Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭޔަރު އާޒިމް

ރައީސް މުއިއްޒަކީ ވާހަކައެއް ދައްކަވަންޏާ ދޮގު ހެއްދެވޭ ބޭފުޅެއް، ހުޅުމާލޭގެ މުނިިސިޕަލް ޚިދުމަތްތައް ކައުންސިލްއާ ހަވާލުނުކޮށް ވެސް ހައްދަވަނީ ދޮގު: މޭޔަރު އާޒިމް

މޭޔަރު އާޒިމް ވިދާޅުވީ ރައީސް މުއިއްޒު މާލެސިޓީގެ ހުރިހާ ކައުންސިލަރުން ބައްދަލު ކުރެއްވިއިރު، ހުޅުމާލޭގެ މަސައްކަތްތައް ހަވާލު ކޮށްދިނުމަށް އެދިފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި ވެސް ކައުންސިލުން އެދޭ ގޮތަށް އެމަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޖެނުއަރީ 2026 | އާދީއްތަ 09:04
އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ

އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ވާހަކައެއް ދައްކަވަންޏާ ދޮގު ހެއްދެވޭ ބޭފުޅެއް ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި މޭޔަރު އާޒިމް މިހެން ވިދާޅުވެފައިވަނީ، މާލެސިޓީގެ މޭޔަރު ކަމުގައި ހުންނަވައި މުއިއްޒު ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެންނެވެ. އެދުވަސްވަރު މޭޔަރު މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ މަސައްކަތެއް ކުރަން ޖެހޭނީ މާލެސިޓީ ކައުންސިލުން ކަމަށާއި، ކުންފުންޏަކުން އެމަސައްކަތް ކުރުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމުން، މިހާރު މާލެސިޓީ ކައުންސިލަށް ހުޅުމާލޭގެ މުނިސިޕަލްގެ ޚިދުމަތްތައް ދިނުމަށް ސަރުކާރުން ދަނީ ހުރަސް އަޅަމުންނެވެ. އެންމެފަހުން ހުޅުމާލޭގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލްގެ މަސައްކަތްތައް ކުރުމަށް މާލެސިޓީ ކައުންސިލުން ބޭނުންނުވާ ކަމަށާއި، ކައުންސިލުން އެކަމާ ދެކޮޅު ހަދާފައިވާ ކަަމަށެވެ. 

މިކަމަށް އިޝާރާތް ކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ، ރައީސް މުއިއްޒު ފާހަގަ ކުރެވިގެން ދަނީ ވާހަކައެއް ދައްކަވާ ކަމަށްވަންޏާ ދޮގު ހައްދަވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. ހުޅުމާލޭގެ މަސައްކަތްތައް ކުރުމަށް މާލެސިޓީ ކައުންސިލުން ދެކޮޅު ނުހަދާ ކަމަށާއި، އެއީ ކަނޑައެޅިގެން ރައީސް މުއިއްޒު ހެއްދެވި ބޮޑު ދޮގެއް ކަމަށެވެ. 

މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ ރައީސް މުއިއްޒު މާލެސިޓީގެ ހުރިހާ ކައުންސިލަރުންނާ ބައްދަލު ކުރެއްވިއިރު، ހުޅުމާލޭގެ މަސައްކަތްތައް ހަވާލު ކޮށްދިނުމަށް އެދިފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި ވެސް ކައުންސިލުން އެދޭ ގޮތަށް އެމަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ކަމަށެވެ. 

އެއީ އަޅުގަނޑުމެން ހުންނާނެ ސިޓީ ފޮނުވާފައި ހަވާލު ނުކޮށްގެން. އަޅުގަނޑު ވަކިން ބައްދަލު ކުރަން އެދެފިން ކިތަންމެ ފަހަރަކު. އެކަމަކު ބައްދަލުވުމެއް ނުދެއްވާ. އެހެނެސް އަޅުގަނޑުމެން ކައުންސިލްއާ ރައީސް މުއިއްޒު ބައްދަލު ކުރެއްވި. ކައުންސިލްގެ ހުރިހާ މެންބަރުންނާއެކު. ބައްދަލުކުރި ދުވަހު ވެސް އަޅުގަނޑު އިންނާނެ ދަންނަވާފައި ހަވާލު ކޮށްދޭށާ، ހަވާލު ކޮށްދެއްވި ގޮތާއި އަޅުގަނޑުމެން ބޭނުންވާ ގޮތާއި ވިދާޅުވި ތިޔަ ވިދާޅުވި ގޮތަށް ކޮށްދެއްވާނަމޭ. އެވަޑައިގެންނެވި ގޮތަށް ގެއްލުނީ އަނެއްކާ ވެސް. ދެން ގެއްލި އަނެއްކާ ވެސް މި ފެނުނީ  އެވާހަކަ ދައްކަވަނިކޮށް ހުޅުމާލޭގައި. ހުޅުމާލޭގައި އެއަށްބޮޑު އާބާދީއަށް މާލެސިޓީގެ ބައެއް އެއީ ވެސް. ބޮޑު ސިންގާހާ ދޮގެއް ހަދާލީ އަނެއްކާ ވެސް. އަޅުގަނޑުވެސް ދިޔައީ ސިއްސައިގެން އެނގޭތޯ. އެކަހަލަ ކަންތައް ކުރާކަށް ނުވާނެ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް 

މޭޔަރު އާޒިމް ވިދާޅުވީ ހުޅުމާލޭގެ މަސައްކަތްތައް ކުރުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށާއި، މޭޔަރު ކަމަށް އޭނާ އިންތިޚާބު ވުމުގެ ކުރީން އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށެވެ. ނަމަވެސް މޭޔަރުކަމުގެ މަގާމާ ހަވާލުވެ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ މަސައްކަތް ހުއްޓުވާފައިވާ ކަަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. 

މީގެ އިތުރުން މޭޔަރު އާޒިމް  ވިދާޅުވީ މިހާރު ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތްތަކެއް ދެމުން ދަނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ން ކަމަށާއި، ނަމަވެސް އެމަސައްކަތް ކައުންސިލްއާ ހަވާލު ކޮށްފިނަމަ މާ ރަނގަޅަށް ޚިދުމަތްތައް ގާއިމް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް ހަވާލުކުރި ހުރިހާ މަސައްކަތެއް ވަރަށް ރަނގަޅަށް ކޮށްފައިވާ ކަމަށާއި، އެކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުއާދަމް އާޒިމްމާލޭ ސިޓީ ކައުންސިލްހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2026

މަސައްކަތެއް ނެތި މުސާރަ ދިނުމަކީ ރިޝްވަތު ދިނުން، ރަނގަޅު ވެރިއަކު އެހެން ކަންތަކެއް ނުކުރާނެ: މޭޔަރު އާޒިމް

18 ޖެނުއަރީ 2026
މަސައްކަތެއް ނެތި މުސާރަ ދިނުމަކީ ރިޝްވަތު ދިނުން، ރަނގަޅު ވެރިއަކު އެހެން ކަންތަކެއް ނުކުރާނެ: މޭޔަރު އާޒިމް
17 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް

17 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ކައުންސިލް އިންތިޚާބާ ދިމާކޮށް ހީލަތްތެރި ރޭވުންތަކެއް ރާވަމުން: ފަލާހް
17 ޖެނުއަރީ 2026

މި އަހަރުގެ ސެޕްޓެމްބަރަށް ނިންމަން ބުނި ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓިފައި، ބިން އޮތީ ބިންގާ އަޅާއި ހަވާލުވެސް ކޮށްފައި!

17 ޖެނުއަރީ 2026
މި އަހަރުގެ ސެޕްޓެމްބަރަށް ނިންމަން ބުނި ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓިފައި، ބިން އޮތީ ބިންގާ އަޅާއި ހަވާލުވެސް ކޮށްފައި!
17 ޖެނުއަރީ 2026

މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟

17 ޖެނުއަރީ 2026
މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟
17 ޖެނުއަރީ 2026

ހައިމާކު ދަތްގަނޑު ދެ ފަހަރަކު ޖައްސާލި ގޮތަށް، ވެލިދޫ ބަނދަރު ގެ މަސައްކަތް ހުއްޓިފަ

17 ޖެނުއަރީ 2026
ހައިމާކު ދަތްގަނޑު ދެ ފަހަރަކު ޖައްސާލި ގޮތަށް، ވެލިދޫ ބަނދަރު ގެ މަސައްކަތް ހުއްޓިފަ
17 ޖެނުއަރީ 2026

ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މަރުހަބާ އާޒިމް އަށް

17 ޖެނުއަރީ 2026
ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މަރުހަބާ އާޒިމް އަށް
17 ޖެނުއަރީ 2026

އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން

17 ޖެނުއަރީ 2026
އާދަމް އާޒިމް އެމްޑީޕީ މެންބަރުންނަށް: ހިތްވަރު ލިބެނީ ޕާޓީ އިން ދޭ ލޯތްބާއި ގަދަރުގެ ސަބަބުން، އެމްޑީޕީ ކުރިއަށް ގެންދިއުމުގަ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެން
16 ޖެނުއަރީ 2026

އައިއްކޮ އާއި ވާދަކޮށް، މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހައްޖަ ކަމިޔާބު ކޮށްފި

16 ޖެނުއަރީ 2026
އައިއްކޮ އާއި ވާދަކޮށް، މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހައްޖަ ކަމިޔާބު ކޮށްފި
16 ޖެނުއަރީ 2026

އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ

16 ޖެނުއަރީ 2026
އަލީ އާޒިމް ފޯނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ
16 ޖެނުއަރީ 2026

މާލޭގެ މޭޔަރުގެ ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި

16 ޖެނުއަރީ 2026
މާލޭގެ މޭޔަރުގެ ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު