Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ. ދުވާފަރު

ހާލު ކިހިނެއް: މި ސަރުކާރުން ދުވާފަރުގައި 16 ޕްރޮޖެކްޓެއްގެ ބިންގާ އެޅީ ރައްޔިތުން ގުނބޯ ހައްދަން

ދުވާފަރު ރައްޔިތުން ބުނީ ރައީސް މުއިއްޒުގެ ސަރުކާރުން އެރަށުގައި ބިންގާ އެޅި 16 މަޝްރޫއުގެ މަސައްކަތް ކުރިޔަށް ނުދާ ކަމަށް. އެއީ ލޯކަލް ކައުންސިލް އިންތިހާބަށް ރައްޔިތުން ގުނބޯ ހައްދަން ކުރި ކަމެއް ކަމަށް އެ ރަށު ރައްޔިތުން ތުހުމަތު ކުރޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 14:53
ރ. ދުވާފަރު ގެ ރައްޔިތުން ރާއްޖެ ޓީވީ ގެ ހާލު ކިހިނެއް ޕްރޮގްރާމްއަށް އިންޓަވިއު ދެނީ

ރ. ދުވާފަރު ގެ ރައްޔިތުން ރާއްޖެ ޓީވީ ގެ ހާލު ކިހިނެއް ޕްރޮގްރާމްއަށް އިންޓަވިއު ދެނީ | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދުވާފަރުގައި ބިންގާ އެޅި 16 މަޝްރޫއުގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާ ކަމަށާއި، އެއީ ރައްޔިތުން ގުނބޯ ހައްދަން ވެގެން ކުރި ކަމެއްގެ ގޮތުގައި ރާއްޖެ ޓީވީ އިން ގެނެސްދޭ ހާލު ކިހިނެއް ޕްރޮގްރާމްގައި އެރަށުގެ ގިނަ ރައްޔިތުން ސިފަ ކޮށްފި އެވެ.

ރާއްޖެޓީވީ ގެ "ހާލު ކިހިނެއް؟" ޕްރޮގްރާމްގައި ރ. ދުވާރުން ވާހަކަ ދެއްކި ގިނަ މީހުންގެ ޝަކުވާ އަކީ އެ ރަށުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން އެކަށިގެންވާ ގޮތަކަށް ކުރިޔަށް ނުދާ އިރު، މި ވެރިކަމުގައި ރައްޔިތުންގެ އާއްމު ހާލަތުވެސް އެތަށް ގޮތަކުން ދަށްވެފައިވާ ކަމުގެ ޝަކުވާ އެވެ. 

Advertisement - newsAdvertisement

ރާއްޖެ ޓީވީ އަށް މައުލޫމާތު ދެމުން އެ ރަށު އަލީ ނަމަކަށް ކިޔާ މީހަކު ބުނީ ދުވާފަރު ގެ ކަންކަން ރަނގަޅު ނޫންކަމަށާއި 16 ޕްރޮޖެކްޓޭ ކިޔައިގެން ރައްޔިތޔުން ގުނބޯ ހެއްދުން ނޫން ކަމެއް މިސަރުކާރުން ނުކުރާ ކަމަށެވެ. މީގެ އިތުރުން ކަރަންޓް ބިލުތައް ވެސް މިހާރު އަންނަނީ އަތް ނުފޯރާ ފަށުގަ ކަމަށާއި، ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ރޯދަ މަހަށް ކަރަންތް ބިލު ކުޑަ ކޮށްފިއްޔާ ޖެހިގެން އަންނަ މަހުގެ ކަރަންޓް ބިލު އެތައް ގުނައެއް ބޮޑުވާނެ ކަމަށް އޭނާ ބުންޏެވެ. 

ބިންގާ އަޅައިފި އެކު އަމަލީ މަސައްކަތެއް އަދި ނުފެނޭ. އެއް ޕްރޮޖެކްޓް ގެ މަސައްކަތް ފެށުނު. ޕޮލިސް ސްޓޭޝަން ގެ. އެކަމު އެމަސައްކަތް ވެސް މިހާރު ހުއްޓިފަ ވަނީ. 16 ޕްރޮޖެކްޓޭ ކިޔައިގެން ރައްޔިތުން ހުނބޯ ހައްދަނީ. ހަމަ ދޮގު ރައީސް އޭ އަހަންނަށް ބުނެވޭނީ. އެއީ ދޮގު އެވަރަށް ހަދާތީ. މި ދިޔަ 2 އަހަރުގަ އަދި ނެތް ދުވާފަރުގަ ރައީސް މުއިއްޒު ހިންގި ޕްރޮޖެކްޓެއް. ކިރިޔާ ވެސް ކުރިޔަށް ދަނީ އެމްޑީޕީ އިން ފަށާފަ ހުރި މަސައްކަތެއް. ކާބޯތަކެތީގެ އަގު ވެސް ވަނީ ބޮޑު. މުސާރަ ބޮޑު ކުރީމޭ ކިޔާފަ ވެސް ރައްޔިތުންނަށް އޮޅުވާލީ ބޮޑު އޮޅުވާލުމެއް. ކަރަންޓް ބިލު ވެސް ރޯދަ މަހު ކުޑަ ކޮށްފިއްޔާ ޖެހިގެން އަންނަ މަހު 10 ގުނަ އަށް ބޮޑުކުރާނެ. މިހާރު ވެރިޔަކަށް މި ހުރި ރައީސް މުއިއްޒު އަކީ މުޅިން ދޮގު ހަދާ ވެރި އެއް.
ދުވާފަރުން ވާހަކަ ދެއްކި އަލީ

ދުވާފަރުން ވާހަކަ ދެއްކި އުމުރުން ދުވަސްވީ އަންހެނަކު ބުނީ މި ސަރުކާރުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް ހާލުގަ ޖެހިފަ ވާކަމަށާއި ކުރިން ފަސޭހަކޮށް ލިބުނު ބޭސް ވެސް މިހާރު ނުލިބޭ ކަމަށެވެ. އަދި ކަރަންޓް ބިލު ތައް ވެސް މިހާރު އާދަޔާ ހިލާފަށް ބޮޑު ކަމަށް އޭނާ ފާހަގަ ކުރި އެވެ.  ރަށުގެ ސިވިލް ސާވިސް ވަޒީފާ ތައްވެސް ބަހާލަނީ ޕީއެންސީ ގެ އެކްޓިވިސްޓުންނަށް ކަމަށާއި، އިއުލާން ކުރާ އިރުވެސް އޮންނަނީ ނަގާނެ މީހެން ކަނޑައަޅާފަ ކަމަށް ދުވާފަރުން ވާހަކަ ދެއްކި ޒުވާނަކު ރާއްޖެ ޓީވީ ގެ ހާލު ކިހިނެއް ޕްރޮގްރާމްގައި ވަނީ ބުނެފަ އެވެ. 

ދުވާފަރުން ވާހަކަ ދެއްކި ހުސެން ނަމަކަށް ކިޔާ މީހަކު ބުނީ ހަގީގީ މާނައިގައި ތަރައްގީ އަކީ ވަގުތީ ކަމެއް ނޫން ކަމަށާއި، ނަމަވެސް މިސަރުކާރުން ކަން ކުރާގޮތުން ސިފަވަނީ އެގޮތަށް ކަމަށެވެ. ރަށުގަ ބިންގާ އަޅާފައިވާ ޕްރޮޖެކްޓް ތަކަކީ ކޮންމެހެން ސަރުކާރަކުން ރައްޔިތަކަށް އިހުލާސްތެރިކަމެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގަ އެއީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން ހަމަ އެކަނި އަޅާލި ބިންގާ ތަކެއް ކަމަށް އޭނާ ވަނީ ތުހުމަތު ކޮށްފަ އެވެ. 

ހަގީގީ މާނައިގައި ތަރައްގީ އަކީ ވަގުތީ ކަމެއް ނޫން. އޭގަ ޖެހޭނެ ހަގީގީ ކުލަ ޖެހެން. އެހެން ނަމަވެސް މިހާރު މިވާގޮތުން ވަރަށް ވަގުތީ ކަމެއްގެ ގޮތުގަ އަޅުގަނޑުމެންނަށް ސިފަ ވަނީ. 17 ޕްރޮޖެކްތް އެއްފަހަރާ ގެނެސްގެން މިއީ އިންސާނެއްގެ ސިކުނޑިއަސް ގަބޫލު ކުރެވޭ ވަރުގެ ކަންކަމެއް ނޫންދޯ. މި ކަންކަމަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހަބުގައި ކޮންމެވެސް ކަހަލަ ނާޖާއިޒް ފައިދާ އެއް ނެގުމަށް ކުރާ ކަމެއް ކަމަށް ބެލެވެނީ. އިންސާނެއްގެ ހަމަ ބުއްދި އަށް ގަބޫލު ކުރެވޭ ކަހަލަ ގޮތަކަށް ނޫން މި ކަންކަން އައިސް ތަރުތީބު ވެގެން ގޮސްފަ މިވަނީ ކީ. ދުވާފަރުން މިހާރު ފެންނަ ތަރައްގީ އަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގެނެސްދިން ތަރައްގީ. އެހެންވީމަ މިއަދު ރައީސް މުއިއްޒު ދަމާހާ ގުއި ރޯނެއްގަ ދުވާފަރު ރައްޔިތުންނެއް ނުޖެހޭނެ. ރައްޔިތުން މިހާރު މާބޮޑަށް ހޭލުންތެރި، ރައްޔިތުންނަށް މިހާރު އެނގޭ ތަރައްގީ ގެ މަޝްރޫއުތަށް ކުރިޔަށް ދަނީ ކޮން ގޮތަކަށް ކަންކަން ރޭވިގެން ކަން. ބޮޑެތި މަގުތަކުގަ ތާރު އެޅުން، 3 ދަނޑު ޓާފް އަޅާފަ، ފުޓްސަލް ދެ ދަނޑު އަދި ބޮޑު އެއް ދަނޑު. މަސައްކަތްތައް ރަނގަޅަށް ކުރިޔަށް ދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް. ކަންކަން ބަދަލުކުރަން ރައްޔިތުންނަށް ލިބޭ ބާރަކީ ކަރުދާސްކޮޅުގަ ޖަހާ ފާހަގަ. ކުރިޔަށް އޮތް ލޯކަލް ކައުލްސިލް އިންތިހާބު ގައި ވެސް ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަންވީ.  
ދުވާފަރުން ވާހަކަ ދެއްކި އަލީ ހުސެން

ރ. ދުވާފަރުން ވާހަކަ ދެއްކި ކޮންމެ މީހެއްގެ މޫނުން ވެސް ފެނުނީ މާޔޫސް ކަމެވެ. ޒަރޫރީ ބޭނުންތަކަށް ވެސް އާދޭސް ކުރަން ޖެހިފައިވާއިރު ރަށުގެ ތަރައްގީ އަށް ވެސް ރައީސް މުއިއްޒުގެ މި ސަރުކާރަށް ކޮށްދެވުނު ކަމެއް ނުފެންނާތީ އެ ރަށުގެ ގިނަ ބަޔަކު ތިބީ މި ސަރުކާރާ މެދު މުޅިން އުއްމީދު ކަނޑާލައިގެންނެވެ.

ދުވާފަރުގެ ރައްޔިތުން ބުނާ ގޮތުގައި ރަށުގެ ހާލަތު މިހާ ދަށްވެގެން ދިޔައިރު މިކަމަށް މި ސަރުކާރުން އެދެވޭ އެއްވެސް ޖަވާބެއް ވެސް ދީފައެއް ނުވެ އެވެ. އަދި ދުވާފަރުން މިހާރު ފެންނަ ތަރައްގީ އަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ގެނެސްދީފައިވާ ތަރައްގީ ކަން އެރަށު ރައްޔިތުން ވަނީ ފާހަގަ ކޮށްފައެވެ. 

ދުވާފަރުރާއްޖެ ޓީވީހާލު ކިހިނެއް ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު

ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު

18 ޖެނުއަރީ 2026
ޕްރައިމަރީ އިން ފެނުނީ އުފާވެރި މަންޒަރެއް، މިއީ އެމްޑީޕީ އިން ދެއްކި ނަމޫނާ އެއް: ނަޝީދު

ޕްރައިމަރީ އިން ފެނުނީ އުފާވެރި މަންޒަރެއް، މިއީ އެމްޑީޕީ އިން ދެއްކި ނަމޫނާ އެއް: ނަޝީދު

16 ޖެނުއަރީ 2026
ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

ދުވާފަރު ގައި ހުރި އެމްއައިބީގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ކުއްޖާގެ އާއިލާގެ މީހަކަށް ގުޅާފައި ރިބާގެ އާޔަތެއް ނުކިޔުމަށް ރައީސް އޮފީހުން އެދުނު

15 ޖެނުއަރީ 2026
އާސަންދަ އަށް ސަލާން ޖަހަން ދާންޖެހުނީ ރައީސް ގާތަށް: 3 ދުވަހުން ދެއްވާނެ ކަމަށް ބުނި ޖަވާބު އަހަރު ނިމުނު އިރުވެސް ނުދެއްވި!

އާސަންދަ އަށް ސަލާން ޖަހަން ދާންޖެހުނީ ރައީސް ގާތަށް: 3 ދުވަހުން ދެއްވާނެ ކަމަށް ބުނި ޖަވާބު އަހަރު ނިމުނު އިރުވެސް ނުދެއްވި!

10 ޖެނުއަރީ 2026
ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"

ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"

06 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު