Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ސުޕަ ކަޕް

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

12 ޖެނުއަރީ 2026 | ހޯމަ 03:19

މޮޅާއެކު ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާއިރު، މިއީ އެ ކުލަބުން ސުޕަ ކަޕް ކާމިޔާބު ކުރި 16 ވަނަ ފަހަރު. ބާސެލޯނާ އަކީ އެންމެ ގިނައިން ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާ ޓީމު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖެނުއަރީ 2026 | ހޯމަ 03:19
ބާސެލޯނާ އިން ސުޕަ ކަޕްގެ ތަށި އުފުލާލަނީ

ބާސެލޯނާ އިން ސުޕަ ކަޕްގެ ތަށި އުފުލާލަނީ | ރޮއިޓަސް

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން މުބާރާތުގެ ތަށި ދިފާއު ކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ ކިންގް ޢަބްދުﷲ ސްޕޯޓްސް ސިޓީގައި އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ބާސެލޯނާ އިން ދެ ފަހަރެއްގެ މަތިން ލީޑު ނެގިއިރު ވެސް، ރެއާލް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ނަމަވެސް، ތިން ވަނަ ލަނޑެއް ޖަހައިގެން ބާސެލޯނާ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ރަފީނިއާ އެވެ. އެއީ ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ނަމަވެސް، މެޗުގެ ފުރަަތަމަ ހާފުގެ އިތުރު ވަގުތުގައި ވިނީޝިއުސް ޖޫނިއާ ޖެހި ލަނޑާ އެކު، ރެއާލް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެއީ ގޮންޒާލޯ ގާސިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިނީޝިއުސް ޖެހި ލަނޑެކެވެ.

އޭގެ އިރު ކޮޅެއް ފަހުން ބާސެލޯނާ އިން ދެ ވަނަ ލަނޑެއް ޖަހައި، ދެ ވަނަ ފަހަަރަށް ލީޑު ނެގި އެވެ. ސްޕެއިންގެ ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސެލޯނާ އަށް އެ ލަނޑު ޖަހައިދިނީ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ އެވެ. އޭގެ ދެ މިނެޓު ފަހުން ގާސިއާ ވަނީ ލަނޑު ޖަހައި ދެ ވަނަ ފަހަރަށް ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. 

މެޗުން ބާސެލޯނާ މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ލަނޑުންނެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ބާސެލޯނާ އަށް އެ ލަނޑު ޖަހައިދިނީ ރަފީނިއާ އެވެ. އެ ލަނޑު ޖަހަން ރަފީނިއާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑެނީ އޮލްމޯ އެވެ.

މޮޅާއެކު ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާއިރު، މިއީ އެ ކުލަބުން ސުޕަ ކަޕް ކާމިޔާބު ކުރި 16 ވަނަ ފަހަރެެވެ. ބާސެލޯނާ އަކީ އެންމެ ގިނައިން ސުޕަ ކަޕް ކާމިޔާބު ކޮށްފައިވާ ޓީމެވެ. މިއީ ބާސެލޯނާގެ ކޯޗުކަމާ ހަންސީ ފްލިކް ހަވާލުވީ ފަހުން، އެ ކުލަބުން ކާމިޔާބު ކުރި ހަތަރު ވަނަ ތައްޓެވެ. 

ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ސްޕެނިޝް ލީގު، ކޮޕާ ޑެލް ރޭ އަދި ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. މީގެ ތެރެއިން ވެސް ސުޕަ ކަޕް މި ވަނީ ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ސްޕެނިޝް ސުޕަ ކަޕްބާސެލޯނާރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2026

ފައިނަލްގެ ކުރިން ފްލިކް: "ޓީމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ"

11 ޖެނުއަރީ 2026
ފައިނަލްގެ ކުރިން ފްލިކް: "ޓީމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ"
08 ޖެނުއަރީ 2026

ފަސް ލަނޑުގެ މޮޅާ އެކު، ބާސެލޯނާ ފައިނަލަށް

08 ޖެނުއަރީ 2026
ފަސް ލަނޑުގެ މޮޅާ އެކު، ބާސެލޯނާ ފައިނަލަށް
05 ޖެނުއަރީ 2026

ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި

05 ޖެނުއަރީ 2026
ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި
04 ޖެނުއަރީ 2026

ފަހު ވަގުތު މޮޅުވެ ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

04 ޖެނުއަރީ 2026
ފަހު ވަގުތު މޮޅުވެ ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
01 ޖެނުއަރީ 2026

ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ

01 ޖެނުއަރީ 2026
ކަންސޭލޯ ހޯދުމަށް ބާސެލޯނާ އާއި އިންޓަރ އިން މަސައްކަތް ކުރަނީ
29 ޑިސެމްބަރު 2025

ޕްރެޝަރެއް ނެތް، ގޮތް ނިންމަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

29 ޑިސެމްބަރު 2025
ޕްރެޝަރެއް ނެތް، ގޮތް ނިންމަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ
25 ޑިސެމްބަރު 2025

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

25 ޑިސެމްބަރު 2025
ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް
25 ޑިސެމްބަރު 2025

ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

25 ޑިސެމްބަރު 2025
ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން
22 ޑިސެމްބަރު 2025

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025
ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
21 ޑިސެމްބަރު 2025

ރެއާލް އިން ސެވިއްޔާ ބަލި ކުރި މެޗު ޚާއްސަވީ އެމްބާޕޭ އަށް

21 ޑިސެމްބަރު 2025
ރެއާލް އިން ސެވިއްޔާ ބަލި ކުރި މެޗު ޚާއްސަވީ އެމްބާޕޭ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް