Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

ސަރުކާރަށް ދެ އަހަރުވީއިރު، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ ކަމެއް ނުކުރެވޭ ކަމުގެ ޝަކުވާ: ފައިޞަލް ނަސީމް

ފައިޞަލް ވިދާޅުވެފައި ވަނީ ގިނަ ރައްޔިތުންތަކަކާ ބައްދަލުވެ، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އިވުނުއިރު، މައިގަނޑު ކަންބޮޑުވުމަކީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމުގެ ޝަކުވާ ކަމަށް. އަދި ރައްޔިތުން އެދެނީ ރަށަށް ކަންކަން ވާނެ މަގެއް ފަހިވުން ކަމަށް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 05:53
އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކު ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ދޮރުން ދޮރަށް ހިންގަވަނީ

އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކު ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ދޮރުން ދޮރަށް ހިންގަވަނީ | ސޯޝަލް މީޑިއާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ދުވަސްވީއިރު ވެސް، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ އެއްވެސް ކަމެއް ނުކުރެވޭ ކަމުގެ ކަންބޮޑުވުމާއި ޝަކުވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިޞަލް މިހެން ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ފުވައްމުލައް ސިޓީ ކައުންސިލަށް ވާދަ ކުރާ ކެންޑިޑޭޓުންނާ އެކު ދޮރުން ދޮރަށް ހިންގެވުމަށް ފަހު އެވެ.

Advertisement - newsAdvertisement

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިޞަލް ވިދާޅުވެފައި ވަނީ ގިނަ ރައްޔިތުންތަކަކާ ބައްދަލުވެ، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އިވުނުއިރު، މައިގަނޑު ކަންބޮޑުވުމަކީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމުގެ ޝަކުވާ ކަމަށެވެ. އަދި ރައްޔިތުން އެދެނީ ރަށަށް ކަންކަން ވާނެ މަގެއް ފަހިވުން ކަމަށާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އިން ހޯދައި، ސަރުކާރު ޖަވާބުދާރީ ކުރުވައި، ރަށަށް ތަރައްޤީ ގެންނަން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގައި ވެސް ފައިޞަލް ވިދާޅުވެފައިވެ އެވެ. 

އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ، މިހާރު ވެސް މޭޔަރު ކަމުގައި ހުންނެވި އިސްމާއީލް ރަފީޤު އެވެ. މީގެ އިތުރުން އެހެން ދާއިރާ ތަކުން ކައުންސިލަށް ވާދަ ކުރައްވާ ކެންޑިޑޭޓުންނާ އެކު ފައިޞަލް ވަނީ ފުވައްމުލައް ސިޓީގެ އެކި އަަވަށް ތަކުގައި ދޮރުން ދޮރަށް ހިންގަވައިފަ އެވެ.

ދޮރުން ދޮރަށް ހިންގެވުމަށް ފަހު ފައިޞަލް މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ރަށް ރަށުގައި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާ ކަމުގެ ކަންބޮޑުވުން އެކި ރައްޔިތުން އަންނަނީ ފާޅު ކުރަމުންނެވެ. އެގޮތުން ކުރީ ސަރުކާރުން ރަށް ރަށުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫއުތައް ވެސް، މި ސަރުކާރާ އެކު މަޑު ޖެހިފައިވާ ކަމަށް ރައްޔިތުން ފާހަގަ ކުރަމުން ގެންދެ އެވެ. 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރަށް ރަށަށް ވެވަޑައިގެންފައިވާ ވައުދުތައް ނުފުއްތާ ކަމުގެ ކަންބޮޑުވުން، ރަށު ކައުންސިލްތަކާއި، އެ ރަށް ތަކުގެ ރައްޔިތުން ވެސް އަންނަނީ ފާހަގަ ކުރަމުންނެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހު އެ ޕާޓީގެ ޕްރައިމަރީ ބާއްވާފައިވާއިރު، މިހާރު ވަނީ އެ ޕާޓީގެ ކެމްޕެއިން ޓީމު ވެސް ކަނޑައަޅައިފަ އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ފުވައްމުލައް ސިޓީލޯކަލް ކައުންސިލް އިންތިޚާބު 2026ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ އިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމު އިއުލާންކޮށްފި، މެނޭޖަރަކަށް ކުޑޫ

އެމްޑީޕީ އިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމު އިއުލާންކޮށްފި، މެނޭޖަރަކަށް ކުޑޫ

20 ޖެނުއަރީ 2026
އެމްޑީޕީގެ މަގުބޫލުކަން ސަރުކާރަކަށް ހަޖަމެއް ނުވި, ޕީއެންސީން "މަރުފަލި" ޖަހަން ފަށައިފި

އެމްޑީޕީގެ މަގުބޫލުކަން ސަރުކާރަކަށް ހަޖަމެއް ނުވި, ޕީއެންސީން "މަރުފަލި" ޖަހަން ފަށައިފި

19 ޖެނުއަރީ 2026
އެމްޑީޕީ އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީޖީ ލީޑަރ ފަލާހު އިތުރުފުޅު ހައްދަވައިފި

އެމްޑީޕީ އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީޖީ ލީޑަރ ފަލާހު އިތުރުފުޅު ހައްދަވައިފި

19 ޖެނުއަރީ 2026
ވިލިމާލެ އައު ހޮސްޕިޓަލްގެ ކުރެހުންތަކާއެކު އަނެއްކާ ވެސް ރައްޔިތުންނަށް ހުވަފެނެއް؟

ވިލިމާލެ އައު ހޮސްޕިޓަލްގެ ކުރެހުންތަކާއެކު އަނެއްކާ ވެސް ރައްޔިތުންނަށް ހުވަފެނެއް؟

19 ޖެނުއަރީ 2026
ތިނަދޫ ސިޓީގެ ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމުގެ މާހައުލެއް ގާއިމް ކުރުމަށް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ: މޭޔަރު ސައުދު

ތިނަދޫ ސިޓީގެ ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމުގެ މާހައުލެއް ގާއިމް ކުރުމަށް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ: މޭޔަރު ސައުދު

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު