Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒުވާނަކު މަރުވުން

ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މަރުވެފައި އޮއްވާ ފެނުނީ ނ. ވެލިދޫ، ފެހިވިލާގެ އިބްރާހިމް ސިފާދު (32އ)

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖުލައި 2025 | ބުރާސްފަތި 07:03
މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑު ފުލުހުން ބޮޑީ ބޭގަކަށް ލައިގެން ގެންދަނީ

މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑު ފުލުހުން ބޮޑީ ބޭގަކަށް ލައިގެން ގެންދަނީ

ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެ ޒުވާނާ މަރުވެފައި އޮއްވާ ފެނުނީ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މާލޭގެ ގަލޮޅުގައި ހުރި ދުވަހު ކުއްޔަށް ކޮޓަރިއެއްގެ ތެރެއިންނެވެ. އެއީ ގާތްގަނޑަކަށް ދަންވަރު 2:15 ހާއިރުއެވެ.

Advertisement - newsAdvertisement

އަދި އޭނާ މަރުވެފައި އޮތީ ކޮޓަރީގެ ފާހާނާ ތެރޭގައެވެ. އަދި އެނާ މަރުވެފައި އޮތްކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުމާއެކު ފުލުހުން އެތަނުގައި ހަރަކާތްތެރިވެފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ނ. ވެލިދޫ، ފެހިވިލާގެ އިބްރާހިމް ސިފާދު (32އ) އެވެ. ނަމަވެސް މި މަރާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައި ނުވެއެވެ. އޭނާ ފެނުނު އިރު އޮތީ ހަށިގަނޑު ހަރުވެފައެވެ. އޭނާ އެ ގެސްޓް ހައުސްއިން ކޮޓަރިއެއް ކުއްޔަށް ނެގީ އަންގާރަ ދުވަހުއެވެ. އަދި ބުދަ ދުވަހުގެ ހެނދުނު ވެސް އޭނާ ގެސްޓް ހައުސްގައި އުޅުނު ކަމަށް މައުލޫމާތު ލިބުނެވެ.

ނަމަވެސް ފަހުން ހަބަރެއް ނުވެގެން އޭނާ ކުއްޔަށް ނެގި ކޮޓަރިއަށް ވަތް އިރު ފާހާނައިގައި ހަބަރު ހުސްވެފައި އޮއްވާ ފެނުމުން ގެސްޓް ހައުސް އިން އޭނާގެ މައުލޫމާތު ފުލުހުންނަށް ދިނެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ޒުވާން މަރުވުންގެސްޓް ހައުސްފާހާނާވެލިދޫ ޒުވާންފުލުހުންގެ ތަހުގީގު

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2022

ގެސްޓްހައުސް ވިޔަފާރި ފުޅާވެ، 855 ގެސްޓްހައުސް އޮޕަރޭޝަންގައި

18 އޮކްޓޯބަރު 2022
ގެސްޓްހައުސް ވިޔަފާރި ފުޅާވެ، 855 ގެސްޓްހައުސް އޮޕަރޭޝަންގައި
11 ޖުލައި 2022

ފަތުރުވެރިކަމުގެ ދާއިރާގެ ކުދި ވިޔަފާރިތަކަށް އީޔޫއިން ދޫކުރާ ހިލޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

11 ޖުލައި 2022
ފަތުރުވެރިކަމުގެ ދާއިރާގެ ކުދި ވިޔަފާރިތަކަށް އީޔޫއިން ދޫކުރާ ހިލޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
24 މާރިޗު 2022

އީޔޫގެ ފަރާތުން ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކަށް ހިލޭ އެހީ ފޯރުކޮށްދީފި

24 މާރިޗު 2022
އީޔޫގެ ފަރާތުން ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކަށް ހިލޭ އެހީ ފޯރުކޮށްދީފި
06 ޖެނުއަރީ 2022

ގެސްޓްހައުސް ހިންގަމުންދާ ގިނަ ރަށްރަށުގެ ކައުންސިލްތަކުން އުސޫލުތައް ތަންފީޒު ކުރޭ: އެލްޖީއޭ

06 ޖެނުއަރީ 2022
ގެސްޓްހައުސް ހިންގަމުންދާ ގިނަ ރަށްރަށުގެ ކައުންސިލްތަކުން އުސޫލުތައް ތަންފީޒު ކުރޭ: އެލްޖީއޭ
04 ނޮވެމްބަރު 2021

ދީނާ ބީރައްޓެހި އަމަލު ހިންގާ ގެސްޓް ހައުސްތަކުގެ އެއްބަސްވުން ބާތިލްކުރާނެކަމަށް މާފުށީ ކައުންސިލުން ބުނެފި

04 ނޮވެމްބަރު 2021
ދީނާ ބީރައްޓެހި އަމަލު ހިންގާ ގެސްޓް ހައުސްތަކުގެ އެއްބަސްވުން ބާތިލްކުރާނެކަމަށް މާފުށީ ކައުންސިލުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު