Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގެސްޓްހައުސްތަކަށް އެހީވުން

އީޔޫގެ ފަރާތުން ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކަށް ހިލޭ އެހީ ފޯރުކޮށްދީފި

ގެސްޓްހައުސްތަކަށް ގާތްގަނޑަކަށް 36 މިލިއަން ރުފިޔާ ހަދިޔާކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 މާރިޗު 2022 | ބުރާސްފަތި 08:39
އީޔޫއިން ގެސްޓްހައުސްތަކަށް އެހީވުން

އީޔޫއިން ގެސްޓްހައުސްތަކަށް އެހީވުން

ޔޫރަޕިއަން ޔޫނިއަންގެ "ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ގިނަ އަދަދެއްގެ ގެސްޓްހައުސްތަކަށް ހިލޭ އެހީ ފޯރުކޮށްދީފިއެވެ.

މި ހިލޭ އެހީ ފޯރުކޮށްދީފައިވަނީ ޔޫރަޕިއަން ޔޫނިއަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ޕްރައިވެޓް ސެކްޓަރ ވިޔަފާރިތަކުގެ ބައިވެރިވުމާއެކު ތުލުސްދޫގައި ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާގައި އީޔޫއިން ވަނީ ގާތްގަނޑަކަށް 36 މިލިއަން ދިވެހި ރުފިޔާ ގެސްޓްހައުސްތަކަށް ހަދިޔާކޮށްފައެވެ. މިއީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ޚާއްސަކުރެވިފައިވަ އެހީއެކެވެ.

މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތު ކުރެވިފައިވާ އިގްތިސާދެއް ބިނާކުރުމަށް މަގުފަހިކުރުމެވެ. އެގޮތުން މިޕްރޮޖެކްޓްގެ ދަށުން ވިޔަފާރިތަކަށް ގްރާންޓުގެ ގޮތުގައި 1.4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 25 މިލިއަން ދިވެހި ރުފިޔާ) ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މިހާތަނަށް މިއެހީ 219 ފަރާތަކަށް ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 181 ގެސްޓްހައުސްގެ އިތުރުން 38 ސަފާރީއެވެ.

އީޔޫގެ ފަރާތުން ވާހަކަދައްކަވަމުން ހެޑް އޮފް ކޯޕޮރޭޝަން އެޓް ދަ އީޔޫ ޑެލިގޭޝަން ޓު ސްރީލަންކާ އެންޑް ދަ މޯލްޑިވްސް، ޖެނީ ކޮރެއިއާ ނޫންސް ފާހަގަކުރެއްވީ މިއީ ކޮވިޑް-19 ގެ ފުރަބަންދުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ކުދި ވިޔަފާރިތަކަށް އަމާޒުކުރެވިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ސަރުކާރުގެ އަމާޒެއްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރެވި، މިކަމުގައި މުޖްތަމައުގެ ބައިވެރިވުން އިތުރުކުރެވުމުގެ ސަބަބުން އެކަމުގެ ފައިދާ އެފަރާތްތަކަށް ލިބިގެންދާނެ ކަމަށް ޖެނީ ވިދާޅުވިއެވެ. އަދި މި އެހީއާއެކު ގެސްޓްހައުސްތަކާއި ސަފާރީތަކުން އެތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހެޔޮ އަގުތަކެއްގައި، މުޖްތަމައާއި ވީހަވެސް ކައިރިން ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަން ވެގެންދާނީ އެފަރާތްތަކަށް ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގުޅޭ މައުލޫމާތު ލިބިގެންދާނެ ފުރުސަތަކަށްކަމަށްވެސް ވިދާޅުވިއެވެ.

މި އެހީ އާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބު ހުސައިން ޒަމީރު ވިދާޅުވީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން އާރާސްތުކުރުމުގައި އިސް ދައުރެއް އަދާކުރި ޕްރޮޖެކްޓެއް ކަމަށެވެ.

މިޕްރޮޖެކްޓްގެ ޒަރިއްޔާއިން 600 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީ ފޯރުކޮށްދެވިގެންދާނެ ކަމަށް ލަފާކުރެވެއެވެ. މިގޮތުން އޮޕަރޭޓް ކުރުމުގެ ޞައްހަ ލައިސަންސެއް ޑިސެންބަރު 2019 ނުވަތަ ޖަނަވަރީ 2020 ނުވަތަ ފެބުރުވަރީ 2020 ގައި އޮތް ފަރާތްތަކަށް މިއެހީއަށް އެދި ހުށަހެޅުމަށް ޝަރުތުހަމަވާނެއެވެ.

މިއީ އީޔޫގެ ފަރާތުން ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އެހީތަކުގެ ތެރެއިން ހިމެނިގެން ދެވޭ އެހީއެކެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް ޚާއްސަކޮށް ފޯރުކޮށްދިން 1 މިލިއަން ޔޫރޯގެ ހިލޭ އެހީވެސް ހިމެނެއެވެ.

މިހަފްލާގައި ޑެލިގޭޝަން އޮފް ދަ ޔޫރަޕިއަން ޔޫނިއަން ޓު ސްރީލަންކާ އެންޑް މޯލްޑިވްސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް، ގެސްޓްހައުސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އަދި ކ.ތުލުސްދޫ ކައުންސިލްގެ ފަރާތުން ބައިވެރިވިއެވެ. މިޕްރޮޖެކްޓުގެ ތަންފީޒީ އިދާރާއަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނެވެ.

ގެސްޓް ހައުސްއިކޮނޮމިކް މިނިސްޓްރީޔޫރަޕިއަން ޔޫނިއަން

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
21 އޮކްޓޯބަރު 2025

ޕުޓިން، ހަންގޭރީ އަށް ވަޑައިގެންނެވުމަކީ ރީތި ކަމެއް ނޫން: ކާޖާ ކަލާސް

21 އޮކްޓޯބަރު 2025
ޕުޓިން، ހަންގޭރީ އަށް ވަޑައިގެންނެވުމަކީ ރީތި ކަމެއް ނޫން: ކާޖާ ކަލާސް
30 ސެޕްޓެމްބަރު 2025

މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު

30 ސެޕްޓެމްބަރު 2025
މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު
11 ސެޕްޓެމްބަރު 2025

އިސްރާއީލާ ދެކޮޅަށް، އީޔޫ އިން ފިޔަވަޅު އެޅުމަށް ތާއީދު ކުރަން ޖަރުމަނުން ތައްޔާރު

11 ސެޕްޓެމްބަރު 2025
އިސްރާއީލާ ދެކޮޅަށް، އީޔޫ އިން ފިޔަވަޅު އެޅުމަށް ތާއީދު ކުރަން ޖަރުމަނުން ތައްޔާރު
06 ސެޕްޓެމްބަރު 2025

ޣައްޒާ ހަނގުރާމައާ ގުޅިގެން، އީޔޫ އިން ޒިންމާ އަދާ ނުކުރާ ކަމަށް ބެލްޖިއަމްގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ

06 ސެޕްޓެމްބަރު 2025
ޣައްޒާ ހަނގުރާމައާ ގުޅިގެން، އީޔޫ އިން ޒިންމާ އަދާ ނުކުރާ ކަމަށް ބެލްޖިއަމްގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ
03 ސެޕްޓެމްބަރު 2025

ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ
02 ސެޕްޓެމްބަރު 2025

ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

02 ސެޕްޓެމްބަރު 2025
ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި
30 އޯގަސްޓު 2025

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު