Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެނބަދޫ ފިޓްނެސް ސެންޓަރ

ބިން ހަވާލުކުރިތާ 9 މަސް: ނ. އަތޮޅު ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ނުގޮސް، އެ ސަރަހައްދު ވިނަ ހެދެން ދޫކޮށްލާފައި

ނ. އަތޮޅު ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ 2025 ޖުލައި މަހު ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބިން ހަވާލުކުރިތާ 9 މަސް ވީ އިރު ވެސް މަސައްކަތް އޮތީ ހުއްޓިފައި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ޖެނުއަރީ 2026 | ހުކުރު 14:31
ނ. އަތޮޅު ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން: ބިންގާ އަޅާ ކުރެހުން ހަރު ކުރީ ޖުލައި މަހު، މަސައްކަތް ކުރިއަކަށް ނުދޭ

ނ. އަތޮޅު ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން: ބިންގާ އަޅާ ކުރެހުން ހަރު ކުރީ ޖުލައި މަހު، މަސައްކަތް ކުރިއަކަށް ނުދޭ | ރައީސް އޮފީސް

ބިން ހަވާލުކުރިތާ 9 މަސް ދުވަސް ވީ އިރު ވެސް ނ. އަތޮޅު ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހުއްޓިފައި ހުރިކަން ހާމަވެއްޖެ އެވެ.

ހެނބަނދޫ ކައުންސިލް ގެ ރައީސް ހުސެއިން އަބޫބަކުރު ވިދާޅުވީ އެ މަސައްކަތް ކުރިއަށް ނުދިއުމަކީ ކައުންސިލްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެ އިމާރާތުގެ ކުރެހުން އެ ސަރަހައްދުގައި ހަރުކޮށްފައި ހުރި ނަމަވެސް އެ ސެންޓަރުގެ މަސައްކަތް ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އުންމީދަކީ ވީހާވެސް އަވަހަކަށް އެ އިމާރާތް ނިމި އާއްމުންނަށް ޚިދުމަތް ލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިންގާ އެޅި އިރު މި ތަން ވަރަށް ރީތިކޮށް އޮތީ. ބިން މިއޮތީ ހަވާލުކޮށްފައި. އެހެން ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް ތަނުގައި ވިނަ ހެދެން ދޫކޮށްފައި މި އޮތީ. ފެނަކަ އާއި މަސައްކަތް ހަވާލު ކުރީ. މި ބިމަކީ ކުރިން ބޮޑު އިމާރާތެއް ވެސް ހުރި ސަރަހައްދެއް. އެއީ ކުރީގެ އިންޖީނުގެ. އެތަން ތަޅާލާފައި ބިން ދިނީ. އެހެންވީމަ ބިން ނެތިގެނެއް ނޫން މަސައްކަތް ނުކޮށް އޮތީ." ކައުންސިލް ރައީސް ވިދާޅުވި އެވެ.

ނ. އަތޮޅު ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައި ވަނީ މިދިޔަ 2025 ވަނަ އަހަރުގެ ޖުލައި މަހު އެވެ. 

ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. 

އެ މަޝްރޫއު ގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހެނބަދޫއަށް ވަޑައިގެން އެ ރަށުގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު އާއި ބައެއް ވަޒީރުންނާއި ނ. އަތޮޅުގެ ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ހެނބަދޫ ކައުންސިލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހެނބަދޫއަތޮޅުތެރެއަބްދުﷲ ރާފިއުރައީސް ޑރ. މުހައްމަދު މުއިއްޒުފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2026

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

22 ޖެނުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު
21 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ވައުދުފުޅާ ހިލާފުވެ، މިފްކޯ ގެ ސެންޓަރު ތަކަށާއި ބޯޓުތަކަށް ކުޑަ އަގެއްގައި ކަންނެލި ގަންނަން ފަށައިފި

21 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ވައުދުފުޅާ ހިލާފުވެ، މިފްކޯ ގެ ސެންޓަރު ތަކަށާއި ބޯޓުތަކަށް ކުޑަ އަގެއްގައި ކަންނެލި ގަންނަން ފަށައިފި
21 ޖެނުއަރީ 2026

މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ނުދެއްކޭނެ، ނުވަންޏާ ހަވާލުކުރޭ: މޭޔަރު އާދަމް އާޒިމް

21 ޖެނުއަރީ 2026
މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ނުދެއްކޭނެ، ނުވަންޏާ ހަވާލުކުރޭ: މޭޔަރު އާދަމް އާޒިމް
21 ޖެނުއަރީ 2026

ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

21 ޖެނުއަރީ 2026
ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!
21 ޖެނުއަރީ 2026

ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއް ނަމަވެސް މިސަރުކާރު ގައި އެއަށް ވާނެ ގޮތެއް ނޭނގޭ: ކުރީގެ ކައުންސިލް މެންބަރު ސައުދުﷲ

21 ޖެނުއަރީ 2026
ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއް ނަމަވެސް މިސަރުކާރު ގައި އެއަށް ވާނެ ގޮތެއް ނޭނގޭ: ކުރީގެ ކައުންސިލް މެންބަރު ސައުދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު