Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުހީ

"ރައީސް ސޯލިހް އާއި ރައީސް ނަޝީދު މިތިބީ އެކުގާ މަސައްކަތް ކުރާށެ ވިދާޅުވީމަ އެ މަސައްކަތް އެގޮތަށް ހިނގާނެ": ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ކުރީގެ ރައީސް ސޯލިހް އާއި ރައީސް ނަޝީދު މަދަރުސީ ދައުރުން ފެށިގެން އެކުގައި ސިޔާސީ މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށްވާތީ އެ ދެބޭފުޅުން އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވުމުން އުފާކުރަން ޖެހޭ ކަމަށެވެ. މާރިޔާ ފާހަގަކުރެއްވި ގޮތުގައި ގައުމު މިހާރު އޮތް ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް ކުރީގެ ރައީސުން ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަކީ މުހިއްމު ކަމެކެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2025 | ބުދަ 17:53
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް ނަޝީދު އަކީ މަދަރުސީ ދައުރުން ފެށިގެން ވެސް އެކުގައި އިސްލާހީ މަސައްކަތް ކުރެއްވި ދެބޭފުޅުން ކަމަށާއި 2023 ގައި ވަކިވި ނަމަވެސް މިހާރު އެ ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވީމާ އެ މަސައްކަތް އެގޮތަށް ހިނގާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓިވީ "ފަލަ ސުރުހީ" ޕްރޮގްރާމު ގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސް ސޯލިހް އާއި ރައީސް ނަޝީދު އަކީ ފެށުނީއްސުރެ ވެސް އެކުގައި ސިޔާސީ މަސައްކަތުގައި އުޅުއްވި ދެބޭފުޅުން ކަމަށާއި އަދި މަދަރުސީ ދައުރުން ފެށިގެން ވެސް އެކުގައި އުޅެއްވި ބޭފުޅުންނަށްވާއިރު އެ ދެ ބޭފުޅުން ތިބީ އެކުގައި މަސައްކަތް ކުރައްވަންކަމަށް ވިދާޅުވީމަ މެންބަރުން އުފާ ކުރަންޖެހޭ ކަމަށެވެ. އަދި  މިދުވަސް ވެގެން ދަނީ ވަރަށް އުންމީދީ ދުވަހެއްގެ ގޮތުގައި ކަމަށް މާރިޔާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
އެއީ މިދެންނެވީ އެމްޑީޕީ މީހުންނަކީ ހަމަ ނުކުމެ މިކަހަލަ ގައުމަށް ދިމާވާ ބޮޑެތި ގޮންޖެހުމުގަ އެކީގަ މަސައްކަތް ކުރާ ބައެއް. ހަމަ ލީޑަރޝިޕުން ފެށިގެން ހަމަ ހުރިހާ ހިސާބަކަށް، ދެން ހަމަ އެގޮތުން އަޅުގަނޑު ޝުކުރު ދަންނަވަން އަޅުގަނޑުމެންގެ ވަރަށް ފަހުން އިސްތިއުފާ ދެއްވި ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވެސް އެބޭފުޅަ ވެސް ސިޔާސީ ބޭފުޅެއް ވީމަ މި އެމްޑީޕީ މީހުން ހާސިލް ކުރަން ބޭނުންވާ މަންޒިލަށް ދެވޭނީ ރައީސް ނަޝިދު ވެސް ރައީސް ސޯލިހް ވެސް ހުރިހާ އެންމެން ޕާޓި ފެށުނީއްސުރެ އެމްޑީޕީ ފިކުރުގަ ތިބި އެންމެން އެކީ ނުކުމެގެން މަސައްކަތް ކޮށްގެން ކަން ދެކެވަޑައިގެން މިކަން ކުރެއްވީމަ  
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

މީގެ އިތުރުން މާރިޔާ ވިދާޅުވީ އުންމީދަކީ ގައުމު މިހާރު މިއޮތް ހާލަތުން އަރައިގަތުމަށްޓަކައި ކުރީގެ ރައީސުން ވެސް  ގުޅި ވަޑައިގެން މި މަސައްކަތް ކުރެއްވުން ކަމަށެވެ. މި ގައުމު މިއޮތް ދަތި އުނދަގޫ ހާލަތު ގެ ވާހަކަ ފާހަގަކުރައްވާ މާރިޔާ ވިދާޅުވި ގައުމު ސަލާމަތް ކުރަން ބުރަ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ. 

އެމްޑީޕީގެ މައި އޮފީހުގައި ބުދަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ދުވަސްތަކަކަށް ފަހު ދޭބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު އާ ރައީސް ސޯލިހް ވަނީ އެ ދެބޭފުޅުންނަކީ ވެސް ޒަމާންތަކަކަށް ގާތް ދެބޭފުޅުން ކަން ފާހަގަ ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހް އަކީ އެއްވެސް އިރެއްގައި އެމަނިކުފާނާ ދުރު ބޭފުޅެއް ނޫން ކަމަށާއި ދެ ބަސްވުންތަކެއްގައި މާގިނަ ދުވަހު ދެ ބޭފުޅުންނަކަށް ނުތިއްބެވޭނެ ކަމަށެވެ. އަދި ދެބޭފުޅުންގެ ދެމެދުގައި ދެމިގެންދާ މައްސަލަ އެއް އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅަށް ބާރު ދެއްވަމުން ރައީސް ސޯލިހް ވަނީ "ނޯންނާނެ" ކަމަށް ވިދާޅުވެފަ އެވެ.

އިބްރާހިމް މުހައްމަދު ސާލިހުމުހައްމަދު ނަޝީދުާމާރިޔާ އަހުމަދު ދީދީ ރާއްޖެ ޓީވީ

ކޮމެންޓް

އިތުރަށް ކިޔާލަން

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު

ޔުނިފޯމް އަށް ގެންނަ ބަދަލު ގެ ސަބަބުން ބެލެނިވެރިން އަތުން 80 މިލިއަން ރުފިޔާ ހަރަދު ވާނެ: ރައީސް ނަޝީދު

06 ޑިސެމްބަރު 2025
ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު