Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިތުރު ގެސްޓްހައުސްއެއް ސަސްޕެންޑްކުރުން

ގަވާއިދާ ޚިލާފުވި އިތުރު ގެސްޓްހައުސްއެއް ސަސްޕެންޑްކޮށްފި

ދެކުނު އޭޝިއާއިން އަންނަ ފަތުރުވެރިންނަށް ހުއްދަ ދީފައިވަނީ ރިސޯޓުތަކާއި ސަފާރީތަކަށް ދިއުމުގެ ހުއްދަ އެކަނި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 18 ޖުލައި 2021 | އާދީއްތަ 19:35
ރާއްޖެ އައި ފަތުރުވެރިންތަކެއް

ރާއްޖެ އައި ފަތުރުވެރިންތަކެއް

ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެ އައުމަށް އެކުލަވާލާފައިވާ އުސޫލުތަކާ ޚިލާފަށް އަމަލުކުރި އިތުރު ގެސްޓްހައުސްއެއް ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެ އައުމާ ގުޅިގެ އެކުލަވާލާފައިވާ އުސޫލާ ޚިލާފުވެގެން މާލެ ސަރަހައްދުގެ އިތުރު ގެސްޓްހައުސްއެއް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ދެކުނު އޭޝިއާއިން އަންނަ ފަތުރުވެރިންނަށް، ރިސޯޓުތަކާއި ސަފާރީތަކަށް ދިއުމުގެ ހުއްދަ ދީފައިވާއިރު، ގެސްޓްހައުސްތަކުގައި ތިބުމުގައި ހުއްދަ ދީފައިވަނީ ހަމައެކަނި ޓްރާންސިޓްގައި ކަމަށާއި، އެހެންނަމަވެސް މި އުސޫލުތަކާ ޚިލާފުވެ، ޓްރާންސިޓް މުއްދަތަށްވުރެ އިތުރަށް ބައެއް ފަތުރުވެރިން ގެސްޓްހައުސްތަކުގައި ތިބޭ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ގެސްޓް ހައުސްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ގާތުން ކުރަމުންދާއިރު، އެކަމަށް ހާއްސަ އިންސްޕެކްޝަން ޓީމެއް މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން މި އިންސްޕެކްޝަންތައް ކުރިއަށްގެންދާއިރު، ދެކުނު އޭޝިއާއިން އަންނަ ފަތުރުވެރިންނާގުޅޭ ކަންކަން ގާތުން ބައްލަވަމުންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވަނީ ވިދާޅުވެފައެވެ. ދެކުނު އޭޝިއާއިން އަންނަ ފަތުރުވެރިންނަށް ރާއްޖެ ބަންދުކޮށްފައި އޮތުމަށް ފަހު ހުޅުވާލީ ބުރާސްފަތި ދުވަހުއެވެ. ޓޫރިޒަމް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވަނީ ދެކުނު އޭޝިއާގެ ފަތުރުވެރިންނާގުޅޭ އިންތަކާއި މިންތައް ތަންފީޒު ކުރާމިންވަރު ބަލަން ހޮޓެލް/ގެސްޓްހައުސް ޓޫރިޒަމް ޓީމުން ޗެކުކުރަމުންދާނެ ކަމަށެވެ. އަދި ވިޔަފާރި ބަންދުކުރުމަކީ ހައްލެއް ނޫން ކަމަށާއި، އެގޮތަށް އެކަންކުރަން ބޭނުންފުޅުވެސް ނުވާ ކަމަށެވެ. ނަމަވެސް ކަންކަން ޗެކުކުރާއިރު، މިންގަނޑުތަކަށް ނުފެތޭ ނަމަ ބަންދުކުރުން ނޫން ގޮތެއް ވެސް ނޯންނާނެ ކަމަށެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ހުއްދަ ދީފައި މިވަނީ ޚާއްސަ އުސޫލެއްގެ ދަށުންނެވެ. އެސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހަމައެކަނި ރިސޯޓުތަކަށް ދިއުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާއިރު، ގެސްޓް ހައުސްތަކަށް ދިއުމުގެ ހުއްދަ ލިބިގެންދާނީ ޖުލައި 30ން ފެށިގެންނެވެ. އޭގެއިތުރުން ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ގެސްޓް ހައުސްތަކުގައި އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ.

އެގޮތުން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން، މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭނެ ކަމަށާއި، މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓް ހައުސްތަކުގައި ތިބެވޭނެކަމަށް ވަނީ ބުނެފައެވެ.

ގެސްޓް ހައުސްދެކުނު އޭޝިއާގެ ފަތުރުވެރިންމިނިސްޓްރީ އޮފް ޓުއަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

03 ޖުލައި 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު