Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ކަންސޭލޯ އަލުން ބާސެލޯނާ އަށް ބަދަލުވެއްޖެ

15 ޖެނުއަރީ 2026 | ބުރާސްފަތި 05:36

ލޯނު އެއްބަސްވުމުގެ ދަށުން، މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށް ކަންސޭލޯ ބާސެލޯނާ އަށް ކުޅޭނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖެނުއަރީ 2026 | ބުރާސްފަތި 05:36
ބާސެލޯނާ އަށް ބަދަލުވި ޔާއޯ ކަންސޭލޯ

ބާސެލޯނާ އަށް ބަދަލުވި ޔާއޯ ކަންސޭލޯ | ރޮއިޓަސް

ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލް އަށް ކުޅެމުން އައި ޕޯޗުގަލްގެ ޔާއޯ ކަންސޭލޯ، ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވެއްޖެ އެވެ. 

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ އަލް ޙިލާލް އަށް ބަދަލުވީ 2024 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އަލް ޙިލާލް ދޫކޮށްލަން ކަންސޭލޯ ނިންމީ އެވެ.

އެއާ އެކު ބާސެލޯނާ އިން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކަންސޭލޯ ހޯދައިފަ އެވެ. މިފަހަރު ވެސް ކަންސޭލޯ ބާސެލޯނާ އަށް ބަދަލުވެފައި ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ލޯނު އެއްބަސްވުމުގެ ދަށުން، މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށް ކަންސޭލޯ ބާސެލޯނާ އަށް ކުޅޭނެ އެވެ.

އަލް ޙިލާލް އަށް ބަދަލުވުމުގެ ކުރިން ވެސް ކަންސޭލޯ ވަނީ ލޯނު އެއްބަސްވުމެއްްގެ ދަށުން ބާސެލޯނާ އަށް ކުޅެފަ އެވެ. އެ ފަހަރު އޭނާ ވަނީ ބާސެލޯނާ އަށް ކުޅެދިން 42 މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. އެފަހަރު ބާސެލޯނާ އަށް ބަދަލުވުމުގެ ކުރިން ކަންސޭލޯ ވަނީ، ލޯނު އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކް އަށް ވެސް ކުޅެފަ އެވެ.

ދެ ވަނަ ފަހަރަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކަންސޭލޯ ބާސެލޯނާ އަށް ބަދަލުވީއިރު، މި ފަހަރު އޭނާ ހޯދުމަށް އިޓަލީގެ އިންޓަރ މިލާން އިން ވެސް މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. ނަމަވެސް ބާސެލޯނާގެ ޝައުޤުވެރިކަން އޮތުމާ އެކު، ކަންސޭލޯ ބޭނުންވީ އެ ކުލަބަށް ބަދަލުވާން ކަމަށް ބުނެފައިވެ އެވެ.

ބެންފީކާ އިން ސީނިއާ ކެރިއަރު ފެށި ކަންސޭލޯ ވަނީ މެންޗެސްޓަރ ސިޓީ އާއި ޔުވެންޓަސް އަށް ވެސް ކުޅެފަ އެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓަރ މިލާން އަށް ކުޅެފަ އެވެ. ކަންސޭލޯ ވަނީ ސިޓީގައި ހޭދަ ކުރި ހަތަރު ސީޒަންގެ ތެރޭގައި އެ ކުލަބަށް 154 މެޗު ކުޅެދީ ނުވަ ލަނޑު ޖަހައިފަ އެވެ.

ސިޓީ އާއެކު ކަންސޭލޯ ވަނީ ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، އެފްއޭ ކަޕާއި، ކަރަބޯ ކަޕް ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ. ޕޯޗުގަލްގެ ޤައުމީ ޓީމަށް ވެސް ކަންސޭލޯ ކުޅެމުން އަންނައިރު، އަލުން އެނބުރި އޭނާ ޔޫރަޕަށް އައުމުގެ ބޭނުމަކީ ޤައުމީ ޓީމުގެ ޖާގަ ކަށަވަރު ކުރުން ކަމަށް ވެސް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

ބާސެލޯނާކަންސޭލޯ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2026

ރެއާލްއާ ދެކޮޅަށް ކުޅެ ސުޕަ ކަޕް ކާމިޔާބު ވުމަކީ ބޮޑު ކާމިޔާބެއް: ފްލިކް

13 ޖެނުއަރީ 2026
ރެއާލްއާ ދެކޮޅަށް ކުޅެ ސުޕަ ކަޕް ކާމިޔާބު ވުމަކީ ބޮޑު ކާމިޔާބެއް: ފްލިކް
12 ޖެނުއަރީ 2026

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

12 ޖެނުއަރީ 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި
11 ޖެނުއަރީ 2026

ފައިނަލްގެ ކުރިން ފްލިކް: "ޓީމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ"

11 ޖެނުއަރީ 2026
ފައިނަލްގެ ކުރިން ފްލިކް: "ޓީމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ"
08 ޖެނުއަރީ 2026

ފަސް ލަނޑުގެ މޮޅާ އެކު، ބާސެލޯނާ ފައިނަލަށް

08 ޖެނުއަރީ 2026
ފަސް ލަނޑުގެ މޮޅާ އެކު، ބާސެލޯނާ ފައިނަލަށް
04 ޖެނުއަރީ 2026

ފަހު ވަގުތު މޮޅުވެ ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

04 ޖެނުއަރީ 2026
ފަހު ވަގުތު މޮޅުވެ ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
01 ޖެނުއަރީ 2026

ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

01 ޖެނުއަރީ 2026
ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ
29 ޑިސެމްބަރު 2025

ޕްރެޝަރެއް ނެތް، ގޮތް ނިންމަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

29 ޑިސެމްބަރު 2025
ޕްރެޝަރެއް ނެތް، ގޮތް ނިންމަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ
25 ޑިސެމްބަރު 2025

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

25 ޑިސެމްބަރު 2025
ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް
25 ޑިސެމްބަރު 2025

ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

25 ޑިސެމްބަރު 2025
ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން
22 ޑިސެމްބަރު 2025

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025
ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް