Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހާލު ކިހިނެއް

ހާލު ކިހިނެއް: "ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން، ވައުދު ފުއްދޭތަނެއް ނުފެނޭ"

ހދ.ކުމުންދޫ އަށް ނިސްބަތްވާ އާއްމު މީހަކު ރާއްޖެޓީވީގެ ހާލު ކިހިނެތް ޕްރޮގްރާމްގައި ވާހަކަދައްކަމުން ބުނީ ރައީސް މުއިއްޒު ވީ ވައުދުތައް ނުފުއްދާ ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ޖެނުއަރީ 2026 | އަންގާރަ 15:07
ކުމުންދޫ އިން ހާލު ކިހިނެއް ޕްރޮގްރާމްގައި ވާހަކަދެއްކި އާއްމު މީހެއް

ކުމުންދޫ އިން ހާލު ކިހިނެއް ޕްރޮގްރާމްގައި ވާހަކަދެއްކި އާއްމު މީހެއް | ރާއްޖެ އެމްވީ

ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން ކަމަށާއި ވައުދު ފުއްދޭތަނެއް ނުފެންނަ ކަމަށް ހދ.ކުމުންދޫ އަށް ނިސްބަތްވާ އާއްމު މީހަކު ބުނެފި އެވެ.

އޭނާ އެފަދައިން ބުނީ ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމްގައި ވާހަކަދައްކަމުންނެވެ.

އެގޮތުން އެ ރަށު ބަނދަރަށް ވަދެ ނުކުތުމުގައި ހުރި ދަތިތައް ވަރަށް ބޮޑުކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ބަނދަރު ހަދައި ދިނުމަށް ރައީސް ވީ ވައުދު ވެސް ނުފުއްދާ ކަމަށާއި ދައްކަނީ ހުވަފެން ކަމަށް އެ އާއްމު މީހާ ވަނީ ބުނެފަ އެވެ. ރައީސް މުއިއްޒު އާއި ސަރުކާރުން އާއްމުންނަށް އޮޅުވާލާ ދޮގު ހަދަމުންދާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ދޮގު މައްޗަށް ދޮގު ހަދަނީ. ވައުދު ވަނީ. ވައުދު ފުއްދާ ތަނެއް ނާދޭ." އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބޭސްފަރުވާގެ އިންތިޒާމްތައް ވެސް މި ސަރުކާރު އައުމާއި އެކު ދޯހަޅިވެފައިވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ބޭސްކޮޅު ނުލިބިގެން ގިނަ ފަހަރު ޖެހެނީ ސަލާން ޖަހަން ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މިހާރު ބޭސްފަރުވާ ހޯދަން ޖެހެނީ ވެރިން ކައިރީގައި އާދޭސްކުރަން ކަމަށާއި އެއީ ވަރަށް ހަޑި ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"އިތުރުފުޅު ހައްދަވަނީ. ދޮގުހަދާ މީހުންނަށް އިތުބާރު ނުކުރެވޭނެ. ވާވަރުން ކޮށްދޭނަމޭ ބުނާނީ. ފައިދަށަށް ގޮސް އާދޭހެއް ނުކުރޭ. ސަރުކާރުން ކޮށްދޭން ބޭނުންވާ ކަންކަން ކޮށްދިނީމަ އިތުބާރެއް އުފެދުނީ" އޭނާ ވަނީ ބުނެފަ އެވެ.

ތަކެތީގެ އަގުތައް އިންތިހާ އަށް އަގު މައްޗަށް ދާ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މި ދައުރު ފެށުމުގެ އެއްމަސް ދުވަހާއި މިއަދާއި އަޅާ ކިޔާ ނަމަ ތަކެތީގެ އަގަށް އައި ނު ރަނގަޅު ބަދަލު ވަރަށް ރަނގަަޅަށް ހާމަވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ހދ. ކުމުންދޫރާއްޖެ ޓީވީހާލު ކިހިނެއްރައީސް މުއިއްޒު

އިތުރަށް ކިޔާލަން

05 ޖެނުއަރީ 2026

އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ

05 ޖެނުއަރީ 2026
އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ
05 ޖެނުއަރީ 2026

"ނުކުރާނަމޭ ބުނާ ކަންކަން މި ސަރުކާރުން ކުރާނެ ކަން ޔަގީން ވެއްޖެ، ޔަގީންކަން ދިން ބޭހެއް ނުލިބޭ، ފެރީ ވެސް ހުއްޓިއްޖެ"

05 ޖެނުއަރީ 2026
"ނުކުރާނަމޭ ބުނާ ކަންކަން މި ސަރުކާރުން ކުރާނެ ކަން ޔަގީން ވެއްޖެ، ޔަގީންކަން ދިން ބޭހެއް ނުލިބޭ، ފެރީ ވެސް ހުއްޓިއްޖެ"
05 ޖެނުއަރީ 2026

ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި

05 ޖެނުއަރީ 2026
ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި
02 ޖެނުއަރީ 2026

އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމް ގައި ފެށި ފެނަކަ އޮފީސް އަދި އިންޖީނުގޭގެ މަސައްކަތް ވެރިކަން ބަދަލުވުމާއެކު ހުއްޓިފަ

02 ޖެނުއަރީ 2026
އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމް ގައި ފެށި ފެނަކަ އޮފީސް އަދި އިންޖީނުގޭގެ މަސައްކަތް ވެރިކަން ބަދަލުވުމާއެކު ހުއްޓިފަ
02 ޖެނުއަރީ 2026

އެއަރޕޯޓް ވިއްކާލި ކަމަށް ބުނެ ބަޣާވާތް ކުރި މީހުން، އުނބަށްޖަހާ އަނެއްކާ އެއްކަލަ އައުޓް ކުރަން އުޅުނު އިންޑިއާ ގެ ފައިބުޑަށް!

02 ޖެނުއަރީ 2026
އެއަރޕޯޓް ވިއްކާލި ކަމަށް ބުނެ ބަޣާވާތް ކުރި މީހުން، އުނބަށްޖަހާ އަނެއްކާ އެއްކަލަ އައުޓް ކުރަން އުޅުނު އިންޑިއާ ގެ ފައިބުޑަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު