Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި

މެޗުން މޮޅުވެ އާސެނަލް އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުން. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 18 މެޗުން 42 ޕޮއިންޓާ އެކު. އާސެނަލް އިން ލީގު ތާވަލްގެ އެއް ވަނަ މަގާމު ދަމަހައްޓަމުން އަންނައިރު، ލީގުގެ ވާދަވެރިކަން ވެސް ވަނީ ބޮޑުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 03:01
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ. 

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން އެއް ލަނޑު ޖެހިިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. އޭގެ ފަހުން ބްރައިޓަން އިން ވެސް ވަނީ މެޗުގައި ލަނޑެއް ޖަހައިފަ އެވެ.

މެޗު ފަށައިގެން 14 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ މާޓިން އޮޑެގާޑް އެވެ. އެ ލަނޑު އޭނާ ޖެހީ ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ފުޅާވީ ބްރައިޓަންގެ ޖޯޖީނިއޯ ރުޓާ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. 

މެޗުގައި އާސެނަލް އިން ދެ ލަނޑު ޖަހާފައި ވަނިކޮށް، ބްރައިޓަން އިން ލަނޑު ޖަހައި ފަރަގު ކުޑަ ވެސް ކުރި އެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ބްރައިޓަންގެ ލަނޑު ޖެހީ ޑިއޭގޯ ގޯމޭޒް އެވެ. 

މެޗުން މޮޅުވެ އާސެނަލް އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 18 މެޗުން 42 ޕޮއިންޓާ އެކު އެވެ. އާސެނަލް އިން ލީގު ތާވަލްގެ އެއް ވަނަ މަގާމު ދަމަހައްޓަމުން އަންނައިރު، ލީގުގެ ވާދަވެރިކަން ވެސް ވަނީ ބޮޑުވެފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ މެޗުގައި އޭނާގެ ޓީމުން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. ވަކި ވަކި ކުޅުންތެރިން ދެއްކި ކުޅުމުގެ އިތުރުން، މުޅި ޓީމެއްގެ ގޮތުގައި އާސެނަލް އިން ދެއްކި ކުޅުމާ މެދު ވެސް ހިތްހަމަ ޖެހޭ ކަަމށް އާޓެޓާ ބުންޏެވެ. އާޓެޓާ ބުނީ އާސެނަލް އިން މުޅި މެޗުގައި ފުރިހަަމަ އަށް ކޮންޓްރޯލް ކޮށްގެން ކުޅުނު ކަމަށެވެ.

އޭނާ ބުނީ މެޗުގައި އިތުރު ލަނޑު ޖަހަން ވެސް އާސެނަލް އިން ފުރުސަތު ތަކެއް ތަނަވަސްކުރި ކަމަށެވެ. އެކަން ކަމަށް ބަލާއިރު، މެޗުގެ ނަތީޖާ އަކީ 2-1 އަށް ވެގެން ނުވާނެ ކަމަށް ވެސް އާޓެޓާ ބުންޏެވެ. އެހެން ނަމަވެސް، ޕްރިމިއާ ލީގުގައި ކޮންމެ ޓީމެއް ވެސް ވާދަވެރި ވާނެ ކަމަށާއި، ކޮންމެ މެޗަކީ ވެސް ޕްރެޝަރު ބޮޑު މެޗެއް ކަމަށް އޭނާ ބުންޏެވެ. 

އާޓެޓާ ބުނީ އާސެނަލް ކުރިއަށް ދާން މަސައްކަތް ކުރަނީ އެތައް ދަތިތަކާއި، ގޮންޖެހުންތަކާ އެކު ކަމަށެވެ. އެގޮތުން ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އާސެނަލް އިން ކުރިމަތިލާން ޖެހުނު ކަންތައް ތަކުގެ އަަދަދު ވެސް ނޭނގޭ ކަމަށާއި، ކުރިއަށް ދަނީ ހުރިހާ ކަމެއް ހުރަސް ކުރުމަށް ފަހު ކަމަށް އޭނާ ބުނެފައިވެ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި

ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި

28 ޑިސެމްބަރު 2025
ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

27 ޑިސެމްބަރު 2025
ޕެނަލްޓީ ޖަހައިގެން މޮޅުވެ އާސެނަލް ސެމީ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން މޮޅުވެ އާސެނަލް ސެމީ ފައިނަލަށް

24 ޑިސެމްބަރު 2025
ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

22 ޑިސެމްބަރު 2025
އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު