Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިގްތިސާދު

ޑޮލަރުގެ އަގު ހުއްޓުމެއް ނެތި އަރާއިރު ވެސް ރައީސް މުއިއްޒު ވިދާޅުވަނީ އިގްތިސާދު ހަމަ މަގަށް އެޅުވިއްޖެ ކަމަށް: މެންބަރު މީކާއިލް

ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުވިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވާއިރު އިންފްލޭޝަން އުފުލެމުންދާ ކަމަށާ ޑޮލަރުގެ އަގު މައްޗަށް ދާ ކަމަށް މުއައްސަސާތަކުން ފާހަގަކުރާތީ މީކާއިލް ނަސީމް ސުވާލު އުފެއްދެވި. ފިޗް ރޭޓިން އޭޖެންސީން ރާއްޖޭގެ ކްރެޑިޓް ރޭޓިން ޖަންކް ދަރަޖައިގައި ބާއްވައި، 2026 ވަނަ އަހަރު މުއްދަތު ހަމަވާ 525 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމަށް މިހާރުގެ ރިޒާވް އެކަށީގެން ނުވާ ކަމަށް ބުނެފައިވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 08:09
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | ރާއްޖެއެމްވީ

ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ދާ ކަމަށް ސަރުކާރު މުއައްސަސާތަކުން ތަކުރާރު ކޮށް ބުނަމުންދާ އިރު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ ގައުމުގެ އިގްތިސާދު ހަމަ މަގަމަށް އެޅުވިފައިވާ ކަމަށް ކަމަށާ އެމަނިކުފާނު އުޅުއްވަނީ އެހެން ދިވެހި ރާއްޖެ އެއް ގައި ތޯ ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާ ގެ މެންބަރު މިކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ގައުމުގެ އިގްތިސާދު މިހާރު ހަމަ މަގަށް އެޅުވިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ދާ ކަމަށެވެ.  އެހެން ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ނެރޭ ތަފާސްހިސާބުތަކުން ފެންނަނީ އެހެން މަންޒަރެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މުއައްސަސާތަކުގެ ތަފާސްހިސާބުތަކުން ގައުމުގެ އިންފްލޭޝަން މައްޗަށް ގޮސްފައިވާ ކަމަށް ތަކުރާރު ކޮށް ބުނާ ކަމަށާ ޑޮލަރުގެ އަގު ވެސް އުފުލެމުންދާ ކަމަށް ތަފާސްހިސާބުން ދައްކާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒަށް މިކަންކަން ފަހުމު ވަނީ ކޮންގޮތަކަށް ކަމާމެދު މިހާރު ސުވާލު އުފެދޭ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. 

އެބައޮވޭ އިންފްލޭޝަން މިހާ ދަރަޖަ މައްޗަށް ހިނގައްޖެ އޭ. މިވަނި އިންސައްތައެއް މައްޗަށް ހިނގައްޖެ އޭ. ޑޮލަރުގެ އަގު އަދިވެސް ތިރިއެއް ނުވެ އޭ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ގައި ވިދާޅުވީ ދެނެއް ޑޮލަރުގެ އަގު ނާރާނެ އޭ މައްޗަކަށް. ނާރާނެ އޭ. ވަރަށް އަޑަށް ބާރުލައްވާފަ ވިދާޅުވީ. އެކަމަކު ހަމަ އެއޮއްގެން އަރަނީ. އެހެންވީމާ ނޭނގެ އެމަނިކުފާނަށް ކަންކަން ފަހުމު އެހެން ގޮތަކަށް ނުވަތަ އެމަނިކުފާނު އުޅުއްވަނީ އެހެން ދިވެހިރާއްޖެ އެއްގައި ކަމެއް. 
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާ ގެ މެންބަރު މިކާއިލް އަހުމަދު ނަސީމް 

ރާއްޖެ ދަރަނިވެރިވުމުގެ ފުުރުސަތު ބޮޑު ކަމަށް ރޭޓިން އޭޖެންސީ ފިޗުން ބުނެ ޖަންކް ދަރަޖައިގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރިޕޯޓު ގައި މިފަހުން ވަނީ ކަނޑައަޅާފަ އެވެ. ހު އެ އޭޖެންސީން ރާއްޖޭގެ ކްރެޑިޓް ރޭޓިން އަކީ 'ސީސީ' ކަމަށް ކަނޑައަޅާފައިވާ އިރު، ބުނެފައިވަނީ ރޭޓިންގ އިން ދައްކާ ގޮތުގައި، ބޭރުގެ ފަރާތްތަކުން ކުރިމަތިވާ މާލީ ގޮންޖެހުންތަކާއި، ދައުލަތުގެ މާލީ ނާޒުކުކަން ބޮޑުވުމުގެ ސަބަބުން، މި ރޭޓިންގ ގެ މުއްދަތުގެ ތެރޭގައި ވެސް ރާއްޖެ ޑިފޯލްޓް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ފިޗުން ބުނެފައި ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޖުމްލަ ބޭރު ފައިސާގެ ރިޒާވް 887 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވީ ނަމަވެސް، ރިޒާވްގެ ކަވަރޭޖް ދަށް މިންވަރެއްގައި ހުރުމުގެ ސަބަބުން، ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ދައުލަތުގެ ދަރަނީގެ ތެރޭގައި ހިމެނޭ ސުކޫކުގެ މުއްދަތު 2026 ވަނަ އަހަރުގެ އޭޕްރީލް މަހަށް ހަމަވާނެ ކަން ފާހަގަ ކުރަމުން ފިޗުން ބުނެފައި ވަނީ ސްކޫކަށް ދައްކަން ޖެހޭ އަސްލު އަދަދަކީ 500 މިލިއަން ޑޮލަރު ކަމަށް ވިޔަސް  ކޫޕަން ރޭޓަކީ އަހަރަކު  9.875 އިންސައްތަ ކަމަށް ވުމާއެކު ޖުމްލަ ދައްކަން ޖެހޭ އަދަދު 525 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ސުކޫކް ގެ މުއްދަތު ހަމަވާއިރު މިހާރު ދައުލަތުގެ ރިޒާވް ގައި ހުރި އަދަދަކީ މި ދަރަނި ދެއްކުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށް ފިޗުން ބުނެފައިވެއެވެ. އެހެން ކަމުން ދަރަނި ރީސްޓްރަކްޗަރ ކުރާ ނަމަވެސް އެކަން އަވަހަށް ކުރުމަކީ މުހިންމު ކަމެއްކަމަށް ފިޗުން ބުނެފައިވެ އެވެ.

ފިޗުން ބުނެފައިވަނީ ރާއްޖޭގެ މާލީ ހާލަތައް ބަލާއިރު ރާއްޖެ އަކީ ނިސްބަތުން ގިނަ އަދަދެއްގެ ޑޮލަރު ވަންނަ ގައުމެއް ކަމަށާއި އެހެން ކަމުން ހަގީގީ މައްސަލައަކީ ޑޮލަރު ނުލިބުމެއް ނޫން ކަމަށާއި އެއާ ޚިލާފަށް ޑޮލަރު ރާއްޖޭގައި ހިފެހެއްޓުމާއި މާލީ ކަންކަން މެނޭޖު ކުރުމުގެ މައްސަލަ ކަމަށް ވަނީ ބުނެފަ އެވެ. 

ގިނަ އަދަދެއްގެ ޑޮލަރު ދަރަނި އަދާކުރުމަށް ސަރުކާރަށް ބޭނުންވާއިރު އަދި އެފަދަ ރިޒާވް އެއް ސަރުކާރަށް އުފެއްދިފައި ނުވާއިރު ކުރިއަށް އޮތް އަރަހަކީ ޑޮލަރުގެ ތާށިކަން ބޮޑުވެދާނެ އަހަރެއް ކަމަށް ވުމީ އެކަށީގެންވާ ކަމެއް ކަން ވެސް ފިޗުން ވަނީ ފާހަގަ ކޮށްފަ އެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން އެތެރެކުރާ މުދަލުގެ އަގު ބޮޑުވުމާއި ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމުގައި ތާށިތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވަނީ ބުނެފަ އެވެ.

މީކާއިލް އަހުމަދު ނަސީމްފިޗްރާއްޖޭގެ އިގްތިސާދީ ހާލަތު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްއޫދު އިމާދު ލަންކާ އަށް އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ!

މަސްއޫދު އިމާދު ލަންކާ އަށް އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ!

13 ޖެނުއަރީ 2026
ރައީސް މުއިއްޒު ކޯޓަކަށް އަތެއް ނުބާނާ، ބޭނީ ހަތަރެސްފައި: މީކާއިލް

ރައީސް މުއިއްޒު ކޯޓަކަށް އަތެއް ނުބާނާ، ބޭނީ ހަތަރެސްފައި: މީކާއިލް

06 ޖެނުއަރީ 2026
ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ފިޗުން ބުނެފި

ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ފިޗުން ބުނެފި

25 ޑިސެމްބަރު 2025
މުއިއްޒު ޕާޓީ އިން އަސްމާ އަށް ފިޔަވަޅު އަޅައި މުގައްރިރު ކަމުން ވަކި ކޮށް ދަތުރުތައް ކެންސަލް ކުރީ އަންހެނަކަށް ވީތީ: މީކާއިލް

މުއިއްޒު ޕާޓީ އިން އަސްމާ އަށް ފިޔަވަޅު އަޅައި މުގައްރިރު ކަމުން ވަކި ކޮށް ދަތުރުތައް ކެންސަލް ކުރީ އަންހެނަކަށް ވީތީ: މީކާއިލް

01 ޑިސެމްބަރު 2025
ސަރުކާރަށް ދެ އަހަރު ވަނީ ވާނުވާ ބަންދުގެ މައްސަލައިގައި ހަމަ ފެންހިފޭ އެއްކަމެއް ވެސް ނުކޮށް: މީކާއިލް

ސަރުކާރަށް ދެ އަހަރު ވަނީ ވާނުވާ ބަންދުގެ މައްސަލައިގައި ހަމަ ފެންހިފޭ އެއްކަމެއް ވެސް ނުކޮށް: މީކާއިލް

04 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު