Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތެހެރާން

އީރާނުގެ މުޒާހަރާ ކުރާ މީހުން ތެހެރާނުގައި 25 މިސްކިތް، އިސްފަހާންގައި 10 މިސްކިތް އަންދާލައިފި، މީގެ ތެރޭގައި ތާރީޚީ މިސްކިތެއް ކަމަށްވާ މަސްޖިދު އަބޫޒަރު ހިމެނޭ

އީރާނުގެ ހަމަނުޖެހުންތަކުގައި 30 އަށް ވުރެ ގިނަ މިސްކިތްތަކުގައި ރޯކޮށްލާފައިވާއިރު، ހޮސްޕިޓަލްތަކާއި ބޭންކްތަކަށް ގެއްލުންދީ، ފުލުހުންގެ މަރުކަޒުތަކަށް ހަމަލާދީފައިވޭ. މި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ 30 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ތުއްތު ކުއްޖަކުވެސް މި ހަދިސާގައި މަރުވެފައިވޭ.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 12:06
އީރާނުގައި ކުރިއަށްދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި 30 އަށް ވުރެ ގިނަ މިސްކިތުގައި ރޯކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

އީރާނުގައި ކުރިއަށްދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި 30 އަށް ވުރެ ގިނަ މިސްކިތުގައި ރޯކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ | އެކްސް

އީރާނުގައި ހިނގަމުންދާ ސަރުކާރާ ދެކޮޅު ހަމަނުޖެހުންތަކުގައި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށާއި، އޭގެ ތެރޭގައި 30ށް ވުރެ މިސްކިތް ރޯކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އީރާނުގެ ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން ތެހެރާނުގެ މޭޔަރު އަލީރޭޒާ ޒަކާނީ ވިދާޅުވީ، މި ހަމަނުޖެހުންތަކުގައި ހޮސްޕިޓަލަކަށް ގެއްލުން ދީފައިވާއިރު، ސިއްޙީ ދެ މަރުކަޒަކާއި 26 ބޭންކަކުން ވައްކަންކޮށް މުދާތައް ފޭރިގަނެފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ތެހެރާނުގެ 25 މިސްކިތެއްގައި ހުޅުޖަހައި އަންދާލާފައިވާ ކަމަށާއި، ފުލުހުންގެ މަރުކަޒުތަކަށާއި އިސްލާމިކް ރިވެލިއުޝަނަރީ ގާޑް ކޯޕްސްގެ 'ބަސީޖް' މިލީޝިއާގެ މަރުކަޒުތަކަށް ވެސް ހަމަލާދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ހަމަނުޖެހުން ހިންގާ ފަރާތްތަކުން ވަނީ ސަރުކާރުގެ 10 އިމާރާތަކަށާއި، އަލިފާން ނިއްވާ 48 ލޮރީއަކަށާއި، 42 ބަހާއި އެމްބިއުލަންސްގެ އިތުރުން 24 އެޕާޓްމަންޓަކަށް ގެއްލުން ދީފަ އެވެ.

މި މުޒާހަރާތައް ފެށިފައިވަނީ 2025 ޑިސެމްބަރު 29 ވަނަ ދުވަހު، އީރާނުގެ ފައިސާ (ރިއާލް) ގެ އަގު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ތެހެރާނުގެ މެދުތެރޭގައި ވިޔަފާރިވެރިން ކުރަން ފެށި އިހުތިޖާޖުތަކަކުންނެވެ. 'ފާސް' ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުޒާހަރާކުރި ވިޔަފާރިވެރިން ވަނީ އެހެން ވިޔަފާރިވެރިން ވެސް ފިހާރަތައް ބަންދުކޮށް މި ހަރަކާތުގައި ބައިވެރިވުމަށް ގޮވާލާފަ އެވެ. ޑިސެމްބަރު 30 ގައި ތެހެރާނުގެ ޔުނިވަރސިޓީތަކުގެ ދަރިވަރުން މި ހަމަނުޖެހުންތަކާ ގުޅުނެވެ. އަދި ޖެނުއަރީ 2 ވަނަ ދުވަހު 'މެހެރު' ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި، އިލާމް ޕްރޮވިންސްގެ މަގުތަކުގައި މޫނު ނިވާކޮށްގެން ތިބި ހަތިޔާރު އެޅި ބަޔަކު ވަނީ ފެނިފަ އެވެ. ފަހަކަށް އައިސް، ހުޅަނގުގެ ޕްރޮވިންސްތަކުގައި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގާ ކުރިމަތިލުންތައް ވަނީ ކުރިއަށްވުރެ ވަރުގަދަވެފަ އެވެ.

އީރާނުގެ އިސްފަހާން ޕްރޮވިންސްގައި ބޭރުގެ ނުފޫޒާއެކު ހިންގި ހަމަނުޖެހުންތަކުގައި، ސަލާމަތީ ބާރުތަކުގެ 30 މީހަކު މަރުވެފައިވާކަން އެ ސަރަހައްދުގެ ގަވަރުނަރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އާދީއްތަ ދުވަހު ވާހަކަދައްކަވަމުން އަލީ އަހުމަދީ ވިދާޅުވީ، މަރުވި މީހުންގެ ޖަނާޒާގެ ކަންކަން ހޯމަ ދުވަހު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އަހުމަދީ އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ހަމަނުޖެހުންތަކުގައި އާންމުންގެ ތެރެއިން މަރުވި މީހުންގެ ތެރޭގައި ދެ މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެ އެވެ.

ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު، މި ހަމަނުޖެހުންތަކުގައި އާންމު މުދަލާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އޭގެ ތެރޭގައި އިސްފަހާނުގެ ދިހަ މިސްކިތެއްގައި ރޯކޮށްލުން ހިމެނެ އެވެ.

މީގެ އިތުރުން، ފާރްސް ޕްރޮވިންސްގައި ހިނގި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ މަދުވެގެން 12 މީހަކު މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ މާޓިއާސް ފައުންޑޭޝަންގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ބަޔާނީ ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚާއްސަ ފައުޖުތަކުގެ ކޮމާންޑަރ ޖެނެރަލް މަސްއޫދު މުދައްޤު ވިދާޅުވި ގޮތުގައި، އޭނާގެ ކޮމާންޑްގެ ދަށުން މަސައްކަތްކުރާ އަށް މީހަކުވެސް ވަނީ މި ހަމަނުޖެހުންތަކުގައި މަރުވެފަ އެވެ.

މަރުވި މީހުންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވާ ހޯމަ ދުވަހަކީ، މުޅި ގައުމުގައި ބޮޑު އެއްވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މި އެއްވުމަކީ، އީރާނުގެ ރައްޔިތުން އިގްތިސާދީ ދަތިތަކާ ގުޅިގެން ކުރަމުންދިޔަ މުޒާހަރާތަކުގެ ނާޖާއިޒު ފައިދާ ނަގައި، ބޭރުގެ ނުފޫޒުތަކާ ގުޅިގެން ހިންގަމުންދާ ޓެރަރިސްޓް ހަމަލާތަކާއި އަނިޔާވެރި އަމަލުތައް ކުށްވެރިކުރުމަށް ބާއްވާ އެއްވުމެކެވެ.

މި ހަމަނުޖެހުންތަކުގައި މަރުވި ސަލާމަތީ ބާރުތަކުގެ މީހުންނާއި އާންމުންގެ ޖުމްލަ އަދަދު އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، ގައުމުގެ އެކި ސަރަހައްދުތަކުގައި ހުންނަ ސިއްހީ މަރުކަޒުތަކަށާއި އެހީދޭ އިދާރާތަކަށް ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އެގޮތުން، އުތުރުގެ ގީލާން ޕްރޮވިންސްގައި ރެޑް ކްރެސެންޓްގެ ވޮލަންޓިއަރަކު މަރުވެފައިވާއިރު، އެކި ސަރަހައްދުތަކުން އެ އިދާރާގެ އިތުރު ފަސް މުވައްޒަފަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

އީރާނުގެ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވަމުން ގެންދަވަނީ، އިގްތިސާދީ ދަތިތަކާ ގުޅިގެން ކުރާ ސުލްހަވެރި މުޒާހަރާތަކަކީ ރައްޔިތުންގެ ހައްގެއް ކަމަށާއި އެކަންކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ. ނަމަވެސް، ހަމަނުޖެހުން ހިންގުމާއި ތަންތަނަށް ގެއްލުންދިނުން ފަދަ އަމަލުތަކަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

އޮފިޝަލުން ހާމަކުރި ގޮތުގައި، ހަމަނުޖެހުން ހިންގާ ފަރާތްތަކުން ވަނީ ތަކެތީގެ އަގުބޮޑުވުމާއި އީރާނުގެ ފައިސާގެ އަގު ވެއްޓުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކުގެ ނާޖާއިޒު ފައިދާ ނަގާފަ އެވެ. މި އިގްތިސާދީ މައްސަލަތަކަކީ އެމެރިކާ އިން އީރާނުގެ މަރުކަޒީ ބޭންކަށާއި ތެލުގެ އެކްސްޕޯޓަށް އަމާޒުކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކެއް ކަމަށް އީރާނުން ބުނެ އެވެ.

ސަލާމަތީ އަދި ޝަރުއީ ދާއިރާގެ އިސް ބޭފުޅުން ވަނީ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރި ހަތިޔާރު އެޅި ބައެއް ގްރޫޕްތައް އަތުލައިގަނެ، ބޭރުގެ ފަރާތްތަކާ ގުޅުން އޮންނަ ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި އަނިޔާވެރި އަމަލުތަކަށް އެމެރިކާ އާއި އިޒްރޭލުގެ އިސްވެރިން ވަނީ ހިތްވަރު ދެއްވާފަ އެވެ. އޭގެ ތެރޭގައި ޓްރަމްޕް ދެއްވި އިންޒާރުތަކާއި، އިޒްރޭލުގެ ޖާސޫސީ އިދާރާތަކުގެ ބައިވެރިވުން އޮތްކަމަށް ދޭހަވާ ގޮތަށް އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ދެއްވާފައިވާ ބަޔާންތައް ހިމެނެ އެވެ.

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ހުކުރު ދުވަހު ވިދާޅުވީ، ތަންތަނަށް ގެއްލުންދީ ހަމަނުޖެހުން ހިންގާ މީހުންގެ ކުރިމަތީގައި އީރާނުން ފަހަތަކަށް ނުޖެހޭނެ ކަމަށާއި، ބޭރުގެ ކުލީ ސިފައިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެއްވެސް ލުޔެއް ނުދެއްވާނެ ކަމަށެވެ.

އީރާން-އެމެރިކާއީރާން-އިޒްރޭލްއާޔަތުﷲ އަލީ ޚާމަނާއީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިރާނުން އިޒްރޭލާއި އެމެރިކާ ބޭސްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

އިރާނުން އިޒްރޭލާއި އެމެރިކާ ބޭސްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

11 ޖެނުއަރީ 2026
އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި

އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި

11 ޖެނުއަރީ 2026
ހަމަ ނުޖެހުންތަކަށް ފަހު އީރާނުގެ ސިޓީތަކަށް ހަމަޖެހުން އައިސްފި ކަމަށް ފުލުހުންގެ ތަރުޖަމާނު ހާމަ ކޮށްފި

ހަމަ ނުޖެހުންތަކަށް ފަހު އީރާނުގެ ސިޓީތަކަށް ހަމަޖެހުން އައިސްފި ކަމަށް ފުލުހުންގެ ތަރުޖަމާނު ހާމަ ކޮށްފި

10 ޖެނުއަރީ 2026
ދާޚިލީ ހަމަނުޖެހުންތަކާ ދެކޮޅަށް އީރާނުގެ އަސްކަރިއްޔާ އިން ގައުމުގެ ހައްގުގައި ސާބިތުކަމާއެކު ތިބޭނެ ކަމަށް ވައުދުވެއްޖެ

ދާޚިލީ ހަމަނުޖެހުންތަކާ ދެކޮޅަށް އީރާނުގެ އަސްކަރިއްޔާ އިން ގައުމުގެ ހައްގުގައި ސާބިތުކަމާއެކު ތިބޭނެ ކަމަށް ވައުދުވެއްޖެ

10 ޖެނުއަރީ 2026
ބޭރު ގައުމުތަކުގެ އެހީއާ އެކު އީރާނުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތަކެއް ބާއްވައިފި؛ ހަތިޔާރު އެޅި ޓެރަރިސްޓުންތަކެއް މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި

ބޭރު ގައުމުތަކުގެ އެހީއާ އެކު އީރާނުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތަކެއް ބާއްވައިފި؛ ހަތިޔާރު އެޅި ޓެރަރިސްޓުންތަކެއް މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު