Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓޫރިސްޓް އެކޮމޮޑޭޝަން ފެސިލިޓީ

ގެސްޓްހައުސް ވިޔަފާރި ފުޅާވެ، 855 ގެސްޓްހައުސް އޮޕަރޭޝަންގައި

ޖުމްލަ 1190 ޓޫރިސޓު އެކޮމޮޑޭޝަން ފެސިލިޓީއެއް އޮޕަރޭޝަންގައި އެބައޮތް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 18 އޮކްޓޯބަރު 2022 | އަންގާރަ 11:11
ހުޅުމާލެ ގެސްޓްހައުސްއެއް

ހުޅުމާލެ ގެސްޓްހައުސްއެއް

މީގެ މަދު އަހަރުތަކެއް ކުރިން ރާއްޖެއަށް ތައާރަފުވި ގެސްޓްހައުސް ވިޔަފާރިއާއެކު މިހާތަނަށް 855 ގެސްޓްހައުސްއެއް މިވަގުތު ހިންގަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު 1190 ޓޫރިސޓު އެކޮމޮޑޭޝަން ފެސިލިޓީއެއް ރާއްޖޭގައި ދަނީ ހިންގަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ގެސްޓްހައުސްތަކުންނެވެ. ދެވަނައަށް އެންމެ ގިނައީ ރިސޯޓުތަކެވެ. 164 ރިސޯޓެއް މިވަގުތު ހިންގަމުންދާއިރު، 155 ސަފާރީއެއް އޮޕަރޭޝަންގައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އަދި 3 ހޯމްސްޓޭއެއްގެ އިތުރުން 13 ހޮޓަލެއް މިވަގުތު ހިންގަމުންދެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ފެސިލިޓީތަކުގައި ޖުމްލަ 58،657 ބެޑް ކެޕޭސިޓީ އެބަހުރި ކަމަށެވެ. މިގޮތުން ރިސޯޓުތަކުގައި 40،147 އެނދު ހުރިއިރު، ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކުގައި 14،006 އެނދު އެބަހުރި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މީގެ އިތުރުން ސަފާރީތަކުގައި 2،872 އެނދު ހިމެނޭއިރު، ހޮޓާތަކުގައި 1،616 އެނދު އަދި ހޯމްސްޓޭތަކުގައި 16 އެނދު ހިމެނޭ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 1،270،425 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މި ހިނގާ އޮކްޓޯބަރުމަހުގެ 1 އިން 17 އާ ހަމައަށް އައިސްފައިވަނީ 79،805 ފަތުރުވެރިންކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް 4،381 ފަތުރުވެރިން އަންނަ ކަމަށް ވަނީ ރެކޯޑުކޮށްފައެވެ.

އަދިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ އިންޑިއާ މާކެޓުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރަޝިއާއިން އަންނަމުންދާއިރު، ތިންވަނައަށް އެންމެެ ގިނަ ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްގެސްޓް ހައުސް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ޖުލައި 2025

ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

03 ޖުލައި 2025
ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު