Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަންކެޑެ

އައްޑޫ ޓޫރިޒަމް ޒޯން ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރަން ކަނޑައެޅީ އެއްވެސް ބެލުމެއް ނެތި އައްޑު އަށާއި ސިނާއަތަށް ވެސް ގެއްލުންވާ ގޮތަށް: މެންބަރު ދީދީ

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ސަރުކާރުން ގެސްޓްހައުސް ސިޔާސަތުގައި ސީދާ މިސްރާބެއް ނެތް ކަމަށާ ކުންފުނިތަކުން ބުނާ ގޮތަށް ސިޔާސަތު ބަދަލުކުރަމުން ދާ ކަމަށް. އައްޑޫ ހަންކެޑެ ޕްރޮޖެކްޓް ހަލާލް ޓޫރިޒަމް ޒޯނަކަށް ބަދަލުކުރުމަކީ ގޯސް ނިންމުމަކަށް ވާއިރު ހަލާލް ޓޫރިޒަމް ހިއްސާ ވަނީ 1-2 އިންސައްތައަށް ކަމަށާ 98 އިންސައްތަ ދޫކުރުމަކީ ސިނާއަތާ މެދު ނުވިސްނުން ކަމަށް ދީދީ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 08:25
ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް | އިކޮނޮމިކް މިނިސްޓްރީ

އައްޑޫ ސިޓީގެ ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް މި ސަރުކާރުން ބަދަލު ގެނަސް އެއީ ހަލާލް ޓޫރިޒަމް ޒޯނަކަށް ހެދުމަށް ހަމަޖެއްސީ އޭގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތާ އައްޑު އަށް ލިބޭނެ ގެއްލުމަށް ވެސް ބެލުމެއް ނެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ ގެސްޓްހައުސް ސިޔާސަތަށް ބެލިޔަސް ފެންނަނީ ސަރުކާރުގެ ސީދާ މިސްރާބެއް ނެތް ކަން ކަމަށެވެ. އެގޮތުން ކުންފުންޏަކުން ނުވަތަ ވިޔަފާރި އަކުން ހަމަ ބުނެލާ އިރަށް އެކަމަކާ އެއްގޮތަށް މުޅި ސިޔާސަތު ބަދަލުކުރަމުން ދާ ކަމަށެވެ. 

Advertisement - newsAdvertisement

މިސާލެއްގެ ގޮތުން ދީދީ ވިދާޅުވީ އައްޑޫގަ ޓޫރިޒަމް ދިރުވަން އެމްޑީޕީ ސަރުކާރުން ހަންކެޑެ ޕްރޮޖެކްޓް ފެށި ކަމަށާ އެއީ ރަނގަޅު ޕްރޮޖެކްޓެއް ކަމަށެވެ. މެންބަރު ވިދާޅުވީ މި ސަރުކާރުން އައީ 16 ހޮޓެލް އަޅާ އެއްކޮށް އިންޓަގްރޭޓެޑް ޒޯނެއް ހަދަން ހުރިހާ ކަމެއް ނިންމާ އެކަންތައް ކުރިއަށް ގޮސްގޮސް ހުއްޓާ ކަމަށެވެ. 

ހަވާލުވެގެން ވަކި ހިސާބަކުން މި ބޭފުޅުން ގެ އިކޮނޮމީގަ ސްޓްރެންގތް ދެމެހެއްޓެނިވި ގޮތަކަށް ނުދިޔައިމަ ފައިނޭންސް ނުލިބުނީމަ ކުއްލިއަކަށް ބަދަލުކޮށްލައިފި އެ ކަނޑައަޅަން ވިއްޔޯ އެއީ ހަލާލް ޓޫރިޒަމް ޒޯނަކަށް. ކިިހިނެއްތޯ 16 ހޮޓެލް އިންނަ ޓޫރިޒަމް ޒޯނެއް ހަލާލް ޓޫރިޒަމް ޒޯނަކަށް ހަދަނީ. ހަލާލް ޓޫރިޒަމް ގަ އަންހެނުންނާ ފިރިހެނުންނާ ވަކިން އަނެއްކާ އާއްމުކޮށް ރާއްޖެއަށް މި އަންނަ ފަތުރުވެރިން ލައިގެން އުޅޭ ސްވިމް ވެއަރ ވެސް ނުއެއް ލެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

 ހަލާލް ޓޫރިޒަމް ގެ ފަތުރުވެރިން ހިއްސާ ކުރަނީ ރާއްޖެއަށް އާންމުކޮށް އަންނަ ޖުމްލަ ފަތުރުވެރިންގެ 1 އިންސައްތަ ނުވަތަ 2 އިންސައްތަ ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. އެހެންކަމުން ފަތުރުވެރިކަން އަލަށް ފަށަން އުޅޭ ސަރަހައްދަކަށް އެކަން ގެނެވޭނެ ގޮތެއް ނެތް ކަމަށް މެންބަރު ވިދާޅުވި އެވެ.

ދީދީ ވިދާޅުވީ 98 އިންސައްތަ ދޫކޮށް 2 އިންސައްތަ އަށް ޓާގެޓް ކޮށްގެން އެތަނުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. މިއީ މި ސަރުކާރުން ސިނާއަތާ މެދު ނުވިސްނާ މިންވަރު ހާމަވާ ކަމެއް ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. 

މީގެ އިތުރުން ފަތުރުވެރިން ރާއްޖެ އަންނަނީ ވަރަށް ގިނަ ހަރަކާތްތަކެއް ރިސޯޓުތަކާ ހޮޓެލްތަކުގައި ކުރިއަށް ދާތީ ކަމަށާ އެގޮތުން ވޯޓަރ ސްޕޯޓްސް އާ ޑައިވިންގް ގެ އިތުރުން ވެސް ތަފާތު ތަޖުރިބާ ކުރުމަށް ގިނަ ބަޔަކު ޒިޔާރަތް ކުރާ ކަމަށް ދީދީ ވިދާޅުވި އެވެ. 

ނަމަވެސް މިއަދު ފަހަރަކު ކަމެއް މަނާ ކުރަމުން ކުރަމުން ގޮސް ވަކި ބަޔަކަށް އާދެވޭ ތަނަކަށް ރާއްޖެ ހަދާފައިވާ ކަމަށާ މި ވިޔަފާރި ކުރިއަށް ނުދާނެ ކަމަށް ދީދީ ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ މި ހުރިހާ ކަމަކަށް މިގޮތަށް މި ސަރުކާރުން ބަދަލު ގެންނަމުންދަނީ ރައްޔިތުންނާ ވިޔަފާރިވެރިން ކުރިއަރައިގެންދާ މަންޒަރު ފެނުމަކީ މި ބޭފުޅުން އެހާ ގަޔާވާ ކަމެއް ނޫން ކަމަށް ވާތީ ކަމަށެވެ. 

އައްްޑޫ ސިޓީހަންކެޑެއަހުމަދު ދީދީމަރަދޫ ދާއިރާހަލާލް ޓޫރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ: މެންބަރު ދީދީ

ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ: މެންބަރު ދީދީ

20 ޖެނުއަރީ 2026
ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު

ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު

18 ޖެނުއަރީ 2026
މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟

މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟

17 ޖެނުއަރީ 2026
އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުރި ކަރަންޓް ބޯޑެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުރި ކަރަންޓް ބޯޑެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ޖެނުއަރީ 2026
ގެއްލިގެން ހޯދި ރާއިދާ ފެނިއްޖެ

ގެއްލިގެން ހޯދި ރާއިދާ ފެނިއްޖެ

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު