Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ކެނެޑާ

ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ކެނެޑާ އަށް ދީފައިވާ ދައުވަތު އަނބުރާ ގެންދަވައިފި

ވައިޓް ހައުސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ބޯޑުގައި ބައިވެރިވުމަށް 60 ގައުމަކަށް ދައުވަތު ދީފައިވާއިރު، މިހާތަނަށް 35 ގައުމަކުން ވަނީ ބައިވެރިވާން އެއްބަސްވެފައި.

ރާއްޖެ އެމްވީ | 23 ޖެނުއަރީ 2026 | ހުކުރު 04:42
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ | ރޮއިޓަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަލަށް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ކެނެޑާ އަށް ދީފައިވާ ދައުވަތު އަނބުރާ ގެންދަވައިފި އެވެ. މިއީ އުތުރު އެމެރިކާގެ އަވަށްޓެރި މި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ފެނިގެންދިޔަ އެންމެ ފަހުގެ ހާދިސާ އެވެ.

ޓްރަމްޕްގެ "ޓްރުތް ސޯޝަލް" އެކައުންޓުގައި، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އަށް އަމާޒުކުރައްވައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، "ބޯޑް އޮފް ޕީސް" ގައި ކެނެޑާ ބައިވެރިވުމަށް ދީފައިވާ ދައުވަތު މި ސިޓީ މެދުވެރިކޮށް އަނބުރާ ގެންދާކަން އަންގާ ކަމަށެވެ.

މި ހަފުތާގައި ޑާވޯސް ގައި ކާނީ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މީޑިއާގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ލިބިފައެވެ. އެގޮތުން އެމެރިކާ އިސްވެ އޮވެ ހިންގާ ކަންތައްތަކުގެ ސަބަބުން ދުނިޔޭގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާފާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ އެވެ. މީގެ އިތުރުން، ޓްރަމްޕްގެ މި އާ އިދާރާގައި ބައިވެރިވުމަށް އެއްވެސް ފައިސާއެއް ނުދޭނެ ކަމަށް ކެނެޑާގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ބޯޑަކީ މައްސަލަތައް ހައްލުކުރުމަށް އުފައްދާ ބައިނަލްއަގުވާމީ އާ ޖަމިއްޔާއެއްގެ ގޮތުގައި އެމެރިކާ އިން ސިފަކުރާއިރު، ބޯޑުގެ ރައީސްގެ ހައިސިއްޔަތުން ނިންމުންތައް ނިންމުމުގެ ފުޅާ ބާރުތަކެއް ޓްރަމްޕަށް ލިބިވަޑައިގަންނަވަ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ޓްރަމްޕް ކުރެއްވި ޕޯސްޓުގައި، ކެނެޑާއަށް ދިން ދައުވަތު ބާތިލުކުރަން ނިންމެވި ސަބަބެއް ހާމަކުރައްވާފަ އެއް ނުވެ އެވެ.

މިކަމާ ގުޅިގެން ކާނީގެ އޮފީހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، ޓްރަމްޕްގެ ދައުވަތު އުސޫލެއްގެ ގޮތުން ގަބޫލުކުރައްވާނެ ކަމަށް ބޮޑުވަޒީރު މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ އުފެއްދެވި "ބޯޑް އޮފް ޕީސް" އަކީ ފަލަސްތީނުގެ ޣައްޒާ ގައި އިޒްރޭލާއި ހަމާސްއާ ދެމެދު ކުރިއަށްދާ ދެ އަހަރުވީ ހަނގުރާމަ ހުއްޓުވުމަށާއި، ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމަށް އުފެއްދި ބޯޑެއް ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް، މި ބޯޑުގެ ދުސްތޫރުގައި ފަލަސްތީނުގެ މި ސަރަހައްދުގެ ވާހަކަ އެއްވެސް ވަރަކަށް ހިމަނާފަ އެއް ނުވެ އެވެ. އަދި މިއީ އދ. އިން އަދާކުރާ ދައުރުގެ ބަދަލުގައި އެމެރިކާގެ ބާރުގެ ދަށުން ހިންގާ އިދާރާއެއް ގާއިމުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ދަނީ ފެންނަމުންނެވެ.

ވައިޓް ހައުސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ބޯޑުގައި ބައިވެރިވުމަށް 60 ގައުމަކަށް ދައުވަތު ދީފައިވާއިރު، މިހާތަނަށް 35 ގައުމަކުން ވަނީ ބައިވެރިވާން އެއްބަސްވެފަ އެވެ.

އިނގިރޭސިވިލާތުން ބުރާސްފަތި ދުވަހުގެ ކުރީކޮޅު ބުނެފައިވަނީ، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިން މި ބޯޑުގައި ބައިވެރިވެވަޑައިގެންފާނެ ކަމުގެ ބިރު އޮތުމުން، އެ ގައުމުން އަދި މި ބޯޑުގައި ބައިވެރިނުވާނެ ކަމަށެވެ.

ބޯޑް އޮފް ޕީސްއެމެރިކާ-ކެނެޑާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ބޯޑް އޮފް ޕީސް" ރަސްމީކޮށް އިފްތިތާހް ކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ބޯޑް އޮފް ޕީސް" ރަސްމީކޮށް އިފްތިތާހް ކޮށްފި

22 ޖެނުއަރީ 2026
ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

21 ޖެނުއަރީ 2026
ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު