Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހާލު ކިހިނެއް

އާސަންދަ އަށް ސަލާން ޖަހަން ދާންޖެހުނީ ރައީސް ގާތަށް: 3 ދުވަހުން ދެއްވާނެ ކަމަށް ބުނި ޖަވާބު އަހަރު ނިމުނު އިރުވެސް ނުދެއްވި!

ނޮޅިވަރަމުން ވާހަކަ ދެއްކި ކޮންމެ މީހެއްގެ މޫނުން ވެސް ފެނުނީ މާޔޫސް ކަމާ ވަރުބަލިކަން. ޒަރޫރީ ބޭނުންތަކަށް ވެސް އާދޭސް ކުރަން ޖެހިފައިވާއިރު ރަށުގެ ތަރައްގީ އަށް ވެސް ރައީސް މުއިއްޒުގެ މި ސަރުކާރަށް ކޮށްދެވުނު ކަމެއް ނުފެންނާތީ އެ ރަށުގެ ގިނަ ބަޔަކު ތިބީ މި ސަރުކާރާ މެދު މުޅިން އުއްމީދު ކަނޑާލައިގެން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 11:17
ހދ.ނޮޅިވަރަމްގެ ރައްޔިތުން ހާލު ކިހިނެއް ޕްރޮގްރާމްއަށް އިންޓަވިއު ދެނީ

ހދ.ނޮޅިވަރަމްގެ ރައްޔިތުން ހާލު ކިހިނެއް ޕްރޮގްރާމްއަށް އިންޓަވިއު ދެނީ | ރާއްޖެ އެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު މިއަދު ރާއްޖޭގެ ރައްޔިތުން ނުކުރާ ޝަކުވާ އެއް ނެތެވެ. އެންމެ ބޮޑަށް ކުރަމުންދާ އެއް ޝަކުވާ އަކީ މީގެ ކުރިން އާސަންދައިން ފަސޭހަކަމާއެކު ލިބުނު ބޭސް މިއަދު ނުލިބޭ ކަމުގެ ޝަކުވާ އެވެ.

އެގޮތުން ބޭސްކޮޅު ހޯދުމަށް ތަކުލީފު އުފުލަން ޖެހޭ ވާހަކަ އާއި، ދިރިހުރުމަށްޓަކައި އަގު ބޮޑުކޮށް ބޭސް ގަންނަން މިއަދު މަޖުބޫރުވެފައިވާ ކަމަށް ހދ.ނޮޅިވަރަމްގެ ރައްޔިތުން ވެސް ބުނެ އެވެ. އަދި ރައީސް މުއިއްޒާއެކު ގައުމުގެ ހާލަތު ރަނގަޅުވާނެ ކަމަށް އެމީހުން އުއްމީދެއް ނުކުރެ އެވެ. ހާލަތު ރަނގަޅު ކުރާނަމަ މިހާރުން މިހާރަށް ވެރިމީހާ ބަދަލު ކުރަން ޖެހޭ ކަމަށް އެމީހުން ބުނެ އެވެ. 

ރާއްޖެޓީވީ ގެ "ހާލު ކިހިނެއް؟" ޕްރޮގްރާމްގައި ނޮޅިވަރަމް އިން ވާހަކަ ދެއްކި ޝިރުމީނާ ނަމަކަށް ކިޔާ އަންހެނެއް ބުނީ ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ކޮށްފައިވާ ކަމަށާއި، މިހާރު ލޭ ދިޔާ ކުރަން ކާން ޖެހޭ ބޭސް ރާއްޖެއިން ނުލިބޭ ކަމަށެވެ. ބައެއް ބޭސްތައް އެސްޓީއޯއިން ބައެއް ފަހަރަށް ލިބުނު ނަމަވެސް ގިނަ ފަހަރު ނުލިބޭތީ ވަރަށް ހާލުގައި ބޭސް ހޯދަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. 

މާލޭގެ އެކިއެކި ހޮސްޕިޓަލްތަކުންނާއި، ކްލިނިކުތަކުން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށްފަހު މިހާރު ވަނީ އިންޑިއާ އިން ވެސް ފަރުވާ ހޯދާފަ އެވެ. މާލޭގެ އެކިއެކި ހޮސްޕިޓަލްތަކާއި ކްލިނިކުތަކުން ބައްޔާ ގުޅޭގޮތުން އެކި ފަހަރަށް އެކި ގޮތަށް މައުލޫމާތު ދީފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ޝިރުމީނާ ފާޅުކުރި އެވެ.

އަޅުގަނޑު ސީދާ މާލޭގައި މުއިއްޒުއާ ބައްދަލުކުރިން. ބައްދަލުކޮށްފައި އޭރު އަޅުގަނޑު ލިވަރ ދުޅަވަގެން މެޑިކާއަށާއި، އައިޖީއެމްއެޗަށް ދައްކާފައި ބުނީ ލިވަރ ދުޅަވަނީއޭ. އެކަމަކު އާސަންދަ ހަމައެއް ނުޖެހުނު. ދެން އަނެއްތަނުން ސްކޭނެއް ކޮށްލާއިރު، ލިވަރ ކައިރިން ދުޅަވަނީއޭ. ދެން އަޅުގަނޑަށް ކުރާނެ އެއްވެސް ގޮތެއް ނޭނގިގެން. ކޮޅަށް ވެސް ނުހުރެވޭ.  
 ނޮޅިވަރަމް އިން ވާހަކަ ދެއްކި ޝިރުމީނާ

ސިއްހީ ޚިދުމަތާ މެދު ވަރަށް ބޮޑަށް ސުވާލު އުފައްދާފައިވާއިރު، ބޭސް ފަރުވާގެ ކަންކަމުގައި މިހައި އުދަނގޫ ހާލަތެއް ކުރިމަތިނުވާ ކަމަށާއި، ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދަ ވެސް ހަމަ ޖައްސައިނުދިން ކަމަށް ޝިރުމީނާ އަސަރާއެކު ކިޔައިދެނެވެ. 

ދެން މުއިއްޒު އާ ބައްދަލުކުރިން. އަޅުގަނޑު މުއިއްޒާ ސަލާން ވެސް ކުރިން. މުއިއްޒު އަތަށް ދަމާވެސް ލި. އެއީ ސަލާން ކޮށްފައި ހިފަހައްޓައިގެން ހުރީމަ ދޯ. އެކަމަކު އަޅުގަނޑު ލަދެއް ނުގަނޭ އެގަޑިއަކު. އަޅުގަނޑު ބުނިން މިހެންމިހެން ވެގެންނޭ މިއުޅެނީ. ދެން ވަރަށް ހާލަތު ގޯހޭ. މިއުޅެނީ ކޮޅަށް ވެސް ނުހުރެވިގެންނޭ. އަޅުގަނޑަށް އެހީތެރިކަމެއް ދެއްވާށޭ. ބުނީމަ ބުނީ ދޭނަމޭ. ހަމަ މޭގައި އަތް ޖަހާލާފައި ބުނީ އަޅުގަނޑު ތިކަމާ އެއްބާރުލުން ދޭނަމޭ. ތިކަންތައް ވާނޭ. އާސަންދަ ވެސް ހަމަ ޖެހޭނެއޭ. ތިން ދުވަސް ތެރޭގައި ޖަވާބެއް ދޭނަމޭ. ދަރިފުޅާއޭ ކިޔާފައި ކޮނޑުގައި އަތް ޖަހާލާފައި ބުނީ ހާސް ނުވާށޭ. ބޭރަށް ދާން ރެޑީވެގެން ހުންނާށޭ.  އަޅުގަނޑު އެ ދުވަހު ބުނިން އަޅުގަނޑަށް މިހާރު ދެކޮޅު ޓިކެޓް ލިބިއްޖެއޭ. އެކަމަކު އަދިވެސް ގޮސް ބޭސްފަރުވާ ކުރަން ޖެހޭނީ އާސަންދަ ހަމަ ނުޖެހޭތީވެ އަމިއްލަ އަތުންނޭ ދޯ. ބުނީމަ ބުނީ އިރާދަކުރެއްވިއްޔާ ތިކަން ކޮށްދޭނީ މިބުނީއެއްނުންހޭ  އަޅުގަނޑޭ. އަޅުގަނޑު ތިކަން ކޮށްދޭނަމޭ. ތިން ދުވަސް ތެރޭގައި ޖަވާބެއް ދޭނަމޭ ކިޔާފައި އަދިއަދަށް ވެސް ތިން ދުވަސް ނުވޭ. 
ނޮޅިވަރަމް އިން ވާހަކަ ދެއްކި ޝިރުމީނާ 

މީގެ އިތުރުން ވެސް ހާލު ކިހިނެއް ޕްރޮގްރާމްގައި ވާހަކަ ދެއްކި 66 އަހަރުގެ އަދުނާނުބެ އާއި 76 އަހަރުގެ އަލިބެ އަދި 79 އަހަރުގެ އައިސައްތަ ވެސް ވަނީ ބޭސް ނުލިބޭ ކަމުގެ ޝަކުވާ ކޮށްފަ އެވެ. ތަކެތީގެ އަގުބޮޑު ވާހަކަ މިހާރު ދެއްކުމަށްވުރެ ނުދެއްކުން ރަނގަޅު ކަމަށާއި، 65 އަހަރުން މަތިވުމުން ލިބޭ އެލަވަންސް ލިބޭތީ ސަލާން ޖަހަން ނުޖެހި ދިރިއުޅެވޭ ކަމަށް އެމީހުން ބުނެ އެވެ. 

ބޭސްފަރުވާގެ ކަންކަމުގައި އަތުން ބޮޑު ހޭދައެއް ކުރަން މަޖުބޫރުވެފައިވާއިރު، ފަންގިވިޔެގެން އާމްދަނީ ހޯދާ އަންހެނުން ވެސް ވަނީ ހަރަދު ބޮޑު ކަމުގެ ޝަކުވާ ކޮށްފަ އެވެ. ފަން ވިއްކައިގެން ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭކަމާއި، ގަބޫލުނުކުރެވޭ މިންވަރަށް ބިލުތައް ބޮޑުވާ މައްސަލަ ފާހަގަކުރި އެވެ. 

ނޮޅިވަރަމުން ވާހަކަ ދެއްކި ކޮންމެ މީހެއްގެ މޫނުން ވެސް ފެނުނީ މާޔޫސް ކަމާ ވަރުބަލިކަމެވެ. ޒަރޫރީ ބޭނުންތަކަށް ވެސް އާދޭސް ކުރަން ޖެހިފައިވާއިރު ރަށުގެ ތަރައްގީ އަށް ވެސް ރައީސް މުއިއްޒުގެ މި ސަރުކާރަށް ކޮށްދެވުނު ކަމެއް ނުފެންނާތީ އެ ރަށުގެ ގިނަ ބަޔަކު ތިބީ މި ސަރުކާރާ މެދު މުޅިން އުއްމީދު ކަނޑާލައިގެންނެވެ. 

އެއީ އެރަށުގެ ރަށުގެ ތަރައްގީ ހުއްޓިފައިވާތީ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނެ ދުވަހެއް ނޭނގެ އެވެ. ހަދަމުންދިޔަ އިމާރާތްތައް މިހާރު ހުރީ ވީރާނާވާން ދޫކޮށްލާފަ އެވެ.

ނޮޅިވަރަމްގެ ރައްޔިތުން ބުނާ ގޮތުގައި ރަށުގެ ހާލަތު މިހާ ދަށްވެގެން ދިޔައިރު މިކަމަށް މި ސަރުކާރުން އެދެވޭ އެއްވެސް ޖަވާބެއް ވެސް ދީފައެއް ނުވެ އެވެ. ރާއްޖޭގެ ކޮންމެ ރަށަކުން ވެސް މިއަދު ފެންނަނީ ހަމަ މި މާޔޫސް ކަމެެވެ. ރައްޔިތުން ހަދާނެ ގޮތް ހުސްވެ، ކުރާނެ ކަމެއް ނޭނގިފައި ތިބި އިރު އަދިވެސް ތިބީ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހދ ނޮޅިވަރަމްޝިރުމީނާހާލު ކިހިނެއް ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!

ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!

10 ޖެނުއަރީ 2026
ރައީސް މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ބޮޑު ސައްޕެއް ޖައްސަވާނެ: މެންބަރު އިބްރާހިމް

ރައީސް މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ބޮޑު ސައްޕެއް ޖައްސަވާނެ: މެންބަރު އިބްރާހިމް

10 ޖެނުއަރީ 2026
 އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއް، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ކަށަވަރުކުރާނަން: ޖެންޑަރ މިނިސްޓަރ

އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއް، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ކަށަވަރުކުރާނަން: ޖެންޑަރ މިނިސްޓަރ

09 ޖެނުއަރީ 2026
މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ އެއް ނުކުރުވޭނެ: ރައީސް މުޢިއްޒު

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު