Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ސަރަހައްދުގެ ގައުމުތަކަށް އީރާނުގެ އިންޒާރު - އެމެރިކާ އިން ހަމަލާ ދީފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނަން

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއި އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އާ ދެމެދު ކުރިއަށްދިޔަ ސީދާ މުއާމަލާތްތައް މިހާރު ވަނީ މެދުކެނޑިފައި.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 09:25
އީރާނުގެ އެކި ސިޓީތަކަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން ބަދަލު ހިފުމުގެ މިސައިލް ހަމަލާތަކެއް އީރާނުން އިޒްރޭލުގެ ތެލް އަވީވް އަށް ދެނީ - ޖޫން 13، 2025.

އީރާނުގެ އެކި ސިޓީތަކަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން ބަދަލު ހިފުމުގެ މިސައިލް ހަމަލާތަކެއް އީރާނުން އިޒްރޭލުގެ ތެލް އަވީވް އަށް ދެނީ - ޖޫން 13، 2025. | ގެޓީ އިމޭޖަސް

އެމެރިކާ އިން އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދޭނެ ކަމުގެ އިންޒާރު އަވަށްޓެރި ގައުމުތަކަށް ދީފިއެވެ.

އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން ބުދަ ދުވަހު ވިދާޅުވީ، މި އިންޒާރު ދީފައިވަނީ އީރާނުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ދެއްވި އިންޒާރުތަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއި އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފްއާ ދެމެދު ކުރިއަށްދިޔަ ސީދާ މުއާމަލާތްތައް މިހާރު މެދުކަނޑާލާފައިވާ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

އެ އޮފިޝަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ މިފަދަ އިންޒާރުތަކުގެ ސަބަބުން ޑިޕްލޮމެޓިކް ދާއިރާ އިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅެއެވެ. އަދި އެތައް އަހަރަކަށް ދެމިގެން ގޮސްފައިވާ ނިއުކްލިއާ މައްސަލައަށް ސުލްހަވެރި ސިޔާސީ ހައްލެއް ހޯދުމަށް ދެ ގައުމުގެ އޮފިޝަލުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުންތައް ވެސް މިހާރު ވަނީ ކެންސަލް ކުރެވިފަ އެވެ.

މަސްދަރު: ރޮއިޓާސް

އެމެރިކާ-އީރާންއައްބާސް އަރަގްޗީއީރާން މުޒާހަރާ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2026

ޖަރުމަނުން ގެންގުޅޭ ދެފުށްކެހެރި ސިޔާސަތުތަކަށް އީރާނުގެ ޚާރިޖީ ވަޒީރު ވަރުގަދަ ރައްދެއް ދެއްވައިފި

14 ޖެނުއަރީ 2026
ޖަރުމަނުން ގެންގުޅޭ ދެފުށްކެހެރި ސިޔާސަތުތަކަށް އީރާނުގެ ޚާރިޖީ ވަޒީރު ވަރުގަދަ ރައްދެއް ދެއްވައިފި
14 ޖެނުއަރީ 2026

މެދުއިރުމަތީގެ މަސްރަހު ހޫނުވަމުން ދަނިކޮށް ގަތަރުގައި ދިފާއީ އައު މަރުކަޒެއް އެމެރިކާ އިން ހުޅުވައިފި

14 ޖެނުއަރީ 2026
މެދުއިރުމަތީގެ މަސްރަހު ހޫނުވަމުން ދަނިކޮށް ގަތަރުގައި ދިފާއީ އައު މަރުކަޒެއް އެމެރިކާ އިން ހުޅުވައިފި
14 ޖެނުއަރީ 2026

ހަމަ ނުޖެހުންތަކުގައި އީރާނުގެ 100ށް ވުރެ ގިނަ ސަލާމަތީ އޮފިޝަލުން މަރުވެއްޖެ

14 ޖެނުއަރީ 2026
ހަމަ ނުޖެހުންތަކުގައި އީރާނުގެ 100ށް ވުރެ ގިނަ ސަލާމަތީ އޮފިޝަލުން މަރުވެއްޖެ
14 ޖެނުއަރީ 2026

އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި

14 ޖެނުއަރީ 2026
އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި
14 ޖެނުއަރީ 2026

މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 ޖެނުއަރީ 2026
މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު