Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އިތުރު ފަސް އަހަރަށް، އާސެނަލްގެ އެއްބަސްވުން އައު ކުރަން ސަކާ އެއްބަސްވެއްޖެ

ގިނަ މަޝްވަރާ ތަކަށް ފަހު، ސަކާ ވަނީ އާސެނަލް އާއެކު އައު އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެއްބަސްވެފައި. އެގޮތުން އިތުރު ފަސް އަހަރަށް އާސެނަލްގައި މަޑު ކުރަން ނިންމައި، އާސެނަލްގައި އެއްބަސްވުމުގައި ސަކާ ވަރަށް އަވަހަށް ސޮއި ކުރާނެ. އަދި އެ ކުލަބުން އެކަން ރަސްމީކޮށް އިއުލާން ކުރުމަށް ވެސް ހަަމަޖެހިފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 03:58
އާސެނަލް އަށް ކުޅެމުން އަންނަ ބުކަޔޯ ސަކާ

އާސެނަލް އަށް ކުޅެމުން އަންނަ ބުކަޔޯ ސަކާ | ރޮއިޓަސް

އާސެނަލް އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ބުކަޔޯ ސަކާ، އެ ކުލަބުގެ އެއްބަސްވުން އައު ކުރަން އެއްބަސްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ އޭނާގެ ސީނިއަރ ކެރިއަރު ފެށީ ވެސް އާސެނަލް އިންނެވެ. 2018 ވަނަ އަހަރު ސަކާ އޭނާގެ ސީނިއަރ ކެރިއަރު އާސެނަލް އިން ފަށާފައިވާއިރު، އެންމެ ފަހުން އާސެނަލްއާ އެކު ސަކާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާން އަހަރެއް އޮތް ނަމަވެސް، އާސެނަލް އިން ވަނީ ސަކާގެ އެއްބަސްވުން އައު ކުރުމުގެ މަަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފަށައިފަ އެވެ.

ގިނަ މަޝްވަރާ ތަކަށް ފަހު، ސަކާ ވަނީ އާސެނަލް އާއެކު އައު އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެއްބަސްވެފަ އެވެ. އެގޮތުން އިތުރު ފަސް އަހަރަށް އާސެނަލްގައި މަޑު ކުރަން ނިންމައި، އާސެނަލްގައި އެއްބަސްވުމުގައި ސަކާ ވަރަށް އަވަހަށް ސޮއި ކުރާނެ އެވެ. އަދި އެ ކުލަބުން އެކަން ރަސްމީކޮށް އިއުލާން ކުރުމަށް ވެސް ހަަމަޖެހިފައިވެ އެވެ. އެހެންކަމުން، އާސެނަލް އާއެކު ސަކާ ސޮއި ކުރާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ސަކާ ވަނީ މިހާތަނަށް އާސެނަލް އާއެކު ހޭދަކޮށްފައިވާ އަށް ސީޒަންގެ ތެރޭގައި، އެ ކުލަބަށް 290 މެޗު ކުޅެދީ 77 ލަނޑު ޖަހައިފަ އެވެ. އާސެނަލް އާއެކު އޭނާ ވަނީ ތިން ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެގޮތުން އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، އެފްއޭ ކޮމިއުނިޓީ ޝީލްޑު ދެ ފަހަރު ވަނީ ކާމިޔާބު ކޮށްފަ އެވެ. ޔުއެފާ ޔޫރޮޕާ ލީގުގައި ފައިނަލްގައި ކުޅުނު ނަމަވެސް، ޗެލްސީއާ ވާދަކޮށް ވަނީ ބަލިވެފަ އެވެ. 

މީޑީއާ ތަކުގައި ބުނެފައިވާ ގޮތުން، ސަކާގެ އެއްބަސްވުން އައުކޮށް އާސެނަލްގައި އޭނާ ބަހައްޓަން އެންމެ ބޮޑަށް ބާރު އަޅާފައި ވަނީ އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ އެވެ. ޚާއްސަކޮށް ސަކާ އަކީ އާޓެޓާގެ ޕްލޭންގައި ހިމެނޭ މުހިންމު ކުޅުންތެރިޔަކަށްވާއިރު، ސަކާ އެ ކުލަބުގައި ހުރުމަކީ އާޓެޓާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. މީގެ ކުރިން އެކި ފަހަރު މަތިން އާޓެޓާ ވަނީ ސަކާގެ ހުނަރާއި، އޭނާގެ މޮޅު ކަމަށް ތައުރީފު ކޮށްފަ އެވެ.

އައު އެއްބަސްވުމުގެ ދަށުން އާސެނަލް އިން ސަކާ އަށް ދެމުން އަންނަ މުސާރަ ވެސް ބޮޑު ވާނެ ކަމަށް ރިޕޯޓު ތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އައު އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މީގެ ކުރިން ސަކާ ބުނެފައި ވަނީ، އާސެނަލްގެ ބެޖުގައި މޮޅުވެ، ތަށި ތަކެއް ކާމިޔާބު ކުރަން އޭނާ ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، އެއްބަސްވުން އައު ކުރުމުގެ ކަންތަކުގައި އަވަސް އަރުވާ ނުލާނެ ކަމަށް ވެސް ސަކާ ބުނެފައިވެ އެވެ.

އާސެނަލްބުކަޔޯ ސަކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

04 ޖެނުއަރީ 2026
އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

31 ޑިސެމްބަރު 2025
ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި

ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި

28 ޑިސެމްބަރު 2025
ޕެނަލްޓީ ޖަހައިގެން މޮޅުވެ އާސެނަލް ސެމީ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން މޮޅުވެ އާސެނަލް ސެމީ ފައިނަލަށް

24 ޑިސެމްބަރު 2025
އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު