Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ކެނެޑާ

ޗައިނާ އާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްފި ނަމަ ކެނެޑާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ސަތޭކަ އިންސައްތަ ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

24 ޖެނުއަރީ 2026 | ހޮނިހިރު 18:44

2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ޓްރަމްޕް ގެންދެވީ ކެނެޑާގެ މުދަލުން ބޮޑު ޓެކްސްއެއް ނަގާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އަދި ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓަށް ވުމަށް ބޭނުންފުޅުވާ ކަމަށްވެސް އެކި ފަހަރުމަތިން އޭނާ ވަނީ ވިދާޅުވެފަ.

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 18:44
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ. | އޭއެފްޕީ

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަން ނިންމަވައިފި ނަމަ، ކެނެޑާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ސަތޭކަ އިންސައްތަ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު "ޓްރުތް ސޯޝަލް" މެދުވެރިކޮށް ދެއްވި މެސެޖެއްގައި ޓްރަމްޕް ވިދާޅުވީ، ޗައިނާގެ މުދަލާއި އުފެއްދުންތައް އެމެރިކާ އަށް ފޮނުވުމަށް ބޭނުންކުރާ "މަގަކަށް" ކެނެޑާ ހެދޭނެ ކަމަށް ކާނީ ގަބޫލުކުރައްވާ ނަމަ، އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.

"ކެނެޑާ އިން ޗައިނާއާއެކު އެއްބަސްވުމެއް ގާއިމުކޮށްފި ނަމަ، އެމެރިކާ އަށް އެތެރެކުރާ ކެނެޑާގެ ހުރިހާ މުދަލަކާއި އުފެއްދުންތަކުން ވަގުތުން ސަތޭކަ އިންސައްތަ ޓެރިފް ނަގަން ފަށާނަން،" ކާނީއަށް ބޮޑުވަޒީރުގެ ބަދަލުގައި "ގަވަރުނަރު" ގެ ނަމުން މުހާތަބު ކުރައްވަމުން ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

މި އިންޒާރު އައިސްފައިވަނީ، މި ހަފުތާގައި ސްވިޒަލޭންޑްގެ ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ކާނީ ދެއްވި ތަގުރީރަކާ ގުޅިގެން ކެނެޑާ އާއި އެމެރިކާ އާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. ކާނީގެ އެ ތަގުރީރަކީ ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތަކަށް އަމާޒުކުރެއްވި ރައްދު ހަމަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.

"އަޅުގަނޑުމެން މިތިބީ ބަދަލުވުމުގެ މަރުހަލާއެއްގައެއް ނޫން، އަޅުގަނޑުމެން މިތިބީ ގުޅުންތައް ކެނޑިގެންދާ މަރުހަލާއެއްގައި،" ބިރުދެއްކުންތަކާއި މަޖުބޫރުކުރުންތަކާ ކުރިމަތިލާއިރު ދުނިޔޭގެ "މެދުފަންތީގެ ބާރުތަކުން" އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވަމުން ޑާވޯސް ގައި ކާނީ ވިދާޅުވި އެވެ.

ބޮޑުވަޒީރުގެ މި ވާހަކަފުޅުތަކާ ގުޅިގެން ޓްރަމްޕްގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. "ކެނެޑާ ދެމިއޮތީ އެމެރިކާގެ ސަބަބުން،" ކަމަށް ވިދާޅުވަމުން ޓްރަމްޕް ވަނީ ދެން ފަހަރަކުން ބަޔާނެއް ދެއްވާއިރު އެކަން ހަނދާން ބެހެއްޓުމަށް ކާނީއަށް އިންޒާރު ދެއްވާފަ އެވެ.

މީގެ އިތުރުން، ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ކާނީ އަށް ދެއްވާފައިވާ ދައުވަތު ވެސް މި ހަފުތާގައި ވަނީ އަނބުރާ ގެންދަވާފަ އެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ޓްރަމްޕް ގެންދެވީ ކެނެޑާގެ މުދަލުން ބޮޑު ޓެކްސްއެއް ނަގާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އަދި ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓަށް ވުމަށް ބޭނުންފުޅުވާ ކަމަށްވެސް އެކި ފަހަރުމަތިން އޭނާ ވަނީ ވިދާޅުވެފަ އެވެ.

މާކް ކާނީރައީސް ޑޮނަލްޑް ޓްރަމްޕްކެނެޑާ-އެމެރިކާކެނެޑާ-ޗައިނާވޯލްޑް އިކޮނޮމިކް ފޯރަމްޑާވޯސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

އެމެރިކާގެ ބައިވެރިވުމާއެކު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވި ސީދާ މަޝްވަރާތައް ޔޫއޭއީ ގައި ކުރިއަށް ގެންގޮސްފި

24 ޖެނުއަރީ 2026
އެމެރިކާގެ ބައިވެރިވުމާއެކު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވި ސީދާ މަޝްވަރާތައް ޔޫއޭއީ ގައި ކުރިއަށް ގެންގޮސްފި
24 ޖެނުއަރީ 2026

އެމެރިކާގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާކޮށްފި

24 ޖެނުއަރީ 2026
އެމެރިކާގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާކޮށްފި
24 ޖެނުއަރީ 2026

އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި

24 ޖެނުއަރީ 2026
އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި
24 ޖެނުއަރީ 2026

އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި

24 ޖެނުއަރީ 2026
އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި
24 ޖެނުއަރީ 2026

ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދޭނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

24 ޖެނުއަރީ 2026
ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދޭނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
24 ޖެނުއަރީ 2026

ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ

24 ޖެނުއަރީ 2026
ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ
24 ޖެނުއަރީ 2026

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

24 ޖެނުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި
23 ޖެނުއަރީ 2026

މަގާމަށް ކުފޫ ހަމަނުވާ މީހުން ލައިގެން ގައުމު ހިންގަން އުޅުމުން އެ ލިބޭ ގެއްލުމަށް ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟

23 ޖެނުއަރީ 2026
މަގާމަށް ކުފޫ ހަމަނުވާ މީހުން ލައިގެން ގައުމު ހިންގަން އުޅުމުން އެ ލިބޭ ގެއްލުމަށް ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟
22 ޖެނުއަރީ 2026

ކިއުބާގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ޓްރަމްޕް ފަށްޓަވައިފި: ރިޕޯޓް

22 ޖެނުއަރީ 2026
ކިއުބާގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ޓްރަމްޕް ފަށްޓަވައިފި: ރިޕޯޓް
22 ޖެނުއަރީ 2026

މިނިސްޓަރ ސައީދު ވިއޮން އަށް އިނގިރޭސިބަހުން ދެއްވި އިންޓަރވިއުގެ ފެންވަރު ދަށްކަމުން އެތައް ބައެއްގެ ފާޑުކިޔުން އޮއްސާލައިފި

22 ޖެނުއަރީ 2026
މިނިސްޓަރ ސައީދު ވިއޮން އަށް އިނގިރޭސިބަހުން ދެއްވި އިންޓަރވިއުގެ ފެންވަރު ދަށްކަމުން އެތައް ބައެއްގެ ފާޑުކިޔުން އޮއްސާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް