Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ރެއާލްއާ ދެކޮޅަށް ކުޅެ ސުޕަ ކަޕް ކާމިޔާބު ވުމަކީ ބޮޑު ކާމިޔާބެއް: ފްލިކް

13 ޖެނުއަރީ 2026 | އަންގާރަ 03:52

ފައިނަލް މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފްލިކް ބުނީ، އެ މެޗުގައި ބާސެލޯނާ އިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށް. ބާސެލޯނާ އިން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ކަމަށާއި، ކުޅުންތެރިން އެންމެ ފުރިހަމަ އަށް މަސައްކަތް ކުރި ކަމަށް އޭނާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖެނުއަރީ 2026 | އަންގާރަ 03:52
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް | ރޮއިޓަސް

ވާދަވެރި ރެއާލް މެޑްރިޑްއާ ދެކޮޅަށް ކުޅެ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކުރުމަކީ ބޮޑު ކާމިޔާބެއް ކަމަށް، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ. 

އޭނާ މިހެން ބުނީ ސުޕަ ކަޕްގެ ފައިނަލްގައި ރެއާލް ބަލިކޮށް، ބާސެލޯނާ އިން މުބާރާތް ކާމިޔާބު ކުރުމަށް ފަހު އެވެ. ރެއާލް ބަލިކޮށް ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާއިރު، މިއީ ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ރެއާލް ބަލިކޮށް ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބު ކުރި ފަހަރެވެ.

ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުން ފްލިކް ބުނީ، ސުޕަ ކަޕަކީ ވެސް ވަރަށް މުހިންމު މުބާރާތެއް ކަމަށާއި، އެ މުބާރާތް ކާމިޔާބު ކުރުމަކީ މުހިންމު އަމާޒަކަށް ވެފައި އޮތް ކަމަށެވެ. ޚާއްސަކޮށް ވާދަވެރި ރެއާލްއާ ދެކޮޅަށް ކުޅެ ސުޕަ ކަޕް ކާމިޔާބު ވުމަކީ ބާސެލޯނާ އަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ފްލިކް ސިފަ ކުރި އެވެ. ބާސެލޯނާ އަށް ލިބުނީ ރަނގަޅު ކާމިޔާބެއް ކަމަށާއި، އެ ކާމިޔާބާ މެދު ހިތްހަމަ ޖެހޭ ކަމަށް ފްލިކް ބުންޏެވެ.

މީގެ އިތުރުން ފްލިކްް ބުނީ، އޭނާ އަށް އެންމެ މުހިންމު ކަމަކަށް ވެފައި އޮތީ މޮޅުވުމުގެ އިތުރުން ބާސެލޯނާ އިން ރަނގަޅު ވައްޓަފާޅިއެއްގައި ކުޅުން ކަމަށެވެ. އެކަން ބާސެލޯނާ އަށް ވަރަށް ރަނގަޅަށް ޙާސިލު ކުރެވިފައިވާ ކަމަށާއި، މުޅި ޓީމުގެ ހުރިހާ ކުޅުންތެރިންނާ މެދު އިންތިހާ އަށް ފަޚުރުވެރިވާ ކަމަށް ފްލިކް ބުންޏެވެ. 

ފައިނަލް މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފްލިކް ބުނީ، އެ މެޗުގައި ބާސެލޯނާ އިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. ބާސެލޯނާ އިން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ކަމަށާއި، ކުޅުންތެރިން އެންމެ ފުރިހަމަ އަށް މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ. އެކަމަކު ވެސް، ރެއާލްއާ ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ކުރިން ވެސް އިނގުނު ކަމަށާއި، މެޗުގައި އެކަން އިޙުސާސް ކުރެވުނު ކަމަށް ފްލިކް ބުންޏެވެ. 

މުޅި މެޗުގައި ވެސް އެންމެ ތަފާތު ކަމަކަށް ވީ، ބާސެލޯނާގެ ހުރިހާ ކުޅުންތެރިން ވެސް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. ހަމަ އެއާ އެކު، ބާސެލޯނާގައި އޮތް މެންޓާލިޓީ އަކީ ވަރަށް ތަފާތު އެއްޗެއް ކަމަށް ފްލިކް ބުންޏެވެ. އޭނާ ބުނީ ބާސެލޯނާ އަށް ލިބުނު މޮޅަކީ ހުރިހާ ގޮތަކުން ވެސް ހައްގު މޮޅެއް އަދި ކާމިޔާބެއް ކަމަށެވެ. ބާސެލޯނާގެ ބެޖަށްޓަކައި ކުޅުންތެރިން ވީ ޤުރުބާނީ އަކީ އަބަދު ވެސް ބަލައި ގަންނާނެ ކަމެއް ކަމަށް ފްލިކް ބުންޏެވެ.

ރެއާލް ބަލިކޮށް ބާސެލޯނާ އިން ސުޕަ ކަަޕް ކާމިޔާބު ކޮށްފައިވާއިރު، މިއީ ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބު ކުރި 16 ވަނަ ފަަހަރެވެ. ބާސެލޯނާ އަކީ އެންމެ ގިނައިން ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާ ޓީމެވެ. ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން މިހާތަނަށް ހަތަރު ތައްޓެއް ކާމިޔާބު ކޮށްފައިވާއިރު، މި ސީޒަންގައި ވެސް ބާސެލޯނާ އިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ބާސެލޯނާހަންސީ ފްލިކް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2026

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

12 ޖެނުއަރީ 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި
11 ޖެނުއަރީ 2026

ފައިނަލްގެ ކުރިން ފްލިކް: "ޓީމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ"

11 ޖެނުއަރީ 2026
ފައިނަލްގެ ކުރިން ފްލިކް: "ޓީމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ"
08 ޖެނުއަރީ 2026

ފަސް ލަނޑުގެ މޮޅާ އެކު، ބާސެލޯނާ ފައިނަލަށް

08 ޖެނުއަރީ 2026
ފަސް ލަނޑުގެ މޮޅާ އެކު، ބާސެލޯނާ ފައިނަލަށް
04 ޖެނުއަރީ 2026

ފަހު ވަގުތު މޮޅުވެ ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

04 ޖެނުއަރީ 2026
ފަހު ވަގުތު މޮޅުވެ ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
01 ޖެނުއަރީ 2026

ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

01 ޖެނުއަރީ 2026
ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ
29 ޑިސެމްބަރު 2025

ޕްރެޝަރެއް ނެތް، ގޮތް ނިންމަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

29 ޑިސެމްބަރު 2025
ޕްރެޝަރެއް ނެތް، ގޮތް ނިންމަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ
25 ޑިސެމްބަރު 2025

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

25 ޑިސެމްބަރު 2025
ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް
25 ޑިސެމްބަރު 2025

ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

25 ޑިސެމްބަރު 2025
ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން
22 ޑިސެމްބަރު 2025

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025
ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް