Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަޒީފާ ދިނުން

މަސައްކަތެއް ނެތި މުސާރަ ދިނުމަކީ ރިޝްވަތު ދިނުން، ރަނގަޅު ވެރިއަކު އެހެން ކަންތަކެއް ނުކުރާނެ: މޭޔަރު އާޒިމް

މޭޔަރު އާޒިމް ވިދާޅުވީ ވަޒީފާ އުފެދެން ޖެހޭނީ މަސައްކަތަކަށް ކަމަށާއި، މަސައްކަތެއް ނެތި މުސާރަ ދިނުމަކީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން ކަމަށް. މިއީ ޖީލެއް ހަލާކު ކުރުން ކަމަށާއި، މަސައްކަތެއް ދަސްނުވެ، މީހުން ބިނާ ނުކުރެވުމުން އެކަމުގެ ގެއްލުން މުޅި ގައުމަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2026 | އާދީއްތަ 08:14
އާދިއްތަ ދުވަހު ފަށާއިރު ޕްރޮގްރާމްގައި މާލޭސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ

އާދިއްތަ ދުވަހު ފަށާއިރު ޕްރޮގްރާމްގައި މާލޭސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

މަސައްކަތް ނުކުރުވައި މުސާރަ ދީގެން ނުވާނެ ކަމަށާއި، ނަމަވެސް މި ސަރުކާރުން މަސައްކަތެއް ނެތި ވަޒީފާތައް ދީ މުޅި ގައުމު ހަލާކު ކުރަމުންދާ ކަމަށް މާލޭސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މަސައްކަތް ނުކުރުވައި، މުސާރަ ދީގެން ނުވާނެ ކަމަށާއި، ނަމަވެސް މިހާރު ޓްރެންޑެއްގެ ގޮތުގައި މަސައްކަތް ނެތި ވެސް ވަޒީފާތައް ދެމުންދާ ކަމަށެވެ. 

އާޒިމް ވިދާޅުވީ ވަޒީފާ އުފެދެން ޖެހޭނީ މަސައްކަތަކަށް ކަމަށާއި، އެއީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.  ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒާއި، މިސަރުކާރުގެ ބޭފުޅުން މި މަސައްކަތްތައް އުފެއްދުމެއް ނެތި، ޖީލެއް ހަލާކު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މިބޭފުޅުންގެ ކަންނެތް ކަމާއި، ވިސްނުންތެރިކަން ނެތްކަމުގެ އެއް ހެކި ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. 

މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ މިކަމުގެ ސަބަބުން ގައުމު ހަލާކުވެ، ވީރާނާވަމުންދާ ކަމަށެވެ. 

މިގައުމު ހަލާކު ކުރަނީ މިމީހުން. އެއީ ވަޒީފާއެއް ނެތި މުސާރަ ދީފައި ގޭގައި ބޭއްވީމަ އެމީހާ އެއްވެސް މީހަކަށް ނުވެ ކުއްޖަކު ބޮޑު ވަމުން އަންނަނީ ދެން އޭނާއަށް ދަރިން ލިބިގެން ވާނެ ގޮތް ވިސްނާ. މިގައުމަށް ވާނެ ގޮތް ވިސްނާ. މަސައްކަތެއް ދަސްނުުވެ މީހުންތަކަކަށް މުސާރަދީގެން ކާންދީގެން ގޭގައި ބައިތިއްބާފައި މިތިބީ. އެތައްހާސް ބަޔަކު. އެއްވެސް ގައުމެއްގައި ގައުމަށް ހެޔޮ އެދޭ ވެރިއަކު ކުރާނެ ކަމެއް ނޫން ރިޝްވަތުގެ ފައިސާ ދީފައި ގޭގައި މީހުން ބޭއްތިއްބުމަކީ. ކުރާނެ ކަމެއް ނޫން. މީހަކަށް ފައިސާއެއް ލިބުން އަޅުގަނޑަށް މައްސަލައެއް ނެތް. އެހެން ނަމަވެސް އޭނާއަށް މަސައްކަތެއް ކުރުވާފައި ލާރި ދޭންވާނީ. އެހެންނޫނިއްޔާ އޭއީ ގައުމެއް ހަލާކު ކުރުން. ގައުމެއް ވީރާނާ ކުރުން
މާލޭސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް

މުސާރަ ދިން ނަމަވެސް ރިޝްވަތު ދޭން ނުޖެހޭނެކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ، މަސައްކަތެއް ނެތި ވަޒީފާދީ މުސާރަ ދިނުމަކީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން ކަމަށެވެ. މިކަމުގައި ބެލެނިވެރިން ވެސް ސަމާލުވާން ޖެހޭ ކަމަށާއި، ދަރިންނަށް ވަޒީފާ ލިބޭއިރު، މަސައްކަތެއް ދަސްނުވުމަކީ އެމީހާއަށް ވެސް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. 

މަސައްކަތްތަކަށް އައިސްފައިވާ ބަދަލަށް އިޝާރާތް ކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ ދަނޑުވެރިކަން މިހާރު އޮތީ ބިދޭސީންގެ އަތްމަތީގައި ކަމަށާއި، ދަނޑު ހައްދައި އެވިއްކަނީ ވެސް އެމީހުން ކަމަށެވެ. އަދި ކުރީގައި މަސްވެރިކަން ފުޅާ ދާއިރާގައި ކުރަމުން އައި ރަށްރަށުގައި ވެސް މަހަށް ދާނެ ޒުވާން ދިވެހީން ނުތިބޭ ކަމަށާއި، މިސިނާއަތް ވެސް އެމީހުންގެ އަތް ދަށަށް ގޮސްދާނެ ކަމުގެ  ބިރު މިއަދު އެބައޮތް ކަމަށެވެ. 

މޭޔަރު އާޒިމް ވިދާޅުވީ މީހުން ބިނާ ނުކުރެވުމުން އެކަމުގެ ގެއްލުން މުޅި ގައުމަށް ކުރާނެ ކަމަށެވެ. 

އާދަމް އާޒިމްރައީސް ޑރ. މުހައްމަދު މުއިއްޒުފަށާއިރު ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް

17 ޖެނުއަރީ 2026
މި އަހަރުގެ ސެޕްޓެމްބަރަށް ނިންމަން ބުނި ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓިފައި، ބިން އޮތީ ބިންގާ އަޅާއި ހަވާލުވެސް ކޮށްފައި!

މި އަހަރުގެ ސެޕްޓެމްބަރަށް ނިންމަން ބުނި ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓިފައި، ބިން އޮތީ ބިންގާ އަޅާއި ހަވާލުވެސް ކޮށްފައި!

17 ޖެނުއަރީ 2026
މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟

މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟

17 ޖެނުއަރީ 2026
ހައިމާކު ދަތްގަނޑު ދެ ފަހަރަކު ޖައްސާލި ގޮތަށް، ވެލިދޫ ބަނދަރު ގެ މަސައްކަތް ހުއްޓިފަ

ހައިމާކު ދަތްގަނޑު ދެ ފަހަރަކު ޖައްސާލި ގޮތަށް، ވެލިދޫ ބަނދަރު ގެ މަސައްކަތް ހުއްޓިފަ

17 ޖެނުއަރީ 2026
ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މަރުހަބާ އާޒިމް އަށް

ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މަރުހަބާ އާޒިމް އަށް

17 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު