Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެސްޓްހައުސް ސަސްޕެންޑްކުރުން

ގަވާއިދާ ޚިލާފުވި 3 ގެސްޓް ހައުސްއެއް ސަސްޕެންޑްކޮށް، އިތުރު 3 ތަނަކަށް އިންޒާރުދީފި

17 ޖުލައި 2021 | ހޮނިހިރު 14:00

ސައުތު އޭޝިއާއިން އަންނަ ފަތުރުވެރިންނަށް ހުއްދަ ދީފައިވަނީ ރިސޯޓުތަކާއި ސަފާރީތަކަށް ދިއުމުގެ ހުއްދަ އެކަނި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ޖުލައި 2021 | ހޮނިހިރު 14:00
ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުޞޫމް

ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުޞޫމް

ގަވާއިދާ ޚިލާފުވި ތިން ގެސްޓް ހައުސްއެއް ސަސްޕެންޑްކޮށް، އިތުރު ތިން ތަނަކަށް އިންޒާރުދީފިއެވެ.

ސައުތު އޭޝިއާއިން އަންނަ ފަތުރުވެރިންނަށް، ރިސޯޓުތަކާއި ސަފާރީތަކަށް ދިއުމުގެ ހުއްދަ ދީފައިވާއިރު، ގެސްޓް ހައުސްތަކުގައި ތިބުމުގައި ހުއްދަ ދީފައިވަނީ ހަމައެކަނި ޓްރާންސިޓްގައި ކަމަށާއި، އެހެންނަމަވެސް މި އުސޫލުތަކާ ޚިލާފުވެ، ޓްރާންސިޓް މުއްދަތަށްވުރެ އިތުރަށް ބައެއް ފަތުރުވެރިން ގެސްޓްހައުސްތަކުގައި ތިބޭ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މި އިންސްޕެކްޝަންގައި، ގްރޭޓަރ މާލެ ސަރަހައްދުގައި ހިންގަމުން އަންނަ ތިން ގެސްޓް ހައުސްއެއް ސަސްޕެންޑްކޮށް، އިތުރު ތިން ތަނަކަށް އިންޒާރުދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މި އިންސްޕެކްޝަންތައް ކުރިއަށް އޮތް ދެ ހަފްތާއަށް ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓްރީން މި އިންސްޕެކްޝަންތައް ކުރިއަށްގެންދާއިރު، ސައުތު އޭޝިއަން ޓޫރިސްޓުންނާގުޅޭ ކަންކަން ގާތުން ބައްލަވަމުންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުޞޫމް ވަނީ ވިދާޅުވެފައެވެ. ސައުތު އޭޝިއާއިން އަންނަ ފަތުރުވެރިންނަށް ރާއްޖެ ބަންދުކޮށްފައި އޮތުމަށް ފަހު ހުޅުވާލީ ބުރާސްފަތި ދުވަހުއެވެ. ޓޫރިޒަމް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސައުތު އޭޝިއަން ޓޫރިސްޓުންނާގުޅޭ އިންތަކާއި މިންތައް ތަންފީޒު ކުރާމިންވަރު ބަލަން ހޮޓެލް/ގެސްޓްހައުސް ޓޫރިޒަމް ޓީމުން ޗެކުކުރަމުންދާނެ ކަމަށެވެ. އަދި ވިޔަފާރި ބަންދުކުރުމަކީ ހައްލެއް ނޫން ކަމަށާއި، އެގޮތަށް އެކަންކުރަން ބޭނުންފުޅުވެސް ނުވާ ކަމަށެވެ. ނަމަވެސް ކަންކަން ޗެކުކުރާއިރު، މިންގަނޑުތަކަށް ނުފެތޭ ނަމަ ބަންދުކުރުން ނޫން ގޮތެއް ވެސް ނޯންނާނެ ކަމަށެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ހުއްދަ ދީފައި މިވަނީ ޚާއްސަ އުސޫލެއްގެ ދަށުންނެވެ. އެސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހަމައެކަނި ރިސޯޓުތަކަށް ދިއުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާއިރު، ގެސްޓް ހައުސްތަކަށް ދިއުމުގެ ހުއްދަ ލިބިގެންދާނީ ޖުލައި 30ން ފެށިގެންނެވެ. އޭގެއިތުރުން ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ގެސްޓް ހައުސްތަކުގައި އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ.

އެގޮތުން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން، މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭނެ ކަމަށާއި، މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓް ހައުސްތަކުގައި ތިބެވޭނެކަމަށް ވަނީ ބުނެފައެވެ.

ގެސްޓް ހައުސްމިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ޖުލައި 2025

ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

03 ޖުލައި 2025
ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް