Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ބަހަނާއެއް ނެތް، މިއައީ މޮޅުވާން: ރޮސެނިއާ

ޗެލްސީއާ ހަވާލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރޮސެނިއާ ބުނެފައި ވަނީ، ސީޒަންގެ މެދު ތެރެއިން ޗެލްސީގެ ކޯޗުކަމާ ހަވާލުވާން ޖެހުމަކީ މައްސަލައެއް ނޫން ކަމަށް. އަދި އެކަމުގައި އެއްވެސް ބަހަނާއެއް ދައްކަން ބޭނުންވާ ނުވާ ކަމަށާއި، ބޭނުން ވަނީ ޗެލްސީ އާއެކު މޮޅުވާން ކަމަށް ވެސް އޭނާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 04:01
ޗެލްސީގެ ކޯޗު ލިއަމް ރޮސެނިއާ

ޗެލްސީގެ ކޯޗު ލިއަމް ރޮސެނިއާ | ރޮއިޓަސް

ޗެލްސީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އެއްވެސް ބަހަނާއެއް ދެއްކުމެއް ނެތް ކަމަށާއި، އެ ކުލަބާ ހަވާލުވީ މޮޅުވާން ކަމަށް ރޮސެނިއާ ބުނެފި އެވެ.

ޗެލްސީގެ ކޯޗު ކަމުގައި އެންމެ ފަހުން ހުރި އެންޒޯ މަރެސްކާ ކުއްލި ގޮތަކަށް ވަކިވެފައިވާއިރު، ޗެލްސީ އިން ވަނީ އެ ޓީމުގެ ކޯޗަކަށް ރޮސެނިއާ ހަމަޖައްސައިފަ އެވެ. އެގޮތުން ޗެލްސީ އިން ވަނީ އޭނާ އާއެކު ހަ އަހަރާއި ބައިގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އިން ފުލަމްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، އޭނާ އަންނަނީ ޓީމާ އެކު މަސައްކަތް ކުރަމުންނެވެ.

ޗެލްސީއާ ހަވާލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރޮސެނިއާ ބުނެފައި ވަނީ، ސީޒަންގެ މެދު ތެރެއިން ޗެލްސީގެ ކޯޗުކަމާ ހަވާލުވާން ޖެހުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެކަމުގައި އެއްވެސް ބަހަނާއެއް ދައްކަން ބޭނުންވާ ނުވާ ކަމަށާއި، ބޭނުން ވަނީ ޗެލްސީ އާއެކު މޮޅުވާން ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ޗެލްސީގައި އޮތް ޕްރޮޖެކްޓަކީ ހަމައެކަނި މޮޅުވުމަށް އޮތް ޕްރޮޖެކްޓެއް ކަމަށް އޭނާ ބުންޏެވެ. އެއީ ކޮންމެ ކޮންމެ ގޮތަކަށް އޮތް ޕްރޮޖެކްޓެއް ނޫންކަން ފާހަގަކޮށް އޭނާ ބުނީ، ބޭނުން ވަނީ ޗެލްސީގެ އަމާޒާ އެއްގޮތަށް ތަށި ތަކެއް ހޯދައިދީ، ކާމިޔާބީ ގެނެސްދިނުން ކަމަށެވެ. އެކަމުގައި ދިމާވާނެ ގޮންޖެހުންތަކާއި، ކުރިމަތި ވާނެ ޕްރެޝަރު ވެސް ވަޒަން ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

ރޮސެނިއާ ބުނީ ޗެލްސީގައި އޭނާ ހުންނަނީ ހަތަރު އަހަރު، ނުވަތަ ފަސް އަހަރު، ނުވަތަ ހަ އަހަރަށް ކަމަށް ވިޔަސް، ޗެލްސީ އަކީ ކާމިޔާބު ކުލަބެއްގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން ދެމި އޮންނާނެ ކަމަށެވެ. އޭނާ ބުނީ ޗެލްސީ އަށް އިރުޝާދު ދިނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، އެ ވަޒީފާ އަކީ ވެސް ފަސޭހަ ވަޒީފާއެއް ނޫން ކަމަށް ޤަބޫލު ކުރާ ކަމަށެވެ.

ޗެލްސީގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ރޮސެނިއާ ހުރީ ސްޓްރާސްބޯގެ ކޯޗުކަމުގެ މަގާމުގަ އެވެ. އެ ކުލަބަށް އޭނާ ވަނީ 63 މެޗެއްގައި އިރުޝާދު ދީފަ އެވެ. އޭގެ ތެރެއިން 31 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، 15 މެޗުން ބަލިވެ އަނެއް 17 މެޗުން ވަނީ އެއްވަރުވެފަ އެވެ. ޑާބީ ކައުންޓީގެ ވަގުތީ ކޯޗެއްގެ ގޮތުގައި ކޯޗިން ކެރިއަރު ފެށި ރޮސެނިއާ ވަނީ، ހަލް ސިޓީ އަށް ވެސް އިރުޝާދު ދީފަ އެވެ.

ޗެލްސީ ލިއަމް ރޮސެނިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލަމް އަތުން ޗެލްސީ ބަލިވެއްޖެ

ފުލަމް އަތުން ޗެލްސީ ބަލިވެއްޖެ

08 ޖެނުއަރީ 2026
ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި

ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި

05 ޖެނުއަރީ 2026
ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

31 ޑިސެމްބަރު 2025
ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު