Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެސްޓް ހައުސް އިންސްޕެކްޝަން

ގެސްޓްހައުސްއެއްގެ ސަސްޕެންޝަން ބާތިލްކޮށް، އިތުރު ތަނެއް ސަސްޕެންޑުކޮށްފި

21 ޖުލައި 2021 | ބުދަ 08:52

އެ ގެސްޓް ހައުސްގެ ސަސްޕެންޝަން ބާތިލުކުރީ ކަރަންޓީން ފެސިލިޓީއެއްކަން އެނގުމާ ގުޅިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 ޖުލައި 2021 | ބުދަ 08:52
މާފުށި ގެސްޓްހައުސްއެއް

މާފުށި ގެސްޓްހައުސްއެއް

ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދިޔަ ގެސްޓްހައުސް އިންސްޕެކްޝަންގައި މި މަހުގެ 19 ވަނަ ދުވަހު ސަސްޕެންޑުކުރި ގެސްޓްހައުސްގެ ސަސްޕެންޝަން ބާތިލްކޮށް، އިތުރު ތަނެއް ސަސްޕެންޑުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާއި އެޗްޕީއޭއާ ގުޅިގެން މިހާރު ކުރިއަށްގެންދާ ގެސްޓްހައުސް އިންސްޕެކްޝަނުން 4 ވަނައަށް ސަސްޕެންޑުކުރި ގެސްޓްހައުސްގެ ސަސްޕެންޝަން ބާތިލްކޮށްފައިވާކަމަށެވެ.

ހަތަރުވަނައަށް ސަސްޕެންޑުކުރި ގެސްޓްހައުސް ސަސްޕެންޑުކޮށްފައިވަނީ ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެ އައުމާ ގުޅިގެ އެކުލަވާލާފައިވާ އުސޫލާ ޚިލާފުވެ އެގައުމުގެ ފަތުރުވެރިންނަށް އެ ގެސްޓްހައުސްއިން ޚިދުމަތް ދިނުމުންނެވެ.

އައްސަދު ވިދާޅުވީ އެތަނަކީ ވޯކް ޕާމިޓުގައި ރާއްޖެ އެތެރެވާ ފަރާތްތައް ކަރަންޓީންކުރުމަށް އެޗްޕީއޭއިން ހުއްދަ ދީފައިވާ ތަނެއްކަމަށާއި، އެތަން ސަސްޕެންޑުކުރި އިރު އެކަން ނޭނގޭ ކަމަށެވެ.

އެއީ ކަރަންޓީން ފެސިލިޓީއެއްކަން އެނގުމާއެކު ސަސްޕެންޝަން އުވާލީ ކަމަށް އައްސަދު ވިދާޅުވިއެވެ. މިހާރު އެކަންތައް ބަލަމުންދަނީ އެޗްޕީއޭއިން ކަމަށާއި، އިތުރު ފިޔަވަޅެއް އަޅާނަމަ މިނިސްޓްރީއަށް އަންގާނެ ކަމަށް އައްސަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ މިހާރު އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން އެފަދަ ތަންތަނުގައި ވެސް ދެކުނު އޭޝިއާގެ ފަތުރުވެރިން ބޭތިއްބުމަކީ މަނާކަމެއް ކަމަށެވެ. މި އިންސްޕެކްޝަން އަދިވެސް ކުރިއަށްދާ ކަމަށާއި، އިންސްޕެކްޝަންއިން އިތުރު ގެސްޓްހައުސްއެއް ސަސްޕެންޑުކޮށްފައިވާ ކަމަށް އައްސަދު ވަނީ ވިދާޅުވެފައެވެ.

މި ގެސްޓްހައުސް ވެސް ސަސްޕެންޑުކޮށްފައިވަނީ ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޚިދުމަތް ދީގެން ކަމަށް އައްސަދު ވިދާޅުވިއެވެ. ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ހުއްދަ ދީފައި ވަނީ ޚާއްސަ އުސޫލެއްގެ ދަށުންނެވެ.

އެސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހަމައެކަނި ރިސޯޓުތަކަށް ދިއުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާއިރު، ގެސްޓް ހައުސްތަކަށް ދިއުމުގެ ހުއްދަ ލިބޭނީ ޖުލައި 30 އިން ފެށިގެންނެވެ. ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ގެސްޓް ހައުސްތަކުގައި އެކަންޏެވެ.

ގެސްޓް ހައުސްޓޫރިޒަމް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
03 ޖުލައި 2025

ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

03 ޖުލައި 2025
ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
20 ނޮވެމްބަރު 2023

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
15 ނޮވެމްބަރު 2023

ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ

15 ނޮވެމްބަރު 2023
ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ
30 އޮކްޓޯބަރު 2023

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި

30 އޮކްޓޯބަރު 2023
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި
07 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް

07 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް
06 އޮކްޓޯބަރު 2023

ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!

06 އޮކްޓޯބަރު 2023
ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!
04 އޮކްޓޯބަރު 2023

އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް

04 އޮކްޓޯބަރު 2023
އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް