Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކަރަބޯ ކަޕް

ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި

މޮޅާ އެކު އާސެނަލް އިން މުބާރާތުގެ ފައިނަލްގެ އުންމީދު ބޮޑު ކޮށްފައިވާއިރު، ދެ ވަނަ ލެގު އޮތީ އާސެނަލްގެ އަމިއްލަ ދަނޑުގައި. އެ މެޗުން ބަލި ނުވެ ފަރު ޖައްސާލައިގެން އާސެނަލް އަށް މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދޭނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 04:18
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް، އާސެނަލް އިން މުބާރާތުގެ ފައިނަލްގެ އުންމީދު ބޮޑު ކޮށްފި އެވެ. 

ޗެލްސީގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން އެއް ލަނޑު ޖަހައި ލީޑު ނެގިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ޗެލްސީ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އާސެނަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބެން ވައިޓް އެވެ. އެއީ ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ވިކްޓާ ޔޮކަރޭސް އެވެ.

އާސެނަލް އިން ދެ ލަނޑު ޖެހި ފަހުން، މެޗުގެ 57 ވަނަ މިނެޓުގައި އަލެހާންދްރޯ ގާނާޗޯ ވަނީ ޗެލްސީގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 71 ވަނަ މިނެޓުގައި މާޓިންް ޒުބިމެންޑީ ވަނީ އާސެނަލްގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގައި ޗެލްސީގެ ދެ ވަނަ ލަނޑު 83 ވަނަ މިނެޓުގައި ޖެހީ ވެސް ގާނާޗޯ އެވެ.

މޮޅާ އެކު އާސެނަލް އިން މުބާރާތުގެ ފައިނަލްގެ އުންމީދު ބޮޑު ކޮށްފައިވާއިރު، ދެ ވަނަ ލެގު އޮތީ އާސެނަލްގެ އަމިއްލަ ދަނޑުގަ އެވެ. އެ މެޗުން ބަލި ނުވެ ފަރު ޖައްސާލައިގެން އާސެނަލް އަށް މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދޭނެ އެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، ޗެލްސީ އަކީ ވަރުގަދަ އިިދިކޮޅު ޓީމެއް ކަަމަށެވެ. އާޓެޓާ ބުނީ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗަކީ ވާދަވެރި މެޗެއް ކަމަށާއި، ދަނޑު މަތިން އެކަން ފެނުނު ކަމަށެވެ. ނަމަވެސް، އާސެނަލްގެ ކުޅުންތެރިން މެޗު ކޮންޓްރޯލް ކޮށްގެން ވަރަށް ރަނގަޅަށް ކުޅުނުއިރު، ހަތަރު ވަަނަ ލަނޑެއް ޖަހާނެ ފުރުސަތު ވެސް އެ ޓީމަށް ލިބުނު ކަމަށް އާޓެޓާ ބުންޏެވެ.

ފުރަތަމަ ލެގު ކާމިޔާބު ކުރެވުނު ނަމަވެސް، އާޓެޓާ ބުނީ މިއީ އަދި ހާފު ޓައިމް ކަމަށެވެ. އޭނާ ބުނީ ދުވަސް ތަކެއް ފަހުން އާސެނަލްގެ އަމިއްލަ ދަނޑުގައި ދެ ވަނަ ލެގަށް ނިކުންނަން ޖެހޭ ކަމަށާއި، މުޅިން ހަމަޖެހުމެއް އޮތީ އެ މެޗުން ވެސް މޮޅުވެގެން ކަމަށެވެ. އެ މެޗަށް ވެސް ސަމާލުވާން ޖެހޭނެކަން ފާހަގަކޮށް އާޓެޓާ ބުނީ، ޗެލްސީ އަކީ ވަރުގަދަ ޓީމަކަަށްވާއިރު، އެއްވެސް ކަމެއް ފަސޭހަކޮށްގެން ނުވާނެ ކަމަަށެވެ.

ކަރަބޯ ކަޕްއާސެނަލްޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބަހަނާއެއް ނެތް، މިއައީ މޮޅުވާން: ރޮސެނިއާ

ބަހަނާއެއް ނެތް، މިއައީ މޮޅުވާން: ރޮސެނިއާ

10 ޖެނުއަރީ 2026
އިތުރު ފަސް އަހަރަށް، އާސެނަލްގެ އެއްބަސްވުން އައު ކުރަން ސަކާ އެއްބަސްވެއްޖެ

އިތުރު ފަސް އަހަރަށް، އާސެނަލްގެ އެއްބަސްވުން އައު ކުރަން ސަކާ އެއްބަސްވެއްޖެ

10 ޖެނުއަރީ 2026
ފުލަމް އަތުން ޗެލްސީ ބަލިވެއްޖެ

ފުލަމް އަތުން ޗެލްސީ ބަލިވެއްޖެ

08 ޖެނުއަރީ 2026
ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި

ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި

05 ޖެނުއަރީ 2026
ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

04 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު