Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެސްޓްހައުސްތަކަށް އެހީވުން

ފަތުރުވެރިކަމުގެ ދާއިރާގެ ކުދި ވިޔަފާރިތަކަށް އީޔޫއިން ދޫކުރާ ހިލޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

31 އޮގަސްޓުގެ ނިޔަލަށް އެހީއަށް އެދި ހުށަހެޅޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 11 ޖުލައި 2022 | ހޯމަ 08:22
ހުޅުމާލެ ގެސްޓްހައުސް

ހުޅުމާލެ ގެސްޓްހައުސް

ފަތުރުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ޔޫރަޕިއަން ޔޫނިއަނުން ހިންގާ "ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ދޭ ހިލޭ އެހީއަށް އެދެން ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން ބުނީ މި ހިލޭ އެހީއަށް އެދުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ ކުރިން ހުޅުވާލި މުއްދަތު ހަމަވީއިރުވެސް އެކަށީގެންވާ އަދަދެއްގެ ވިޔަފާރިތަކުން އެހީއަށް އެދިފައި ނުވާތީއެވެ. އެމްއެފްއެމްސީން ބުނީ ކުރިން ހުޅުވާލި މުއްދަތު ހަމަވީއިރު، އެހީއަށް އެދި ހުށަހަޅާފައިވަނީ މިއަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ވިޔަފާރިތަކުގެ ތެރެއިން އެންމެ 53 އިންސައްތަ ވިޔަފާރި ކަމަށެވެ. އަދިވެސް ޝަރުތު ހަމަވާ 47 އިންސައްތަށް ވިޔަފާރިވާއިރު، އެހީއަށް އެދުމުގެ ފުރުސަތު 31 އޮގަސްޓުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

Advertisement - newsAdvertisement

މި އެހީއަށް އެދި ހުށަހެޅޭނީ 100 އިންސައްތަ ދިވެހި ވިޔަފާރިތަކަށެވެ. ގެސްޓްހައުސްތަކާއި، ސަފާރީތަކަށްވެސް އެހީއަށް އެދެވޭނެއެވެ. އެ ވިޔަފާރިތަކަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު ނުވަތަ 2020 ވަނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކަށް ވާންޖެހެއެވެ. އެ ގެސްޓްހައުސްއެއް ނުވަތަ ސަފާރީއެއްގައި ގިނަވެގެން ހުންނަންޖެހެނީ 40 އެނދެއެވެ.

އެމްއެފްއެމްސީން ބުނީ މިހާތަނަށް 286 ގެސްޓްހައުސްއަކަށް އަދި 59 ސަފާރީއަށް އެހީ ދޫކުރެވިފައިވާކަމަށެވެ. ޖުމްލަ 13،078،540 (ތޭރަމިލިއަން ހަތްދިހައަށްހާސް ފައްސަތޭކަ ސާޅީސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިއީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ޚާއްސަކުރެވިފައިވާ އެހީއެކެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތު ކުރެވިފައިވާ އިގްތިސާދެއް ބިނާކުރުމަށް މަގުފަހިކުރުމެވެ. އެގޮތުން މިޕްރޮޖެކްޓްގެ ދަށުން ވިޔަފާރިތަކަށް ގްރާންޓުގެ ގޮތުގައި 1.4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 25 މިލިއަން ދިވެހި ރުފިޔާ) ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮޖެކްޓާ ގުޅިގެން މީގެ ކުރިން ބޭއްވި ހަފްލާއެއްގައި އީޔޫގެ ފަރާތުން ވާހަކަދައްކަވަމުން ހެޑް އޮފް ކޯޕޮރޭޝަން އެޓް ދަ އީޔޫ ޑެލިގޭޝަން ޓު ސްރީލަންކާ އެންޑް ދަ މޯލްޑިވްސް، ޖެނީ ކޮރެއިއާ ނޫންސް ފާހަގަކުރެއްވީ މިއީ ކޮވިޑް-19 ގެ ފުރަބަންދުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ކުދި ވިޔަފާރިތަކަށް އަމާޒުކުރެވިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ސަރުކާރުގެ އަމާޒެއްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރެވި، މިކަމުގައި މުޖްތަމައުގެ ބައިވެރިވުން އިތުރުކުރެވުމުގެ ސަބަބުން އެކަމުގެ ފައިދާ އެފަރާތްތަކަށް ލިބިގެންދާނެ ކަމަށް ޖެނީ ވިދާޅުވިއެވެ. އަދި މި އެހީއާއެކު ގެސްޓްހައުސްތަކާއި ސަފާރީތަކުން އެތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހެޔޮ އަގުތަކެއްގައި، މުޖްތަމައާއި ވީހަވެސް ކައިރިން ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަން ވެގެންދާނީ އެފަރާތްތަކަށް ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގުޅޭ މައުލޫމާތު ލިބިގެންދާނެ ފުރުސަތަކަށްކަމަށްވެސް ވިދާޅުވިއެވެ.

މި އެހީ އާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބު ހުސައިން ޒަމީރު ވިދާޅުވީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން އާރާސްތުކުރުމުގައި އިސް ދައުރެއް އަދާކުރި ޕްރޮޖެކްޓެއް ކަމަށެވެ.

މިޕްރޮޖެކްޓްގެ ޒަރިއްޔާއިން 600 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީ ފޯރުކޮށްދެވިގެންދާނެ ކަމަށް ލަފާކުރެވެއެވެ. މިގޮތުން އޮޕަރޭޓް ކުރުމުގެ ޞައްހަ ލައިސަންސެއް ޑިސެންބަރު 2019 ނުވަތަ ޖަނަވަރީ 2020 ނުވަތަ ފެބުރުވަރީ 2020 ގައި އޮތް ފަރާތްތަކަށް މިއެހީއަށް އެދި ހުށަހެޅުމަށް ޝަރުތުހަމަވާނެއެވެ.

މިއީ އީޔޫގެ ފަރާތުން ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އެހީތަކުގެ ތެރެއިން ހިމެނިގެން ދެވޭ އެހީއެކެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް ޚާއްސަކޮށް ފޯރުކޮށްދިން 1 މިލިއަން ޔޫރޯގެ ހިލޭ އެހީވެސް ހިމެނެއެވެ.

ގެސްޓް ހައުސްއިކޮނޮމިކް މިނިސްޓްރީޔޫރަޕިއަން ޔޫނިއަންރާއްޖޭގެ ފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ޕުޓިން، ހަންގޭރީ އަށް ވަޑައިގެންނެވުމަކީ ރީތި ކަމެއް ނޫން: ކާޖާ ކަލާސް

ޕުޓިން، ހަންގޭރީ އަށް ވަޑައިގެންނެވުމަކީ ރީތި ކަމެއް ނޫން: ކާޖާ ކަލާސް

21 އޮކްޓޯބަރު 2025
މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު

މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު