Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަށާއިރު

ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި މިހާވަރަށް ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލި ވެރިކަމެއް ނާންނަ ކަމަށް. އަތޮޅު ކައުންސިލްތަކާއި ތަޖުރިބާކާރުންނާ މަޝްވަރާ ނުކޮށް އަތޮޅު ކައުންސިލް އުވާލީ ކަމަށް ވިދާޅުވި. މި ސަރުކާރުން މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ފޯރުކޮށް ނުދިނުމުން އައްޑޫސިޓީ ތާރީހުގައި ފުރަތަމަ ފަހަރަށް ބިމުގެ ކުލިން މުސާރަ ދޭން ޖެހިދާނެ ކަމަށް ވިދާޅުވި.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2026 | އާދީއްތަ 08:00
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު | ރާއްޖެއެމްވީ

ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަން ކުރުމުގެ ނިޒާމު ބައްޓަން ކޮށްދިނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް އައްޑޫ ސިޓީ ގެ މޭޔަރު އަދި މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ. 

ރާއްޖެ ޓީވީ "ފަށާއިރު" ޕްރޮގްރާމުގައި ދެއްވި ހާއްސަ އިންޓަވިއު އެއްގައި ނިޒާރު ވިދާޅުވީ، ރައްޔިތުން ބާރުވެރިކޮށް، ގާތުން ވެރިކަން ކުރުމުގެ ނިޒާމު ބައްޓަން ކޮށްދިނީ އެމްޑީޕީ އިން ކަމަށާއި އަދި އެ ސިޔާސަތު އޮތީ ވެސް އެމްޑީޕީ އަތުގައި ކަމަށެވެ. އަދި ރައްޔިތުން އެމްޑިޕީ އަށް އަދިވެސް އިތުބާރު ކުރާ ކަމަށާއި ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން ބޮޑަށް ގަބޫލުކުރެވެނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ގައި ރައްޔިތުން ތިބޭނީ އެމްޑިޕީ އާއި އެކީގައި ކަމަށެވެ.

Advertisement - newsAdvertisement

ނިޒާރު ވިދާޅުވީ އެމްޑިޕީގެ ފިކުރާ ދެކޮޅު ބަޔަކު ވެރިކަމަށް އައިސް ކޮންމެ ފަހަރަކު ލާމަރުކަޒީ ގާނޫނު ކޮށާލާ ކަމަށެވެ. އަދި ރާއްޖޭގެ ތާރިހުގައި މިހާވަރަށް މި ނިޒާމު ހަލާކުކޮށްލި ވެރިކަމެއް ނާންނަކަން ފާހަގަ ކުރައްވާ ނިޒާރު ވިދާޅުވި އެކަން އެގޮތަށް އެ ކުރައްވަނި އަތޮޅު ކައުންސިލް ތަކުގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށެވެ. އޭގެއިތުރުން އަތޮޅު ކައުންސިލް އުވާލާފައިވަނީ މިކަމުގެ ތަޖުރިބާކާރުންނާއި ވެސް އެއްވެސް މަޝްވަރާކުރުމެއް ނެތި ކަމަށް ނިޒާރު ވިދާޅުވި އެވެ.

އަތޮޅުތަކަށް އަޅުގަނޑުމެން ތަޖުރިބާ ކުރާ ފެހި ގާނޫނު އަސާސީ ތެރެއިން މި ލިބުނު ހައްގުތަކާއި މިނިވަންކަމާއި އަދި މި ތަރައްގި އަށް ކޮށާލެވުނު މަގުތަކުގެ ތެރެއިން ރައްޔިތުންނަށް، އަތޮޅުތަކުގެ ރައްޔިތުންނަށް ލިބުނު އެންމެ ރަނގަޅު އެއް އެކަށްޗަކީ ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް ހާއްސަކޮށް ރަށްރަށުގެ ރައްޔިތުންނަށް ވެރިކަން ކޮށްދިނުމުގެ ނިޒާމު އެއީ މި ކައުންސިލް ތަކުގެ ނިޒާމު. މިއީ އެމްޑީޕީގެ އެއްޗެއް.
އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު

މީގެއިތުރުން ނިޒާރު ވިދާޅުވީ، އައްޑޫސިޓީ ގެ ތާރީހުގައި ވެސް ބިމުގެ ކުލިން މުސާރަ ދޭންޖެހޭ ހަމައެކަނި ފަހަރަށް މިއަހަރު ވެގެން ދާނެ ކަމަށެވެ. ސަބަބަކީ މި ސަރުކާރުން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ފަހު އެ މުސާރަ ސަރުކާރުން ފޯރުކޮށް ނުދިނުމުން ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި ކައުންސިލް އަށް އާމްދަނީ އެއް ލިބެނީ ބިމުގެ ކުލިންކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ، ބިމުގެ ކުލިން މުވައްޒަފުންނަށް މުސާރަ ދޭންޖެހޭ ހިސާބަށް މިސަރުކާރުން ކަންކަން ގެންގޮސްފައިވާ ކަމަށެވެ. 

ނިޒާރު ވިދާޅުވީ ކައުންސިލް ތަކުގެ ބާރުތައް ނުނަގާ ބާރުތައް ދީގެން ކައުންސިލްތައް ފަންގްޝަން ކުރެވޭގޮތް ހަދައިދިން ރިޔާސީ ދައުރަކީ މިދިޔަ ދައުރު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލް ތަކަށް އާމްދަނީ އިތުރުވެ ގާނޫނުގެ ތެރެއިން ކަންކަން ކުރަން ފަސޭހަވެގެން ދިޔަކަން ނިޒާރު ފާހަގަ ކުރެއްވި އެވެ. 

އަލީ ނިޒާރުއައްްޑޫ ސިޓީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީލޯކަލް ކައުންސިލް އިންތިޚާބު 2026ރާއްޖެ ޓީވީ

ކޮމެންޓް

އިތުރަށް ކިޔާލަން

 ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާތައް، އެ ޕާޓީ ގެ ވެބްސައިޓްގަ އާއްމުކޮށްފި

ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާތައް، އެ ޕާޓީ ގެ ވެބްސައިޓްގަ އާއްމުކޮށްފި

17 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް

17 ޖެނުއަރީ 2026
މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟

މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟

17 ޖެނުއަރީ 2026
ފެހެންދޫގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން މިހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނަން: ފަލާހު

ފެހެންދޫގެ ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން މިހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނަން: ފަލާހު

17 ޖެނުއަރީ 2026
ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި

ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ސައުދު ކާމިޔާބު ކުރައްވައިފި

17 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު