Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލްތައް ޒިންމާދާރުކުރުވުން

ގެސްޓްހައުސް ހިންގަމުންދާ ގިނަ ރަށްރަށުގެ ކައުންސިލްތަކުން އުސޫލުތައް ތަންފީޒު ކުރޭ: އެލްޖީއޭ

ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ އަމާޒެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2022 | ބުރާސްފަތި 06:48
ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭއިން ވާޗުއަލްކޮށް ކައުންސިލަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭއިން ވާޗުއަލްކޮށް ކައުންސިލަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ގެސްޓްހައުސް ހިންގަމުންދާ ރަށްރަށުގެ ކައުންސިލްތަކުން އުސޫލުތަކާއި ގަވާއިދުތައް ތަންފީޒު ކުރަމުންދާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފިއެވެ.

ގެސްޓްހައުސް ހިންގަމުންދާ ރަށްރަށުގައި ފަތުރުވެރިން ނިވާކަން ކުޑަ ހެދުން އަޅައިގެން ރަށު ތެރޭގައި އުޅޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. ބައެއް ރަށްރަށުގެ ރައްޔިތުން އެކަމާއި ނުރުހުން ފާޅުކޮށް، ކައުންސިލްތަކާއި ބައްދަލުކޮށްފައިވެއެވެ. އުސޫލު ތަންފީޒު ކުރުވުމުގައި ކައުންސިލްތަކުން އިހުމާލުވަމުންދާ ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

މިމައްސަލައަށް އިޝާރާތްކޮށް އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ އަމާޒެއް ނޫން ކަމަށާއި، މަސައްކަތް ކުރަނީ ކައުންސިލްތައް އިތުރަށް ޒިންމާދާރު ކުރުވުމަށް ކަމަށެވެ. މިހާރުވެސް ގެސްޓްހައުސްތައް ހިންގަމުންދާ ރަށްރަށުގައި ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން އަހުލުވެރިކުރުވުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި ވިދާޅުވީ ގިނަ ކައުންސިލްތަކުން އުސޫލުތައް ތަންފީޒު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އަފްޝަން ވިދާޅުވީ ކައުންސިލްތަކުން އެންމެ ފުރިހަމަ ގޮތުގައި ޒިންމާ އަދާނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި، ކައުންސިލްތައް ޒިންމާދާރު ކުރުމުގެ މަސައްކަތްތައް އަބަދު ވެސް ކުރިއަށްދާ ކަމަށެވެ. އަދި ވަރަށް ގާތުން ކައުންސިލްތައް މޮނިޓަރ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ފުޅާ ދާއިރާގައި ގެސްޓްހައުސް ވިޔަފާރި ހިންގަމުންދާއިރު، ދާދި ފަހުން އއ. ތޮއްޑޫގައި ހިންގާ ގެސްޓުހައުސްތަކަށް އެރަށު ކައުންސިލުން ޒިޔާރަތްކޮށް ފަތުރުވެރިންނަށް ހެދުން އެޅުމުގެ ގަވާއިދު ކިޔައިދީ ނަސޭހަތްތެރިވެ ނޯޓިސް ހަރުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ކައުންސިލުން ބުނީ ގެސްޓުހައުސްތަކަށް ކައުންސިލަރުން ޒިޔާރަތްކޮށް، ފަތުރުވެރިން ހެދުން އެޅުމުގެ ގަވާއިދު ފެންނާނެ ފަދަ ނޯޓިސް އެތަންތަނުގެ ތެރޭގައި ހަރުކުރުމަށް ނިންމާފައިވާ ކަމަށެވެ. ގަވާއިދުތައް ތަންފީޒުކުުރުވައި މޮނިޓަަރ ކުރުމަށް އެކަމަށް ޚާއްސަ މުއައްޒަފުން މި ޖެނުއަރީ މަސް ނިމުމުގެ ކުރިން ނަގާނެކަމަށް ކައުންސިލުން ބުނެއެވެ. އަދި އެއަތޮޅު ރަސްދޫ ކައުންސިލުން ވެސް ވަނީ މި މައްސަލަ ފެންމަތިވަމުންދާތީ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް ގޮވާލާފައެވެ. މީގެ އިތުރުން ކ.މާފުށީ ކައުންސިލުން ވެސް ވަނީ ގަވާއިދާ ޚިލާފަށް އަމަލުކުރާ ގެސްޓްހައުސްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

އެލްޖީއޭގެސްޓް ހައުސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

19 ސެޕްޓެމްބަރު 2025
ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

18 ސެޕްޓެމްބަރު 2025
ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

12 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު