Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ގައުމުން ފުރަން އަންގައިފި

13 ޖެނުއަރީ 2026 | އަންގާރަ 06:57

އެމެރިކާ ސަރުކާރުގެ އެހީތެރިކަމަކާ ނުލައި އެ ގައުމުން ފޭބުމުގެ އިންތިޒާމުތައް އަމިއްލަ އަށް ހަމަޖެއްސުމަށް އެމެރިކާގެ ރައްޔިތުންނަށް ވަނީ އިރުޝާދު ދީފަ.

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 06:57
އީރާނުގެ މުޒާހަރާއެއްގައި މަގު ބަންދުކޮށް މަގުމަތީގައި އެއްޗެހިތަކެއްގައި ރޯކޮށްލާފައި - ޖެނުއަރީ 9، 2026.

އީރާނުގެ މުޒާހަރާއެއްގައި މަގު ބަންދުކޮށް މަގުމަތީގައި އެއްޗެހިތަކެއްގައި ރޯކޮށްލާފައި - ޖެނުއަރީ 9، 2026. | ގެޓީ އިމޭޖަސް

އީރާނުގައި މިހާރު ހިނގަމުންދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ގުޅިގެންނާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ މެދު އަޅާނެ ފިޔަވަޅުތަކާ މެދު ގޮތްތަކެއް ނިންމަވަމުންދާ ދަނޑިވަޅެއްގައި، އެ ގައުމުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ގައުމުން ފޭބުމަށް އެމެރިކާ ސަރުކާރުން އަންގައިފި އެވެ.

"މިހާރުން މިހާރަށް އީރާނުން ފައިބާށެވެ،" އީރާނަށް ކަނޑައަޅާފައިވާ އެމެރިކާގެ ވަރޗުއަލް އެމްބަސީން ހޯމަ ދުވަހު ނެރުނު ސަލާމަތީ އިންޒާރެއްގައި ބުނެފައިވެ އެވެ. އަދި އެމެރިކާ ސަރުކާރުގެ އެހީތެރިކަމަކާ ނުލައި އެ ގައުމުން ފޭބުމުގެ އިންތިޒާމުތައް އަމިއްލަ އަށް ހަމަޖެއްސުމަށް އެމެރިކާގެ ރައްޔިތުންނަށް ވަނީ އިރުޝާދު ދީފައެވެ.

އެ އިންޒާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މުޅި އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ދަނީ އިތުރަށް ވަރުގަދަވަމުންނެވެ. އަދި މިކަމުގެ ސަބަބުން އަނިޔާވެރި އަމަލުތައް ހިނގައި، މީހުން ހައްޔަރުކުރުމާއި އަދި އަނިޔާވުން ފަދަ ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމާއި، މަގުތައް ބަންދުކުރުމާއި، ދަތުރުފަތުރުގެ ނިޒާމަށް ބުރޫއެރުމުގެ އިތުރުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލުން ފަދަ ކަންކަން މިހާރުވެސް ދަނީ ހިނގަމުންނެވެ.

އެމެރިކާގެ ރައްޔިތުންނަށް އިންޓަނެޓްގެ ހިދުމަތް މެދުކެނޑުން ކުރިއަށް އޮތް ތަނުގައި ވެސް ދިމާވާނެ ކަމަށް ބަލައި، މުއާސަލާތު ކުރުމުގެ އެހެން ގޮތްތައް ހޯދުމަށް ސަލާމަތީ އިންޒާރުގައި ލަފާދީފައިވެ އެވެ. އަދި ހާލަތު ތަންދޭ ނަމަ، އެއްގަމު މަގުން އަރްމީނިއާ ނުވަތަ ތުރުކީ މަގުން އީރާނުން ފޭބުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ.

އީރާނާއި އެމެރިކާގެ ދެ ގައުމުގެ ރައްޔިތުކަން އޮންނަ މީހުން އީރާނުން ފުރަން ވާނީ އީރާނުގެ ޕާސްޕޯޓުގައި ކަމަށް އެ އިންޒާރުގައި ބުނެފައިވެ އެވެ. ސަބަބަކީ އީރާނު ސަރުކާރުން ދެ ގައުމުގެ ރައްޔިތުކަން ގަބޫލުނުކުރާތީ އާއި، އެފަދަ ފަރާތްތަކާ މެދު އަމަލު ކުރާނީ ހަމައެކަނި އީރާނުގެ ރައްޔިތުންގެ ގޮތުގައި ކަމަށްވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

އީރާނުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް ސުވާލުކުރުމާއި، ހައްޔަރުކުރުމާއި، އަދި ބަންދުގައި ބެހެއްޓުމުގެ ބިރު ބޮޑު ކަމަށް އެމެރިކާއިން ބުނެ އެވެ. އެމެރިކާގެ ޕާސްޕޯޓެއް ދެއްކުމަކީ ނުވަތަ އެމެރިކާއާ ގުޅުމެއް އޮތްކަން ހާމަވުމަކީ، އީރާނުގެ ކަމާބެހޭ ފަރާތްތަކުން މީހަކު ހައްޔަރުކުރުމަށް ފުދޭ ސަބަބެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ އިންޒާރުގައި އިތުރަށް ބުނެފައިވަނީ، "އެ ގައުމުން ފޭބުމަށް ނިންމި ނަމަވެސް، ތިޔަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގާބިލުކަން އެމެރިކާ ސަރުކާރަށް ލިބިގެންނުވެ އެވެ. ގައުމުން ފޭބުމުގައި އަމަލުކުރަން ވާނީ އެއީ ރައްކާތެރި ގޮތެއް ކަމަށް ގަބޫލުކުރެވޭ ނަމަ އެކަންޏެވެ."

އެމެރިކާ އާއި އީރާނާ ދެމެދު ސީދާ ސިޔާސީ ނުވަތަ ކޮންސިއުލަރ ގުޅުމެއް ނޯވެ އެވެ. އޭގެ ބަދަލުގައި، އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ ސްވިޒަލޭންޑްގެ އެމްބަސީން ދަނީ އީރާނުގައިވާ އެމެރިކާގެ މަސްލަހަތުތައް ހިމާޔަތްކޮށްދޭ ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ.

އީރާން މުޒާހަރާއީރާން-އެމެރިކާއީރާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2026

އީރާނާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގާ ޤައުމުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ޓެރިފްގެ އިންޒާރަށް ޗައިނާ އިން ދެކޮޅުހަދައިފި

13 ޖެނުއަރީ 2026
އީރާނާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގާ ޤައުމުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ޓެރިފްގެ އިންޒާރަށް ޗައިނާ އިން ދެކޮޅުހަދައިފި
13 ޖެނުއަރީ 2026

އީރާނާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ކޮންމެ ގައުމަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެކްސް އެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

13 ޖެނުއަރީ 2026
އީރާނާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ކޮންމެ ގައުމަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެކްސް އެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި
12 ޖެނުއަރީ 2026

ހަމަނުޖެހުންތައް ހިނގި މުޒާހަރާތަކަށް ތާއީދު ކުރުމުން ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ އަދި އިނގިރޭސިވިލާތުގެ ޑިޕްލޮމެޓުން އީރާނުގެ ޚާރިޖީ ވުޒާރާ އަށް ހާޒިރުކޮށްފި

އީރާނުގެ ހަމަނުޖެހުންތަކުގެ ފަހަތުގައި ހުރި އެންމެ ފަހުގެ ރަސްގެފާނުގެ ދަރިކަލުން ޕަހްލަވީ އަދިވެސް ތަޚުތުގެ އުއްމީދުގައި!

12 ޖެނުއަރީ 2026
އީރާނުގެ ހަމަނުޖެހުންތަކުގެ ފަހަތުގައި ހުރި އެންމެ ފަހުގެ ރަސްގެފާނުގެ ދަރިކަލުން ޕަހްލަވީ އަދިވެސް ތަޚުތުގެ އުއްމީދުގައި!
12 ޖެނުއަރީ 2026

މުޒާހަރާތައް ކޮންޓްރޯލު ކުރަން ބާރުގެ ބޭނުން ކުރާތީ އީރާނަށް އިތުރު ދަތިކުރުމުގެ ފިޔަވަޅު ޔޫރަޕިއަން ޔޫނިއަން އިން އަޅަނީ

12 ޖެނުއަރީ 2026
މުޒާހަރާތައް ކޮންޓްރޯލު ކުރަން ބާރުގެ ބޭނުން ކުރާތީ އީރާނަށް އިތުރު ދަތިކުރުމުގެ ފިޔަވަޅު ޔޫރަޕިއަން ޔޫނިއަން އިން އަޅަނީ
12 ޖެނުއަރީ 2026

އީރާނުގެ އެތައް މިލިއަން މީހުން މަގުތަކަށް ނުކުމެ ސަރުކާރަށް އޮތް ތާއީދު ދައްކާލައިފި

12 ޖެނުއަރީ 2026
އީރާނުގެ އެތައް މިލިއަން މީހުން މަގުތަކަށް ނުކުމެ ސަރުކާރަށް އޮތް ތާއީދު ދައްކާލައިފި
12 ޖެނުއަރީ 2026

ލަންޑަނުގައި ހުންނަ އީރާނު އެމްބަސީ ގައި ނަގާފައި ހުރި އެ ގައުމުގެ ރަސްމީ ދިދަ ބަދަލު ކުރި މައްސަލައިގައި އިނގިރޭސި ސަފީރު އީރާނުގެ ޚާރިޖިއްޔާ އަށް ހާޒިރު ކޮށްފި

12 ޖެނުއަރީ 2026
ލަންޑަނުގައި ހުންނަ އީރާނު އެމްބަސީ ގައި ނަގާފައި ހުރި އެ ގައުމުގެ ރަސްމީ ދިދަ ބަދަލު ކުރި މައްސަލައިގައި އިނގިރޭސި ސަފީރު އީރާނުގެ ޚާރިޖިއްޔާ އަށް ހާޒިރު ކޮށްފި
12 ޖެނުއަރީ 2026

ގައުމުގެ ހާލަތު އޮތީ "ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

12 ޖެނުއަރީ 2026
ގައުމުގެ ހާލަތު އޮތީ "ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
12 ޖެނުއަރީ 2026

އެމެރިކާގައި އީރާާން އަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގެ ތެރެއަށް ވެހިކަލެއް ވަނުމުން، ޑްރައިވަރަށް ހަމަލާ ދޭން މަސައްކަތް ކޮށްފި

12 ޖެނުއަރީ 2026
އެމެރިކާގައި އީރާާން އަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގެ ތެރެއަށް ވެހިކަލެއް ވަނުމުން، ޑްރައިވަރަށް ހަމަލާ ދޭން މަސައްކަތް ކޮށްފި
12 ޖެނުއަރީ 2026

އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ

12 ޖެނުއަރީ 2026
އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް