Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދަރިވަރުންގެ ފައިސާ

ކުރިން ވިދާޅުވީ ދަރިވަރުންނަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ އެއް ލިބިފަ ނުވާކަމަށް، މިހާރު ވިދާޅުވަނީ ފައިސާ ނުލިބެނީ ދަރިވަރުންގެ ސަބަބުން ކަމަށް

ރައީސް މުއިއްޒުގެ ސަރުކާރަށް 2 އަހަރު ވެގެން ގޮސްފައިވާއިރު، ރާއްޖެއިން ބޭރުގައި ސަރުކާރުގެ ސްޓޫޑަންޓް ލޯނުތަކާއި ސްކޮލާޝިޕް ތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުމުގެ އެތައް ޝަކުވާއެއް ވަނީ ފެންމަތިވެފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 14:42
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ދަރިވަރުންނަށް ފައިސާ ނުދެވެނީ އެ ދަރިވަރުންގެ ސަބަބުން ކަމަށް.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ދަރިވަރުންނަށް ފައިސާ ނުދެވެނީ އެ ދަރިވަރުންގެ ސަބަބުން ކަމަށް. | ރާއްޖެ އެމްވީ

ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުގައި މި ވަގުތު ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ 36 ގައުމެއްގައި 1،740 ދަރިވަރުން ކިޔަވަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި ސަރުކާރު ސްކޮލާޝިޕް ތަކުގައި 20 ގައުމެއްގައި 602 ދަރިވަރުން ދަނީ ތައުލީމު ހާސިލު ކުރަމުންނެވެ. މުޅި ޖުމްލަ 2،000 އަށް ވުރެ ގިނަ މި ދަރުވަރުންގެ ކިޔެވުމުގެ ކަންކަމުގެ އިތުރުން ޒަރޫރީ ބޭނުންތައް ފުއްދުމަށް މައިގަނޑު ގޮތެއްގައި ބިނާ ވެފައިވަނީ، ސަރުކާރުން އެ ދަރިވަރުންނަށް ފޯރުކޮށްދޭން އެއްބަސް ވެފައިވާ ފައިސާ އަށެވެ.  

ރައީސް މުއިއްޒު ގެ ސަރުކާރަށް 2 އަހަރު ވެެގެން ގޮސްފައިވާއިރު، ރާއްޖެ އިން ބޭރުގައި ސަރުކާރުގެ ސްޓޫޑަންޓު ލޯނުތަކާއި ސްކޮލާޝިޕް ތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުމުގެ އެތަށް ޝަކުވާ އެއް ވަނީ ފެންމަތިވެފަ އެވެ. ފައިސާ ނުލިބުމުގެ ސަބަބުން ދޭސީ ގައުމު ތަކުގަ ދިވެހި އެތަށް ދަރިވަރުންނެއް މި ވެެރިކަމުގަ ވަނީ ހާލުގަ ޖެހިފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް ދަރިވަރުންގެ މި ކަންބޮޑުވުންތަށް ހަގީގީ މާނަ އެއްގައި އަޑު އަހާނެ ސަރުކާރުގެ އެއްވެސް ވުޒާރާއެއް ނެތެވެ. 

ސަރުކާރުގެ ވަޒީރުންގެ އިތުރުން ރައީސް މުއިއްޒުގެ ސަމާލުކަމަށް ވެސް ދަރިވަރުން ވަނީ މިކަން ގެނެސްފަ އެވެ. ރައީސް މުއިއްޒު ދަރިކަނބަލުންނާ ބައްދަލު ކުރެއްވުމަށާއި ލިިވަރޕޫލް ކުޅުނު މެޗެއް ބައްލަވާލެއްވުމަށް އިނގިރޭސި ވިލާތަށް 2025 އަހަރު ކުރެއްވި ދަތުރެއްގައި ވެސް، ދަރިވަރުން ވަނީ މިކަން އެމަނިކުފާނުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި އޭރު ރައީސް މުއިއްޒު ވަނީ މިކަމުގަ ސަރުކާރުގެ އިހުމާލު ވެފަވާކަމަށް އެއްބަސްވެ ސަރުކާރުގެ ފަރާތުން ކަންކަން ރަނގަޅުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. 

ދަރިވަރުންގެ ފައިސާ ދޫކުރުމާއި، ފައިސާގެ ކަންކަމާ ގުޅިގެން ދަރިވަރުން ފޮނުވާ އީމެއިލް އާއި ސިޓީ ތަކަށް ޖަވާބު ދިނުން ލަސްވަނީ، ރޭވިފައިވާ ވަރަށްވުރެން ގިނަ ދަރިވަރުންނަށް ލޯނު ދޭން ހަމަޖެއްސުމުން ކަމަށް 2025 ވަނަ އަހަރުގެ އެޕްރީލް މަހު ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހުގައި ވަނީ ވިދާޅުވެފަ އެވެ. ސްޓޫޑަންޓު ލޯނުތަކާއި ސްކޮލަޝިޕުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވަނީ ހުށަހަޅާ މައުލޫމާތު ފުރިހަމަ ނުވުމާއި، އެ ފައިސާ ޖަމާކުރަން ޖެހޭ ބޭންކު އެކައުންޓުގެ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށް ވެސް ހަމަ އެ ދުވަހު މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

ދަރިވަރުންގެ މައްސަލަތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދިޔުމުގެ ސަބަބުން 2025 ވަނަ އަހަރުގެ ފަހުކޮޅު އަނެއްކާ ވެސް ބައެއް ދަރިވަރުން، އެދަރިވަރުންގެ ކަންބޮޑުވުންތަށް މީޑިއާތަކާ ހިއްސާކޮށް ސޯޝަލް މީޑީއާ އަށް ބަންޑުން ކޮށްލި އެވެ. ނަމަވެސް މިކަން ވީ ރައީސް މުއިއްޒުގެ ސަރުކާރަށް ވަރަށް ކަމުނުދިޔަ ކަމަކަށެވެ. މިކަމާ ގުޅިގެން 24 ޑިސެމްބަރު 2024 ގައި ރާއްޖެޓީވީ ގެ "ފަށާއިރު" ޕްރޮގްރާމް ގެ ތެރެއިން މިނިސްޓަރު ހައިދަރު ފޯނަށް ގުޅުއްވައި، ދަރިވަރުންނަށް ފައިސާ ނުލިބިގެން ޝަކުވާ ކޮށްފައި ވޭތޯ ސުވާލުކުރުމުން ހައިދަރު ވިދާޅުވީ އެކަހަލަ އެއްވެސް ޝަކުވާއެއް އެ މިނިސްޓްރީ އަށް ލިބިފައި ނުވާ ކަމަށެވެ. އަދި މީޑިއާ ތަކުގައި ދަރިވަރުންގެ ކަންބޮޑުވުންތަށް ހިއްސާ ކުރުމުން އެކަމާ ހިތްހަމަ ނުޖެހި ހުރެ ހައިދަރު ވިދާޅުވީ  ދަރިވަރުން ރާއްޖެ ޓީވީ އަށް ގުޅައިގެން ފައިސާ ނުލިބޭ މައްސަލަ ހައްލު ނުވާނެ ކަމަށެވެ.

2025 ވަނަ އަހަރު ނިމިގެން ދިޔައީ ވެސް މިކަމަށް އެދޭވޭ ހައްލެއް ނުލިބި، މި ކަމުގައި ސަރުކާރުގެ ރާގު އެކި ގޮތްގޮތަށް ބަދަލު ވެގެންނެވެ. މިކަމާ މެދު ސަރުކާރުން އަމަލު ކުރާ ގޮތުން، މިއީ ސަރުކާރުގެ މާ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ހެން ހިޔެއްނުވެ އެވެ. ދަރިވަރުންގެ ޝަކުވާ ތަކަށް އެތަކެއް ދުވަސް ތަކެއް ވީ އިރު،  މައްސަލަތަކަށް ހައްލެއް ހޯދައިދޭން ނުކުޅެދުނު ވަޒީރު ހައިދަރު އެންމެ ފަހުން މި ފެށުނު 2026 ވަނަ ވިދާޅުވީ، ރާއްޖެ އިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދެވި ދިގުލައިގެން ދަނީ އެ ދަރިވަރުންގެ ސަބަބުން ކަމަށެވެ. ނަމަވެސް މި މައްސަލަ އަަކީ އިއްޔެ ނޫނީ މިއަދު ދިމާވެގެން އުޅޭ މައްސަލަ އެއް ނޫނެވެ. ސަރުކާރުގެ އިހުލާސްތެރި ކަމެއް ހުރިއްޔާ ހާލުގަ ޖެހިފަ ތިބި ދަރިވަރުންގެ ބޮލުގަ އިލްޒާމުތައް ނާޅުވާ ކަން ހައްލުކުރާނެ ހާ ދުވަސް ލިބިއްޖެ އެވެ. 

ދަރިވަރުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މިދިޔަ އަހަރު ހަޔާ އެޑިއުކޭޝަނަށް ހާއްސަ ރިޕޯޓެއް ވެސް ހުށާހަޅާފަ އެވެ. މަޖިލީހަށް މި މައްސަލަ ހުށާހަޅާ، މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް މިކަމާ ގުޅޭ ސުވާލުތައް ވެސް ވަނީ ކޮށްފަ އެވެ. ރައީސް މުއިއްޒު އާ ބައްދަލުކޮށް މިކަމުގެ ޝަކުވާ ދަރިވަރުން ވަނީ ހުށާހަޅާފަ އެވެ. ނަމަވެސް ސަރުކާރުން މިކަން ހައްލު ނުކޮށް އަދިވެސް އެ އުޅެނީ މިކަމުން ރެކޭނެ އިތުރު ގޮތެއް ނެތިގެން ދަރިވަރުން ކުއްވެރިކުރުމުގަ އެވެ.  

ސަރުކާރަށް 2 އަހަރު ވީ އިރު ރާއްޖޭގެ ރަށެއްގައި ތަރައްގީގެ މަޝްރޫެއެއް ކުރިޔަށް ނުގެން ދެވެނީ، ކައުންސިލު ތަކުގެ ސަބަބުން ކަމަށް ކަނޑައަޅައިފި އެވެ. ލޯނު ނަގައިގެން ކިޔަވަން ގޮސް ތިބި ދަރިވަރުންނަށް މަހުން މަހަށް ލިބޭ ފައިސާ ކޮޅު ނުލިބެނީ ދަރިވަރުން ގެ ސަބަބުން ކަމަށް ކަނޑައަޅައިފި އެވެ. ބަލި މީހުންނަށް ބޭސް ނުލިބެނީ ބޭހުގެ މާފިޔާތަކުގެ ސަބަބުން ކަމަށާއި، ޑޮލަރު އަގު ނުހިފެހެއްޓެނީ ކަޅު ބާޒާރުގެ ސަބަބުން ކަމަށް ބުނުމުން ސަރުކާރުގެ ޒިންމާ އަދާވީ އެވެ. ސަރުކާރު ބަރާބަރެވެ. ގޯހީ ދެން ހުރި އެހެން ކަންކަމެވެ. ސަރުކާރެއްގެ ޒިންމާދާރުކަން ރައްޔިތަކަށް ފެންނާނީ ދެން މިވަރަކަށް ނޫންތޯ އެވެ.

ޑރ. މުއިއްޒުހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ޢަލީ ޙައިދަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސާ އަލީ ޖަލީލު ގެ ޖަގަހަ ހުޅުވުމުގެ ޖަލްސާ އަށް، ކިރިޔާ ހުކުރު ހަމަވާ ވަރަށް ވެސް މީހުން އެއްވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން

މޫސާ އަލީ ޖަލީލު ގެ ޖަގަހަ ހުޅުވުމުގެ ޖަލްސާ އަށް، ކިރިޔާ ހުކުރު ހަމަވާ ވަރަށް ވެސް މީހުން އެއްވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން

19 ޖެނުއަރީ 2026
8 ހަފްތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ހުރިކަމަށް އިއުތިރާފްވެވަޑައިގަތުމަށް ފަހު، ސްޓައިޕެންޑްތައް މުރާޖައާކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވެއްޖެ

8 ހަފްތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ހުރިކަމަށް އިއުތިރާފްވެވަޑައިގަތުމަށް ފަހު، ސްޓައިޕެންޑްތައް މުރާޖައާކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވެއްޖެ

19 ޖެނުއަރީ 2026
"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

18 ޖެނުއަރީ 2026
ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންގެ ޝަކުވާތައް ބަންޑުންކޮށްލައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންގެ ޝަކުވާތައް ބަންޑުންކޮށްލައިފި

15 ޖެނުއަރީ 2026
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ދައުވާ ކުރެވޭ މީހަކަށް، ރައީސް މުއިއްޒު މެނޭޖަރ ލެވެލް ގެ ވަޒީފާ އެއް ދީފި

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ދައުވާ ކުރެވޭ މީހަކަށް، ރައީސް މުއިއްޒު މެނޭޖަރ ލެވެލް ގެ ވަޒީފާ އެއް ދީފި

14 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު