Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހާލު ކިހިނެއް

ވެރިކަމުގައި މުއިއްޒު ހުރެގެން ރަނގަޅެއް ނުވާނެ، ކަކުލުގައި ރިއްސާތީ ދިން ބޭސް ވެސް ޖެހުނީ 1500 ރުފިޔާ އަށް ގަންނަން: އާއްމު މީހެއް

2 ޖެނުއަރީ 2026 | ހުކުރު 14:46

އާސިމާ ބުނީ ފެނާއި ނަރުދަމާ ނިޒާމުގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދިޔަ ކަމަށް. އޭނާ ބުނީ ފޯކައިދޫގެ ފަޅު ފުރިހަމަކޮށްދިނުމަކީ ނިމިދިޔަ ސަރުކާރުން ކޮށްދިން ވަރަށް ރަނގަޅު ކަމެއް ކަމަށާއި ވޭތުވެދިޔަ ސަރުކާރަކީ ރަނުގެ ފަސް އަހަރު ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ޖެނުއަރީ 2026 | ހުކުރު 14:46
ހާލު ކިހިނެއް ށ.ފޯކައިދޫ ޕްރޮގްރާމްގެ ތެރެއިން

ހާލު ކިހިނެއް ށ.ފޯކައިދޫ ޕްރޮގްރާމްގެ ތެރެއިން

ވެރިކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ހުރެގެން ކަންކަން ރަނގަޅު ނުވާނެ ކަމަށާއި، ކަކުލުގައި ރިއްސާތީ ދިން ބޭސް ވެސް ޖެހުނީ 1500 ރުފިޔާ އަށް ގަންނަން ކަމަށް އާއްމު މީހަކު ބުނެފި އެވެ.

ރާއްޖެޓީވީ އިން ގެނެސްދޭ ހާލު ކިހިނެއް ޕްރޮގްރާމްގައި، ށ.ފޯކައިދޫ އިން ވާހަކަދެއްކި އާސިމާ ބުނީ މި ވެރިކަމުގައި ބޭސް ނުލިބުމުގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެފައި ވާ ކަމަށެވެ. 

Advertisement - newsAdvertisement

ކަކުލުގައި ރިއްސާތީ އޭނާ ގެ ފިރިމީހާ ޑޮކްޓަރަށް ދެއްކުމުން ދިން ބޭސް ނުލިބިގެން މުޅި މާލޭގައި ހިނގަން ޖެހުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެންމެ ފަހުން 1500 ރުފިޔާ އަށް ބޭސް ގަންނަން ޖެހުނު އިރު އެއީ އާއްމު މީހަކަށް ކުރެވޭ ވަރަށް ވުރެ ބޮޑު ޚަރަދެއްކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

"އަނެއްކާ ފަހުން އަޅުގަޑު ހަށިގަނޑުގައި ރިއްސާތީ ދިން ބޭސް ނުލިބިގެން އެ ވަރަށް ތެޅެން ޖެހުނު.  ތިނަދޫ އަކުން ނުލިބޭ، ކުޅުދުއްފުށްޓަކުންނެއް ނުލިބޭ. ދެން ދާން ޖެހޭނީ މާލެ އަށް. މާލޭގައި ވެސް މުޅި ދުވަހު ދުވެގެން ކަންނޭނގެ ލިބޭނީ. ލިބޭ އެއްޗެއްގެ ވާހަކަ ބުނަން ވާނެ. ރަށުން ގޭސް ބޭސް ލިބޭ. އެއީ ލިބޭ އެއްޗެއް." އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ވަނީ ނިމިދިޔަ ސަރުކާރާއި މި ސަރުކާރާއި އަޅާ ކިޔާ ނަމަ މިދިޔަ ސަރުކާރަކީ ރަނުގެ ފަސް އަހަރު ކަމަށް ސިފަކޮށްފަ އެވެ.

އާސިމާ ބުނީ ފެނާއި ނަރުދަމާ ނިޒާމުގެ ސަބަބުން ވަރަށް ބޮޑަށް އާއްމުންނަށް ފަސޭހަ ވެގެން ދިޔަ ކަމަށެވެ. ނިމިދިޔަ ސަރުކާރުން ކޮށްދިން މުހިންމު އެހެން ކަންކަން ފާހަގަކޮށް، އޭނާ ބުނީ އެ ރަށުގެ ފަޅު ފުރިހަމަ ކޮށްދިނުމަކީ ނިމިދިޔަ ސަރުކާރުން ކޮށްދިން ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

"ރައީސް މުއިއްޒު ރަށަށް އަރާ ވިދާޅުވި. ކުރީ ސަރުކާރުން އިހުމާލު ވެފައިވާ ކަމަށް. ބަނދަރު މައްޗަށް އެރީމަ ބަލާލި ކޮންމެ ތަނަކުން ފެންނަނީ ކޮށްދީފަ ހުރި ކަންކަން." އޭނާ ބުންޏެވެ.

އާސިމާ އިތުރަށް ބުނީ މި ސަރުކާރަށް ކޮށްދެވުނު އެއް ކަމަކީ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ. އެއީ ވެސް ނިމިދިޔަ ސަރުކާރުން އިދާރީ ކަންކަން ފުރިހަމަކޮށްފައިވާ ކަމެއް ކަމަށް ބުނާތީ އަޑު އިވުނު ކަމަށް އާސިމާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެތައް ބަޔަކު ތަރާވީހަށް ދާ މިސްކިތެއް ރޯދަ މަސް ކައިރިވެފައި ވަނިކޮށް މި ސަރުކާރުން ތަޅާލާފައިވާ ކަން އޭނާ ފާހަގަކުރި އެވެ. އެތަން ވެސް ރޯދަ މަހަށް ނިމިދާނެ ކަަަމަށް ޤަބޫލު ނުކުރެވޭ ކަަމަށް އޭނާ ވަނީ ބުނެފަ އެވެ.

މުއިއްޒު ސަރުކާރުށ.ފޯކައިދޫހާލު ކިހިނެއް ޕްރޮގްރާމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

12 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގާނެ ކަމަށް ބުނި ފޯކައިދޫ ގައި 2 އަހަރު ވީއިރު މި ސަރުކާރަށް ބައިންދާލެވުނީ އޭޓީއެމް އެއް އެކަނި!

19 ޑިސެމްބަރު 2025
12 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގާނެ ކަމަށް ބުނި ފޯކައިދޫ ގައި  2 އަހަރު ވީއިރު މި ސަރުކާރަށް ބައިންދާލެވުނީ އޭޓީއެމް އެއް އެކަނި!
24 ނޮވެމްބަރު 2025

ސަރުކާރުގެ "ހާލު ކިހިނެއް" ޕްރޮގްރާމް: އެހީ ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބުނެ މިނިސްޓަރު ހެއްދެވީ ދޮގެއް!

24 ނޮވެމްބަރު 2025
ސަރުކާރުގެ "ހާލު ކިހިނެއް" ޕްރޮގްރާމް: އެހީ ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބުނެ މިނިސްޓަރު ހެއްދެވީ ދޮގެއް!
28 އޮކްޓޯބަރު 2025

"ހާލު ކިހިނެއް؟" ޕްރޮގްރާމް އިން މިހާތަނަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަދަދު ހާމައެއް ނުކުރި

28 އޮކްޓޯބަރު 2025
 "ހާލު ކިހިނެއް؟" ޕްރޮގްރާމް އިން މިހާތަނަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަދަދު ހާމައެއް ނުކުރި
28 ޖުލައި 2022

ށ.އަތޮޅުގެ އެއްވަނަ ފޯކައިދޫއަށް

28 ޖުލައި 2022
ށ.އަތޮޅުގެ އެއްވަނަ ފޯކައިދޫއަށް
24 ޖުލައި 2022

ފޯކައިދޫއާއި ފުނަދޫ އެއްވަނަ ޑިވިޝަނަށް

24 ޖުލައި 2022
ފޯކައިދޫއާއި ފުނަދޫ އެއްވަނަ ޑިވިޝަނަށް
04 ފެބުރުއަރީ 2022

އީސީގެ އޮފިޝަލުން ތިބީ ހުރިހާ ފަރާތްތަކުން އެއްބަސްވި ތަނެއްގައި: ފުއާދު

04 ފެބުރުއަރީ 2022
އީސީގެ އޮފިޝަލުން ތިބީ ހުރިހާ ފަރާތްތަކުން އެއްބަސްވި ތަނެއްގައި: ފުއާދު
04 ފެބުރުއަރީ 2022

އީސީގެ މެމްބަރުންނާއި އެމްޑީޕީ މެމްބަރުން ބައްދަލުނުކުރޭ

04 ފެބުރުއަރީ 2022
އީސީގެ މެމްބަރުންނާއި އެމްޑީޕީ މެމްބަރުން ބައްދަލުނުކުރޭ
04 ފެބުރުއަރީ 2022

ކަރަންޓަށް ޖެހުމުގެ މައްސަލަ މިއަހަރުގެ ތެރޭގައި ހައްލުވާނެ: ރައީސް

04 ފެބުރުއަރީ 2022
ކަރަންޓަށް ޖެހުމުގެ މައްސަލަ މިއަހަރުގެ ތެރޭގައި ހައްލުވާނެ: ރައީސް
03 ފެބުރުއަރީ 2022

ފޯކައިދޫގެ އައު އިންޖީނުގެ އާއި އޮފީސް ރައީސް ހުޅުވައިދެއްވައިފި

03 ފެބުރުއަރީ 2022
ފޯކައިދޫގެ އައު އިންޖީނުގެ އާއި އޮފީސް ރައީސް ހުޅުވައިދެއްވައިފި
30 ޖެނުއަރީ 2022

ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ހަލުވިކަމާއިއެކު ކުރިއަށް ދަނީ

30 ޖެނުއަރީ 2022
ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ހަލުވިކަމާއިއެކު ކުރިއަށް ދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް