Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 120,680 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި

2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 120,680 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު މިއީ ކުރީ އަހަރާ އަޅާބަލާއިރު 10.2 އިންސައްތައިގެ ކުރިއެރުމެއް.

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 09:19
ވެލައްސަރު ރިސޯޓް

ވެލައްސަރު ރިސޯޓް | ގެޓީ އިމޭޖަސް

ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 120,680 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ތަފާސް ހިސާބުތަކުން ހާމަ ވެއްޖެ އެވެ.

މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތްކުރި 109,501 ފަތުރުވެރިންނާ އަޅާބަލާއިރު، 10.2 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ މި މަހުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި އެކަނިވެސް، މިދިޔަ އަހަރަށް ވުރެ 11,000 އަށް ވުރެ ގިނަ ފަތުރުވެރިން އިތުރުވުމެކެވެ. 

ޖަނަވަރީ މަހު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓަކީ ރަޝިޔާ އެވެ. އެ ގައުމުން 19,171 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 15.9 އިންސައްތަ) ރާއްޖެ އަށް އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިޓަލީންނެވެ. އެއީ 13,601 ފަތުރުވެރިންނެވެ. ތިންވަނައިގައި އިނގިރޭސިވިލާތް (10,365 ފަތުރުވެރިން) އޮތް އިރު، ހަތަރުވަނައިގައި އޮތް ޗައިނާ އިން 7,890 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މީގެ އިތުރުން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ފަސް ގައުމުގެ ތެރޭގައި ހިމެނޭ ޖަރުމަނުން 7,498 ފަތުރުވެރިން އައިސްފައިވާއިރު، އިންޑިއާ އޮތީ 4,458 ފަތުރުވެރިންނާއެކު ހަވަނައިގަ އެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަ ކުރި ތަންތަނަށް ބަލާއިރު، އެންމެ ބޮޑު ހިއްސާއެއް އޮތީ ރިސޯޓުތަކުގަ އެވެ. ރިސޯޓުތަކުގައި 83,437 ފަތުރުވެރިން މަޑުކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 69 އިންސައްތަ އެވެ. ގެސްޓްހައުސްތަކުގައި 31,141 ފަތުރުވެރިން ޗުއްޓީ ހޭދަ ކޮށްފައިވެ އެވެ. ހޮޓާތަކާއި ސަފާރީ އުޅަނދުތަކުގެ ހިއްސާއަކީ ފަސް އިންސައްތައަށްވުރެ ކުޑަ މިންވަރެކެވެ.

ޖަނަވަރީ މަހުގެ ދުވަހެއްގެ މައްޗަށް ބަލާއިރު، އެވްރެޖްކޮށް 6,000 އާއި 8,000 އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަދި މަހުގެ ފުރަތަމަ ފަނަރަ ދުވަހުގެ ތެރޭގައި ބައެއް ދުވަސްދުވަހު 7,500 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެވެ އެވެ. 

ޖަނަވަރީ މަހުގެ މެދާ ހަމައަށް ޖުމްލަ 67,787 އެނދު އޮޕަރޭޝަނުގައި ހުއްޓެވެ. މީގެ ތެރެއިން ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ރިސޯޓުތަކުންނެވެ. އަދި ހަތަރުބައިކުޅަ އެއްބައި ހިއްސާކުރަނީ ގެސްޓްހައުސްތަކުންނެވެ. 

ފަތުރުވެރިކަމުގެ ޚިދުމަތްގެސްޓްހައުސް ޓޫރިޒަމްގެސްޓް ހައުސް

އިތުރަށް ކިޔާލަން

03 ޖުލައި 2025

ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

03 ޖުލައި 2025
ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ
18 އޮކްޓޯބަރު 2022

ގެސްޓްހައުސް ވިޔަފާރި ފުޅާވެ، 855 ގެސްޓްހައުސް އޮޕަރޭޝަންގައި

18 އޮކްޓޯބަރު 2022
ގެސްޓްހައުސް ވިޔަފާރި ފުޅާވެ، 855 ގެސްޓްހައުސް އޮޕަރޭޝަންގައި
11 ޖުލައި 2022

ފަތުރުވެރިކަމުގެ ދާއިރާގެ ކުދި ވިޔަފާރިތަކަށް އީޔޫއިން ދޫކުރާ ހިލޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

11 ޖުލައި 2022
ފަތުރުވެރިކަމުގެ ދާއިރާގެ ކުދި ވިޔަފާރިތަކަށް އީޔޫއިން ދޫކުރާ ހިލޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
24 މާރިޗު 2022

އީޔޫގެ ފަރާތުން ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކަށް ހިލޭ އެހީ ފޯރުކޮށްދީފި

24 މާރިޗު 2022
އީޔޫގެ ފަރާތުން ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކަށް ހިލޭ އެހީ ފޯރުކޮށްދީފި
06 ޖެނުއަރީ 2022

ގެސްޓްހައުސް ހިންގަމުންދާ ގިނަ ރަށްރަށުގެ ކައުންސިލްތަކުން އުސޫލުތައް ތަންފީޒު ކުރޭ: އެލްޖީއޭ

06 ޖެނުއަރީ 2022
ގެސްޓްހައުސް ހިންގަމުންދާ ގިނަ ރަށްރަށުގެ ކައުންސިލްތަކުން އުސޫލުތައް ތަންފީޒު ކުރޭ: އެލްޖީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު