Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ަކަރަބޯ ކަޕް

ޕެނަލްޓީ ޖަހައިގެން މޮޅުވެ އާސެނަލް ސެމީ ފައިނަލަށް

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އާސެނަލް އިން ވަނީ އަށް ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ޕެލަސް އަށް ހަތް ޕެނަލްޓީ ކާމިޔާބު ކުރެވުނުއިރު، އެ ޓީމުގެ އަށް ވަނަ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2025 | ބުދަ 06:21
މެޗުން މޮޅުވުމުން އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުން މޮޅުވުމުން އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ކަރަބޯ ކަޕްގެ ކުއާޓާ ފައިނަލްގައި ކްްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން މުބާާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގައި އާސެނަލް އަށް ލީޑު ލިބިފައި ވަނިކޮށް، ޕެލަސް އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނުއިރު، އެއްވެސް ޓީމަކަށް ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މެޗުގެ 80 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ލިބުނީ ޕެލަސްގެ ޑިފެންޑަރު މެކްސެންސް ލަކްރޯ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. 

ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައިގެން ޕެލަސް ވަނީ މެޗުން މޮޅުވެފަ އެވެ. އެ ލަނޑު ޕެލަސް އަށް ޖަހައިދިނީ މާކް ގުއާހީ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖެފާސަން ލާމާ އެވެ. ދެ ޓީމު އެއްވަރު ވުމުން ދެން ކުޅުނު 15 މިނެޓުގެ ދެ ހާފުގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީ އެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އާސެނަލް އިން ވަނީ އަށް ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ޕެލަސް އަށް ހަތް ޕެނަލްޓީ ކާމިޔާބު ކުރެވުނުއިރު، އެ ޓީމުގެ އަށް ވަނަ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ މުބާރާތުގެ ސެމީ ފަައިނަލް އިން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އެއީ އާސެނަލް އޮންނަން ބޭނުންވާ ހިސާބު ކަމަށާއި، ނަމަވެސް ދެން އޮތީ އެންމެ މުހިންމު މަސައްކަތް ކަމަށް އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ޕެލަސް އަކީ ވަރަށް ރޭވުންތެރި އަދި ވަރުގަދަ ޓީމެއް ކަމަށެވެ. މެޗުގައި ވެސް އެކަން ވަރަށް ރަނގަޅަށް ފެނުނުކަން ފާހަގަކޮށް އާޓެޓާ ބުނީ، ބައެއް ކަހަލަ ބަދަލުތަކާ އެކު އާސެނަލްގެ ކުޅުންތެރިން ދެއްކި ކުޅުމާާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އެގޮތުން އާޓެޓާ ބުނީ މެޗުގައި އާސެނަލް އަށް ލަނޑު ޖަހަން ފުރުސަތު ތަކެއް ލިބުނުއިރު، އިދިކޮޅު ޓީމުން ވެސް އުނދަގޫ ތަކެއް ކުރި ކަމަށެވެ. ނަމަވެސް، ކުޅުންތެރިން ޑިފެންސްގައި ވެސް ދެއްކީ ފުރިހަމަ ކުޅުމެއް ކަމަށް އޭނާ ފާހަގަ ކުރި އެވެ.

އާސެނަލް މި ފަހުން ކުޅުނު މެޗު ތަކަށް އިޝާރާތް ކުރަމުން އާޓެޓާ ބުނީ، އެއީ އާސެނަލް އިން ބޭނުންވާ ރޫހު ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް ބޭނުން ވަނީ އަދި މަސައްކަތް ކުރަނީ އެއް ފެންވަރެއްގައި ކުޅެ، ނަތީޖާ ނެރެން ކަމަށެވެ. އެގޮތުން އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ފެންނަމުން އަންނަ ހިތްވަރާއި، ކުޅުންތެރިން ދައްކާ ރޫހު އެއީ ޓީމަށް ކުރިއަށް ދާން ލިބޭ އިތުރު ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އާޓެޓާ ބުނީ ބައެއް ކަހަލަ ބަދަލުތައް ޓީމަށް ގެންނަން ޖެހުނު ނަމަވެސް، ކުޅުންތެރިންނަށް އިތުބާރު އޮންނަ ކަމަށެވެ. އޭނާ ބުނީ ބައެއް ޙާލަތް ތަކުގައި އާސެނަލް އަށް އިތުރު ފުރުސަތެއް ވެސް ނޯންނަ ކަަމަށާއި، ޙާލަތަށް ފިޓުވެގެން ކުޅެން ޖެހޭ ކަމަށެވެ.

ކަރަބޯ ކަޕްއާސެނަލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

21 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު