Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށީ ކައުންސިލް

ދީނާ ބީރައްޓެހި އަމަލު ހިންގާ ގެސްޓް ހައުސްތަކުގެ އެއްބަސްވުން ބާތިލްކުރާނެކަމަށް މާފުށީ ކައުންސިލުން ބުނެފި

ނަމާދު ގަޑިތަކުގައާއި ރޭގަނޑު 12:00ގެ ފަހުން، އަޑުގަދަކޮށް ބާރަށް ލަވަ ޖަހާ މައްސަލަ ފާހަގަކުރެވިފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 ނޮވެމްބަރު 2021 | ބުރާސްފަތި 15:35
މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށެއް

މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށެއް

ދީނާ ބީރައްޓެހި އަމަލު ހިންގާ ގެސްޓް ހައުސްތަކުގެ އެއްބަސްވުން ބާތިލްކުރާނެކަމަށް މާފުށީ ކައުންސިލުން ބުނެފިއެވެ.

މިކަން ހާމަކޮށް އެކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، އިސްލާމް ދީނާ ބީރައްޓެހި, ދީނުގެ އަސާސްތަކާއި މުޖުތަމައުގެ ރީތި އާދަކާދަތަކާއި މުޅިން ޚިލާފު ކަންކަން ކުރިޔަށް ގެންދާތީ ކަންބޮޑުވާ ކަމަށާއި، ރައްޔިތުންގެ ފަރާތުންވެސް ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި އެފަދަ އަމަލު ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެއްބަސްވުމުގައި, ޣައިރު ޤާނޫނީ އެއްވެސް މަސައްކަތެއް ނުވަތަ އެކަށީގެންނުވާ، ބޭއަދަބީ އެއްވެސް ބޭނުމަކަށް ބިން ބޭނުންކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް ކަންކަން ހިނގަނީ އެހެން ނޫންކަމަށް ކައުންސިލުންވަނީ ބުނެފައެވެ. ގިނަ ބިންތަކުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް, އިސްލާމީ މުޖުތަމައެއްގައި ކުރުމަށް ބަލައި ނުގަނެވޭނެފަދަ އަމަލުތައް ހިންގަމުން އަންނަކަމުގެ ޝަކުވާ ރަށުގެ އާންމު ރައްޔިތުންގެ ފަރާތުންލިބި، ކައުންސިލަށްވެސް އެކަން ފާހަގަކުރެވިފައިވާ ކަމަށް އިއުލާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ނަމާދު ގަޑި ތަކުގަޔާއި ރޭގަނޑު 12:00ގެ ފަހުން އަޑުގަދަކޮށް ބާރަށް ލަވަ ޖަހާ މައްސަލައާއި، ކައުންސިލްގެ ހުއްދަ ނެތި, ބިންތަކާއި އިންވެގެންވާ މަގުތައް ބަންދުކޮށް އެތަނުގައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި، އިސްލާމް ދީނާއި ދިވެހި ސަގާފަތާ ފުށުއަރާފަދަ ޣައިރު މުސްލިމުންގެ ދީންތަކާގުޅޭ ދުވަސްތައް ފާހަގަކުރުމާއި، އިސްލާމީ ރިވެތި އަޚްލާގުގެ ބޭރުން އަމަލުކުރަމުން އަންނަކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

މާފުށީ ކައުންސިލުން ބުނީ, ބިންތައް ކުއްޔަށް ދީފައިވާ އެއްބަސްވުމާ ޚިލާފަށް ބިންތަކުގައި ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓާލުމަށާއި، ބިން ދޫކޮށްފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމެއް ބިމުގައި ކުރަންވާނީ ކައުންސިލަށް ލިޔުމުން ހުށަހަޅައި ލިޔުމުން ހުއްދަ ހޯދައިގެންކަމަށެވެ. މިނޫން ގޮތަކަށް ބިންތައް ބޭނުންކުރާނަމަ, އެއްބަސްވުމުގެ 11 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެއްބަސްވުން ބާތިލްކުރާނެކަމަށެވެ.

ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުންދާ މާފުއްޓަކީ ފަތުރުވެރިންނާއި ދިވެހިންވެސް ގިނައަދަދަކަށް ޒިޔާރަތްކުރާ ރަށެކެވެ. އެރަށުގެ އާމްދަނީގެ ބޮޑު ހިއްސާއެއްވެސް އަދާކުރަނީ ލޯކަލް ޓޫރިޒަމެވެ.

މާފުށިގެސްޓް ހައުސްރަށު ފަތުރުވެރިކަން

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2025

މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި

24 އޮކްޓޯބަރު 2025
މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި
12 އޮކްޓޯބަރު 2025

"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"

12 އޮކްޓޯބަރު 2025
"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"
11 އޮކްޓޯބަރު 2025

މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު

11 އޮކްޓޯބަރު 2025
މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު
07 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި

07 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި
22 އޯގަސްޓު 2025

ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން، ސަފާރީ އެއް ބާއްވައިގެން ރާ ވިއްކާ, ރާ ދީ ހަދާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 އޯގަސްޓު 2025
ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން، ސަފާރީ އެއް ބާއްވައިގެން ރާ ވިއްކާ, ރާ ދީ ހަދާ ކަމަށް ރައީސް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު