Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާނުގެ އެތައް މިލިއަން މީހުން މަގުތަކަށް ނުކުމެ ސަރުކާރަށް އޮތް ތާއީދު ދައްކާލައިފި

އިރާނުގެ ގިނަ ޕްރޮވިންސްތަކުގައި ރައްޔިތުން ބޮޑެތި އެއްވުންތައް ބާއްވައި ސަރުކާރަށް ތާއީދު ހާމަކޮށް ބޭރުގެ ނުފޫޒާ އެކު ހިންގާ ހަމަނުޖެހުންތަކާ ދެކޮޅަށް އަޑުއުފުލި. އިގްތިސާދީ ދަތިތަކާ ގުޅިގެން ފެށި ސުލްހަވެރި މުޒާހަރާތައް އެމެރިކާ އާއި އިޒްރޭލުގެ ހިތްވަރުދިނުމާ ގުޅިގެން ހަރުކަށި އަމަލުތަކަކަށް ބަދަލުވެ، އެ ގައުމުތަކުން މިކަމުގައި ސީދާ ބައިވެރިވަމުންދާ ކަމަށް އިރާނުން ތުހުމަތުކުރޭ. ސަރުކާރުގެ އިސްވެރިން ވަނީ ސުލްހަވެރި އިހުތިޖާޖުގެ ހައްގު އޮތްކަމަށް ގަބޫލުކުރާއިރު، ޓެރަރިޒަމަށް ހަރުކަށި ރައްދު ދޭނެ ކަމަށް ބުނެފަ.

ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 13:26
ތެހެރާނުގައި ސަރުކާރަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ބޭއްވި މުޒާހަރާގެ ތެރޭގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން (މ) މިނިވަންކަމާއެކު ހިންގަވަނީ.

ތެހެރާނުގައި ސަރުކާރަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ބޭއްވި މުޒާހަރާގެ ތެރޭގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން (މ) މިނިވަންކަމާއެކު ހިންގަވަނީ. | އެކްސް

އިރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް އޮތް ސާބިތު ތާއީދު ހާމަކުރުމަށާއި، ބޭރުގެ ނުފޫޒާއެކު އެ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އަޑުއުފުލުމަށް، އެ ގައުމުގެ އެކި ފަންތިތަކުގެ ރައްޔިތުން މުޅި ގައުމުގައި ބޮޑެތި އެއްވުންތަކެއް ބާއްވައިފި އެވެ.

ތެހެރާން ހިމެނޭހެން އިރާނުގެ ގިނަ ޕްރޮވިންސްތަކެއްގައި މި ހިނގާލުންތައް ފަށާފައިވަނީ ހޯމަ ދުވަހުގެ މެންދުރުފަހު ގައެވެ. 

ސަރުކާރުގެ އިސް އޮފިޝަލުން މި އެއްވުންތައް ސިފަކުރައްވާފައިވަނީ، ކުލީ ސިފައިންނާއި ޓެރަރިސްޓުން މެދުވެރިކޮށް ގައުމުގައި ބައިބައިވުން އުފެއްދުމަށް ދުޝްމަނުން ރާވަމުންދާ ރޭވުންތަކާ ދެކޮޅަށް ރައްޔިތުން ދައްކުވައިދިން އެއްބައިވަންތަކަމުގެ ވަރުގަދަ ހެއްކެއްގެ ގޮތުގަ އެވެ.

މިދިޔަ މަހު އިގްތިސާދީ ދަތިތަކާ ގުޅިގެން ބައެއް ވިޔަފާރިވެރިން ސުލްހަވެރި އިހުތިޖާޖުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، އެމެރިކާ އާއި އިޒްރޭލުގެ އިސްވެރިން މުޒާހަރާ ކުރާ މީހުންނަށް ހިތްވަރު ދީ ދިން ބަޔާންތަކާ ގުޅިގެން އެ ހަރަކާތްތައް ވަނީ ހަރުކަށި އަމަލުތަކަކަށް ބަދަލުވެފަ އެވެ. އިޒްރޭލާ ގުޅުން އޮންނަ ފާރިސީ ބަހުން ވާހަކަދައްކާ މީޑިއާތަކުން ވަނީ މި ހަމަނުޖެހުންތަކަށް ހިތްވަރުދީ، ގައުމުގެ އަމާންކަން ނަގާލުމަށް މަސައްކަތް ކޮށްފަ އެވެ.

އިރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުންގެ އިގްތިސާދީ ކަންބޮޑުވުންތަކަކީ ހައްގު ކަންބޮޑުވުންތަކެއް ކަމަށް ގަބޫލުކޮށް، އެކަންކަން ހައްލުކުރުމަށް ވައުދުވެފަ އެވެ. ހަމަ އެއާ އެކު، އެމެރިކާއިން އިރާނުގެ މަރުކަޒީ ބޭންކަށާއި ތެލުގެ ވިޔަފާރި އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކުގެ ބޭނުން ހިފައިގެން، ބޭރުގެ ނުފޫޒުތަކުން ހަމަނުޖެހުން އުފައްދާތީ އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.

އިރާނުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި، މި ހަމަނުޖެހުންތައް ހިންގާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެނީ އެމެރިކާ އާއި އިޒްރޭލުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވަނީ ހަމަނުޖެހުން ހިންގާ ފަރާތްތަކަށް ތާއީދުކުރައްވައި ވާހަކަދައްކަވާފަ އެވެ. އަދި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ވަނީ މިކަމުގައި އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑްގެ ބައިވެރިވުން އޮތްކަމަށް ދޭހަވާ ފަދަ ބަޔާންތަކެއް ނެރުއްވާފަ އެވެ.

އިރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައި ވަނީ، ގައުމުގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގާ ފަރާތްތަކުގެ ކުރިމަތީގައި ގައުމު ކުޑަކަކޫ ނުޖަހާނެ ކަމަށެވެ. އަދި ދުޝްމަނުންނާ ދެކޮޅަށް އެއްބައިވަންތަވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ރައީސް މަސްއޫދު ޕެޒެޝްކިއަން އާދީއްތަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އިހުތިޖާޖު ކުރުމާއި ހަމަނުޖެހުން ހިންގުމަކީ ތަފާތު ދެކަމެއް ކަމަށާއި، ގައުމުގެ ސަލާމަތްތެރިކަން ނަގާލުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އާންމު ރައްޔިތުން މެރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ އަމަލުތައް ހިންގާ މީހުންނަށް ތަމްރީނާއި އެހީތެރިކަން ދެނީ އެމެރިކާއާއި އިޒްރޭލުން ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގަލީބާފް ވެސް ވަނީ ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރުމުގެ ހައްގު ރައްޔިތުންނަށް އޮތް ނަމަވެސް، ހަތިޔާރު އެޅި ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ސާބިތުކަމާއެކު ތެދުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިރާނުގެ ޝަރުއީ ދާއިރާ އިން ވަނީ ބޭރުގެ ނުފޫޒާ އެކު ލޭއޮހޮރުވުމާއި ގެއްލުން ދިނުމުގައި ބައިވެރިވާ ފަރާތްތަކަށް އެއްވެސް ރަހުމެއް ނެތި ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެފަ އެވެ.

ހޯމަ ދުވަހުގެ އެއްވުންތަކުގެ ބައިވެރިން ބުނެފައި ވަނީ، އެމީހުން ތިބީ އިސްލާމީ ޖުމްހޫރިއްޔާ އާއި ރޫހާނީ ލީޑަރުގެ ފަހަތުގައި ސާބިތުކަމާއެކު ކަމަށާއި، ދުޝްމަނުންނަށް ގައުމުގެ ހަމަޖެހުން ނަގާލުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

މަސްދަރު: ޕްރެސް ޓީވީ

އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީމަސްޢޫދު ޕެޒެޝްކިއަންއީރާން-އެމެރިކާ-އިޒްރޭލްއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންޑަނުގައި ހުންނަ އީރާނު އެމްބަސީ ގައި ނަގާފައި ހުރި އެ ގައުމުގެ ރަސްމީ ދިދަ ބަދަލު ކުރި މައްސަލައިގައި އިނގިރޭސި ސަފީރު އީރާނުގެ ޚާރިޖިއްޔާ އަށް ހާޒިރު ކޮށްފި

ލަންޑަނުގައި ހުންނަ އީރާނު އެމްބަސީ ގައި ނަގާފައި ހުރި އެ ގައުމުގެ ރަސްމީ ދިދަ ބަދަލު ކުރި މައްސަލައިގައި އިނގިރޭސި ސަފީރު އީރާނުގެ ޚާރިޖިއްޔާ އަށް ހާޒިރު ކޮށްފި

12 ޖެނުއަރީ 2026
ގައުމުގެ ހާލަތު އޮތީ "ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ގައުމުގެ ހާލަތު އޮތީ "ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

12 ޖެނުއަރީ 2026
އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަނުމާ ދެކޮޅުކަން ޗައިނާ އިން ހާމަކޮށްފި

އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަނުމާ ދެކޮޅުކަން ޗައިނާ އިން ހާމަކޮށްފި

12 ޖެނުއަރީ 2026
އެމެރިކާގައި އީރާާން އަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގެ ތެރެއަށް ވެހިކަލެއް ވަނުމުން، ޑްރައިވަރަށް ހަމަލާ ދޭން މަސައްކަތް ކޮށްފި

އެމެރިކާގައި އީރާާން އަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގެ ތެރެއަށް ވެހިކަލެއް ވަނުމުން، ޑްރައިވަރަށް ހަމަލާ ދޭން މަސައްކަތް ކޮށްފި

12 ޖެނުއަރީ 2026
އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ

އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ

12 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު