތަކު މަރުވެފައިވާކަން ވެސް ފާހަގަކުރެވެ އެވެ.

ރާމޯސް ކިޔަވަމުންދިޔަ ކޮލަމްބިއާ ހައިޓްސް ޕަބްލިކް ސްކޫލްގެ ސުޕްރިންޓެންޑެންޓް ޒީނާ ސްޓެންވިކް ވިދާޅުވި ގޮތުގައި، ހިމާޔަތަށް އެދިފައިވާ ރާމޯސް އާއި އޭނާގެ ބައްޕަ އެޑްރިއަން ކޮނޭޖޯ އޭރިއަސް ހައްޔަރުކުރީ އަންގާރަ ދުވަހު އެމީހުން ދިރިއުޅޭ ގޭގެ ދޮރުމަތިންނެވެ. އަދި ގޭގެ އެތެރޭގައި ތިބި މީހުން ބޭރަށް ނެރުމަށްޓަކައި، އޮފިސަރުން އެ ކުޑަކުއްޖާ "އެންގަނޑެއްގެ" ގޮތުގައި ބޭނުންކުރި ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

މުޒާހަރާގެ ބައިވެރިއަކު ބުނިގޮތުގައި، ހައްގުތަކަށްޓަކައި މަސައްކަތް ނުކޮށްފިނަމަ އަނިޔާވެރިކަން ކުރި ހޯދާނެ އެވެ. ބައެއް މީހުން ވަނީ ހައްޔަރުކުރި ކުއްޖާގެ އުމުރަށް އިޝާރާތްކޮށް، ކުޑަކުދިންނާ މެދު މިފަދަ އިހާނެތިކޮށް އަމަލުކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގަވާއިދާ ހިލާފަށް އުޅޭ މީހުން ގައުމުން ބޭރުކުރުމަށް ހިންގާ ކެމްޕޭންގެ ދަށުން، އެތައް ހާސް އިމިގްރޭޝަން (އައިސް) އެޖެންޓުންނެއް މިނިއަޕޮލިސް އަށް ވަނީ ފޮނުވާފަ އެވެ.

ބުރާސްފަތި ދުވަހު މިނިއަޕޮލިސް އަށް ކުރެއްވި ޒިޔާރަތެއްގައި ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ ރާމޯސް ބަންދުގައި ހުރިކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް، އޭނާ ވިދާޅުވީ އެ ކުއްޖާގެ ބައްޕަ އޮފިސަރުންނަށް ފިލަން މަސައްކަތް ކުރުމުން، ކުއްޖާގެ ސަލާމަތަށްޓަކައި އޭނާ ބެލުމުގެ ދަށަށް ގެންދަން ޖެހުނީ ކަމަށެވެ. 

އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާރް ޓާރކް ވަނީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ހިޖުރަކުރާ މީހުންނާއި ރެފިއުޖީންނާ މެދު އަމަލުކުރާ އިހާނެތި ގޮތްތައް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

ކުއްޖާގެ ބައްޕަ މިހާރު ހުރީ ޓެކްސަަސްގެ މަރުކަޒެއްގައި ބަންދު ކޮށްފަ އެވެ. ނަމަވެސް، 18 އަހަރުން ދަށުގެ ކުދިން ތިބޭ ތަންތަނުގެ މައުލޫމާތު އާންމު ނުކުރާތީ، އެ ކުޑަކުއްޖާ މިހާރު ހުރީ ކޮންތަނެއްގައި ކަމެއް ސާފެއް ނުވެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްމިނިއަޕޮލިސް އެމެރިކާގެ - އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި

އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި

24 ޖެނުއަރީ 2026
އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި

އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި

24 ޖެނުއަރީ 2026
ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދޭނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދޭނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

24 ޖެނުއަރީ 2026
ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ

ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ

24 ޖެނުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

24 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު