Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫސާ އަލީ ޖަލީލު

މޫސާ އަލީ ޖަލީލު ގެ ޖަގަހަ ހުޅުވުމުގެ ޖަލްސާ އަށް، ކިރިޔާ ހުކުރު ހަމަވާ ވަރަށް ވެސް މީހުން އެއްވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް އިސްވެރިން ވިދާޅުވީ މަތިން އަންގާ ޖަލްސާތަކަށް ދިއުން ނޫން އެހެން ގޮތެއް ނެތް ކަމަށް. ޖަލްސާ ގައި މޫސާ އަލީ ޖަލީލު ވިދާޅުވީ އޭނާ މޭޔަރުކަން ކުރައްވާނީ މުއިއްޒުގެ މޭޔަރުކަން ނަމޫނާ އަކަށް ބަލައިގެން ކަމަށާއި އެންމެ ބޮޑު ޝަރަފަކީ ޕީއެންސީ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ލިބުން ކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 14:27
މޫސާ އަލީ ޖަލީލު ގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުންނާއެކު އޭނާ ފޮޓޯ އަކަށް ހުއްްޓިގެން

މޫސާ އަލީ ޖަލީލު ގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުންނާއެކު އޭނާ ފޮޓޯ އަކަށް ހުއްްޓިގެން | ޕީއެންސީ

މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ޓިކެޓުގައި ވާދަކުރާ މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާ އަށް ދާނެ ބަޔަކު ނުވާނެ ކަން ސަރުކާރަށް ޔަގީން ވުމުން، އެ ޖަލްސާ އަށް ވެސް މީހުން ހަމަކުރީ އާދައިގެ މަތިން ސަރުކާރު ކުންފުނި ތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ކަން ހާމަ ވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ހެންވޭރު ކޮޅުގައި ބޭއްވި މި ޖަލްސާ އަށް ހާޒިރުވީ ނިސްބަތުން މަދު ބައެއް ކަމަށާއި، އެ މީހުންގެ ތެރެއިން ބޮޑު އިންސައްތަ އެއް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

Advertisement - newsAdvertisement

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ސަރުކާރު ހިއްސާވާ ކުންފުންޔެއްގެ އިސް ވެރިޔަކު ވިދާޅުވީ މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާ އަށް މަތިން އަންގައިގެން އެ ކުންފުނީގެ މުވައްޒަފުން ވެސް ދިޔަ ކަމަށެވެ. ސަރުކާރު ހިއްސާވާ އެހެން ކުންފުންޔެއްގެ އިސް ފަރާތެއް ރާއްޖެ އެމްވީ އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ ސަރުކާރަށް ތާއީދެއް ނެތުމުގެ ހުރިހާ އުނދަގުލެއް ކުރިމަތި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ކަމަށެވެ.

އަހަރުމެން ނުޖެހޭނެ ޕީއެންސީ ގެ ހުރިހާ ސިޔާސީ ހަރަކާތެއްގަ ބައިވެރި ވާކަށް. ބޮޑު މުސާރަ ދޭ ސިޔާސީ މުވައްޒަފުންނާއި މަޖިލީހުގެ މެމްބަރުން ޖެހޭނީ ޕީއެންސީ ގެ ޖަލްސާތަކަށް މީހުން ހަމަކުރަން. އެމީހުން ކުރަން ޖެހޭ ކަމެއް ނުޖެހޭނެ އަހަރުމެން ލައްވަ ކުރުވާކަށް. އެކަމު މިއަދު އަނގަޔާ އަތާ ދިމާ ކުރަން މި ވަޒީފާ ބޭނުން. އެހެންވީމަ ތަންކެއް ރީއްޗަށް ބުނާނަމަ "މަތިން" އެންގީމަ ޖަހާހާ ބެރަކަށް ނެށުން ނޫން ގޮތެއް މިއަދަކު ނެތް
ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް ފަރާތެއް 
ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާ ގައި މޫސާ އަލީ ޖަލީލު ވާހަކަ ދައްކަވަނީ؛ އޭނާގެ ވަހަކައިގެ ބޮޑު ބައެއް ހޭދަ ކުރީ ރައީސް މުއިއްޒު އަށް ސަނާ ކިޔުމަށް
ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާ ގައި މޫސާ އަލީ ޖަލީލު ވާހަކަ ދައްކަވަނީ؛ އޭނާގެ ވަހަކައިގެ ބޮޑު ބައެއް ހޭދަ ކުރީ ރައީސް މުއިއްޒު އަށް ސަނާ ކިޔުމަށް

ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ސަނާ ކިޔުއްވާފަ އެވެ. އެގޮތުން އޭނާ މޭޔަރުކަން ކުރައްވާނީ މުއިއްޒުގެ މޭޔަރުކަން ނަމޫނާއަކަށް ބަލައިގެން ކަމަށާއި އަދި އޭނާ ގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފަކީ ޕީއެންސީ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރުމުގެ ފުރުސަތު ލިބުން ކަމަށް ވިދާޅުވި އެވެ.

މިރޭ މާތްالله ގެ ހަޒުރަތުން ވާގި އެދިހުރެ، މާލެ ސިޓީގެ މޭޔަރަކަށް އިންތިހާބުވުމުގެ ދަތުރު މި ފަށަނީ މި ސިޓީގެ ރައްޔިތުން އެންމެ ލޯބިވާ އިހުތިރާމު ބަލައިގެން ހުލްގުހެޔޮ ހީވާގި މޭޔަރަކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިޔަވަޅުފުޅު މަތިން، އެ މަނިކުފާނު ހިންގެވި މަގު ހިޔާރުކޮށް އެ މަނިކުފާނުގެ ހިންމަތާއި ހިތްވަރު ނަމޫނާއަކަށް އަދި އިން ފާހަގައަކަށް ބަލައިގެން.
މޫސާ އަލީ ޖަލީލު

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މާލޭގެ ދާއިރާތަކަށް ޕީއެންސީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ވެސް ބައިވެރިވި އެވެ. ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ޝަރަފްވެރި ކޮށްދެއްވި މި ޖަލްސާގައި މޫސާ އަލީ ޖަލީލުގެ އިތުރުން ޕީއެންސީ ޓިކެޓުގައި މާލޭގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ކުރު ވާހަކަކޮޅެއް ދެއްކި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ސަރުކާރު މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކާ ނުފޫޒު ފޯރުވައިގެން ސިޔާސީ ކަންކަމުގައި ބައިވެރިކުން ވަނީ އާދަޔާ ޚިލާފަށް އިތުރުވެފަ އެވެ. ސަރުކާރަށް ނެތް ތާއީދެއް މި ނޫން ގޮތަކަށް ނުދެއްކޭނެ ކަމަށް ރައީސް މުއިއްޒު ވެސް ގަބޫލުފުޅު ކުރައްވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

މޫސާ އަލީ ޖަލީލުޕީއެންސީމާލެ ސިޓީޑރ. މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

18 ޖެނުއަރީ 2026
ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މަރުހަބާ އާޒިމް އަށް

ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މަރުހަބާ އާޒިމް އަށް

17 ޖެނުއަރީ 2026
އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

17 ޖެނުއަރީ 2026
ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު

ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު

16 ޖެނުއަރީ 2026
އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

16 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު