Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

މޮޅުވުން ހައްގު، ރެފްރީ އަކީ ކާކުކަން އިނގޭ: ފްލިކް

20 ޖެނުއަރީ 2026 | އަންގާރަ 04:30

މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކިކަން ފާހަގަކޮށް ފްލިކް ބުނީ، ކުޅުންތެރިންގެ ފަރާތުން ހިތްވަރު ވެސް ފެނުނު ކަމަށް. އެހެން ނަމަވެސް، ބައެއް ދުވަސް ދުވަހު މެޗު ނިމޭއިރު ނަސީބު އެހީ ނުވާނެ ކަމަށް ފްލިކް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖެނުއަރީ 2026 | އަންގާރަ 04:30
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް | ރޮއިޓަސް

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ އަށް މޮޅުވުން ހައްގު ކަމަށް ބުނެ، އެ ޓީމުގެ ކޯޗު ހަންސީ ފްލިކްގެ ނުރުހުން މެޗުގެ ރެފްރީ އަށް އަމާޒު ކޮށްފި އެވެ.

ސޮސިއެޑާޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބާސެލޯނާ އިން ތިން ލަނޑު ޖެހި ނަމަވެސް، އެ ތިން ލަނޑު ވެސް ބަަލައިގެންފައި ނުވެ އެވެ. ބާސެލޯނާ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އޮފްސައިޑު ކަމަށް ނިންމިއިރު، އަނެއް ލަނޑު ބަލައި ނުގަތީ ފައުލް ކަމަށް ކަނޑަ އަޅައިގެންނެވެ. 

އެ މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ފްލިކް ބުނީ، މެޗުގެ ނަތީޖާ އަކީ ބާސެލޯނާ އިން ދެއްކި ކުޅުމަށް ހައްގު ނަތީޖާއެއް ނޫން ކަމަށެވެ. ނަމަވެސް، ބާސެލޯނާ އިން ޑިފެންސްގައި އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ނަތީޖާ ހަމަހަމަ ކުރުމަށް ފަހު، އެހާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި އިދިކޮޅު ޓީމަށް އިތުރު ލަނޑެެއް ޖެހުމަކީ ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކިކަން ފާހަގަކޮށް ފްލިކް ބުނީ، ކުޅުންތެރިންގެ ފަރާތުން ހިތްވަރު ވެސް ފެނުނު ކަމަށެވެ. އެހެން ނަމަވެސް، ބައެއް ދުވަސް ދުވަހު މެޗު ނިމޭއިރު ނަސީބު އެހީ ނުވާނެ ކަމަށް ފްލިކް ބުނެފައިވެ އެވެ. އެކަން ފާހަގަކޮށް ފްލިކް ބުނީ ބާސެލޯނާ އަށް މޮޅުވުން ހައްގު ކަމަށާއި، ނަމަވެސް މިއީ ފުޓުބޯޅަ ކަމަށެވެ.

މެޗުގައި ބާސެލޯނާ އިން ޖެހި ތިން ލަނޑު ވެސް ބަލައި ނުގަންނަން ނިންމުމުން، އެކަމާ ގުޅޭ ގޮތުން ފްލިކް ބުނީ ރެފްރީ އަކީ ކާާކުކަން އިނގޭ ކަމަށެވެ. މެޗު ބަލަން ތިބި އެންމެނަށް ވެސް އެކަން ފެންނާނެ ކަމަށާއި، އޭނާގެ ހަކަތަ ރެފްރީގެ ވާހަކަ އަށް ދޫކޮށްލަން ބޭނުން ނުވާ ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ. ފްލިކް ބުނީ ރެފްރީއާ ބެހޭ ގޮތުން ހުރި ބައެއް ކޮމެޓުތައް އޭނާ އަށް ފެނިފައިވާ ކަމަށާއި، ސްޕެނިޝް ލީގުގައި ވަރަށް ރަނގަޅު ރެފްރީން ތިބޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، އެ މެޗުގެ ރެފްރީ އަކީ ކާކުކަން އިނގޭ ކަމަށް ފްލިކް ބުންޏެވެ.

ސޮސިއެޑާޑް އަތުން މޮޅުވެ ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތެވެ. ނަމަވެސް، މެޗުން ބަލިވުމާ އެކު ބާސެލޯނާ އެއް ވަަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑަކުންނެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 20 މެޗުން އެ ޓީމަށް ލިބެނީ 49 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 48 ޕޮއިންޓެވެ.

ސްޕެނިޝް ލީގުބާސެލޯނާހަންސީ ފްލިކް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2026

ސޮސިއެޑާޑް އަތުން ބަލިވެ، ބާސެލޯނާ އަށް ފައިދާ ނުނެގުނު

19 ޖެނުއަރީ 2026
ސޮސިއެޑާޑް އަތުން ބަލިވެ، ބާސެލޯނާ އަށް ފައިދާ ނުނެގުނު
18 ޖެނުއަރީ 2026

ލެވަންޓޭ ބަލިކޮށް، ރެއާލް އަށް ހަމަޖެހުމެއް

18 ޖެނުއަރީ 2026
ލެވަންޓޭ ބަލިކޮށް، ރެއާލް އަށް ހަމަޖެހުމެއް
15 ޖެނުއަރީ 2026

ކަންސޭލޯ އަލުން ބާސެލޯނާ އަށް ބަދަލުވެއްޖެ

15 ޖެނުއަރީ 2026
ކަންސޭލޯ އަލުން ބާސެލޯނާ އަށް ބަދަލުވެއްޖެ
13 ޖެނުއަރީ 2026

ރެއާލްއާ ދެކޮޅަށް ކުޅެ ސުޕަ ކަޕް ކާމިޔާބު ވުމަކީ ބޮޑު ކާމިޔާބެއް: ފްލިކް

13 ޖެނުއަރީ 2026
ރެއާލްއާ ދެކޮޅަށް ކުޅެ ސުޕަ ކަޕް ކާމިޔާބު ވުމަކީ ބޮޑު ކާމިޔާބެއް: ފްލިކް
12 ޖެނުއަރީ 2026

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

12 ޖެނުއަރީ 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި
11 ޖެނުއަރީ 2026

ފައިނަލްގެ ކުރިން ފްލިކް: "ޓީމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ"

11 ޖެނުއަރީ 2026
ފައިނަލްގެ ކުރިން ފްލިކް: "ޓީމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ"
08 ޖެނުއަރީ 2026

ފަސް ލަނޑުގެ މޮޅާ އެކު، ބާސެލޯނާ ފައިނަލަށް

08 ޖެނުއަރީ 2026
ފަސް ލަނޑުގެ މޮޅާ އެކު، ބާސެލޯނާ ފައިނަލަށް
05 ޖެނުއަރީ 2026

ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި

05 ޖެނުއަރީ 2026
ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި
04 ޖެނުއަރީ 2026

ފަހު ވަގުތު މޮޅުވެ ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

04 ޖެނުއަރީ 2026
ފަހު ވަގުތު މޮޅުވެ ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
01 ޖެނުއަރީ 2026

ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

01 ޖެނުއަރީ 2026
ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް