Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

މޮޅާއެކު، އާސެނަލް އިން ވަނީ ލީގުގައި އެސްޓަން ވިލާ އިން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް ނިމުން ގެނެސްފައި. ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް އެސްޓަން ވިލާ މޮޅުވެ ރަނގަޅު ޓްރެކެއްގައި އޮއްވާ، 12 ވަނަ މެޗުގައި އާސެނަލް އިން ވަނީ އެ ޓީމު ބަލިކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޑިސެމްބަރު 2025 | ބުދަ 05:21
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން އެ ޓީމުގެ ފޯމު ދަމަހައްޓައި، އެއް ވަނަ މަގާމުގައި ދެމި އޮވެއްޖެ އެވެ.

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ފަހު ހާފުގަ އެވެ. އާސެނަލް އިން ހަތަރު ލަނޑު ޖެހި ފަހުން، އެސްޓަން ވިލާ އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ ގަބްރިއެލް މަގާާޅައެސް އެވެ. އޭގެ ހަތަރު މިނެޓު ފަހުން މާޓިން ޒުބިމެންޑީ ވަނީ އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އޭނާ ޖެހީ މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އޭގެ ފަހުން މެޗުގެ 69 ވަނަ މިނެޓުގައި ލިއާންޑްރޯ ޓްރޮސާޑް ވަނީ އާސެނަލްގެ ތިން ވަނަ ލަނޑު ޖަަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެެވެ. އެއީ ޔޫރިއެން ޓިމްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓްރޮސާޑް ޖެހި ލަނޑެކެވެ. މެޗުގައި އާސެނަލްގެ ފަހު ލަނޑު ގެބްރިއަލް ޖީސޫސް ޖެހީ މެޗުގެ 78 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޖަހަން ފުރުސަތު ތަަނަވަސްކޮށްދިނީ ޓްރޮސާޑް އެވެ.

މެޗުގައި އެސްޓަން ވިލާގެ ހަމަ އެކަނި ލަނޑު އެ ޓީމުން ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އޮލީ ވަޓްކިންސް އެވެ. 

މޮޅާއެކު، އާސެނަލް އިން ވަނީ ލީގުގައި އެސްޓަން ވިލާ އިން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް ނިމުން ގެނެސްފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް އެސްޓަން ވިލާ މޮޅުވެ ރަނގަޅު ޓްރެކެއްގައި އޮއްވާ، 12 ވަނަ މެޗުގައި އާސެނަލް އިން ވަނީ އެ ޓީމު ބަލިކޮށްފަ އެވެ.

މި މޮޅާއެކު، ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި އާސެނަލް އޮތީ މިހާތަނަށް ކުޅެފައިވާ 19 މެޗުން 45 ޕޮއިންޓާ އެކު އެވެ. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އަށް ލިބެނީ 40 ޕޮއިންޓެވެ. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް، ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އޮންނާނެ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް އެސްޓަން ވިލާ މޮޅުވެފައި އޮތުމުން، އެ ޓީމުގެ ފެންވަރު ވަޒަން ކުރެވޭ ކަމަށެވެ. އެހެންކަމުން އެ ޓީމާ ދެކޮޅަށް އާސެނަލްގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، މެޗުގެ ނަތީޖާއާ މެދު ވެސް ހިތްހަމަ ޖެހޭ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. 

މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި އާސެނަލް އަށް އުނދަގޫ ތަކެއް ދިމާވި ނަމަވެސް، އާޓެޓާ ބުނީ އޭގެ ފަހުން އާސެނަލް އިން ރަނގަޅަށް ކުޅުނު ކަމަށެވެ. އޭނާ ބުނީ އެންމެ މުހިންމުވީ ރަނގަޅު ކުޅުމެއް ދެއްކުމާ އެކު ތިން ޕޮއިންޓު ކަމަށާއި، އެކަން ކުރެވުމުން ވަރަށް ހިތްހަމަ ޖެހިފައި ހުރި ކަމަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލްއެސްޓަން ވިލާ

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2025

ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

31 ޑިސެމްބަރު 2025
ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
28 ޑިސެމްބަރު 2025

ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި

28 ޑިސެމްބަރު 2025
ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި
28 ޑިސެމްބަރު 2025

ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި

28 ޑިސެމްބަރު 2025
ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި
27 ޑިސެމްބަރު 2025

ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

27 ޑިސެމްބަރު 2025
ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް
24 ޑިސެމްބަރު 2025

ޕެނަލްޓީ ޖަހައިގެން މޮޅުވެ އާސެނަލް ސެމީ ފައިނަލަށް

24 ޑިސެމްބަރު 2025
ޕެނަލްޓީ ޖަހައިގެން މޮޅުވެ އާސެނަލް ސެމީ ފައިނަލަށް
22 ޑިސެމްބަރު 2025

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

22 ޑިސެމްބަރު 2025
ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް
21 ޑިސެމްބަރު 2025

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

21 ޑިސެމްބަރު 2025
އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި
16 ޑިސެމްބަރު 2025

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު