Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

ހަމަ ނުޖެހުން ހިންގާ މީހުން ތަމްރީނު ކޮށްފައި ވަނީ ގައުމުން ބޭރުގެ ބަޔަކު: އީރާނުގެ ރައީސް

އިހުތިޖާޖަކީ ރައްޔިތުންގެ ހައްގެއް ނަމަވެސް، މިސްކިތްތަކުގައި އަލިފާން ރޯކުރުމާއި، ކީރިތި ގުރުއާންގެ މުސްހަފްތައް އަންދާލުމާއި، އާންމު މުދަލަށް ގެއްލުން ދިނުމަކީ އެމެރިކާ އާއި އިޒްރޭލުން ރާވައިގެން ހިންގާ ޖަރީމާތަކެއް ކަމަށް ވިދާޅުވެ ޕެޒެޝްކިއަން އިންޒާރު ދެއްވި.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 18:35
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން | ގެޓީ އިމޭޖަސް

އީރާނު ގައި ހިނގަމުންދާ މުޒާހަރާތަކުގައި ހަމަ ނުޖެހުން ހިންގާ މީހުން ތަމްރީނު ކޮށްފައިވަނީ ގައުމުން ބޭރުގެ ބަޔަކު ކަމަށް އީރާނުގެ ރައީސް ވިދާޅުވެއްޖެ އެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، އިހުތިޖާޖު ކުރުމަކީ ރައްޔިތުންނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށެވެ. ނަމަވެސް، އެމެރިކާ އާއި ޒަޔަނިސްޓް އިޒްރޭލުން ތަމްރީނުކޮށްގެން ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ހަރުކަށި ފަރާތްތަކާ ދުރުހެލިވުމަށް އެމަނިކުފާނު އީރާނުގެ ރައްޔިތުންނަށް ގޮވާލެއްވި އެވެ.

އާދިއްތަ ދުވަހު ދެއްވި ޓީވީ އިންޓަވިއުއެއް ގައި ޕެޒެޝްކިއަން ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ. އަދި ޖިންސީ، ނަސްލީ ތަފާތުކުރުމެއް ނެތި، އިންސާފުވެރިކަމާއެކު ދައުލަތުގެ އެހީތެރިކަން (ސަބްސިޑީ) ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވިޔަފާރިވެރިން ކުރި އިހުތިޖާޖުތަކަށް ފަހު އެފަރާތްތަކުގެ ޝަކުވާތައް ސަރުކާރަށް އަޑުއިވިފައިވާ ކަމަށާއި، ސަރުކާރުގެ ބައްދަލުވުންތަކުގައި ބައިވެރިވެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އެ ފަރާތްތަކަށް ދައުވަތު ދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން މިދަނީ ކޮންމެ ދުވަހަކު ވެސް އެ ފަރާތްތަކާ ވާހަކަދައްކަމުން،" އޭނާ އިތުރަށް ވިދާޅުވި އެވެ.

"ރައްޔިތުން ކުރާ އިހުތިޖާޖުތަކަކީ ހައްގު ކަންތައްތަކެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ ހައްގު ކަންބޮޑުވުންތަކަށް ސަރުކާރުން އަބަދުވެސް އިޖާބަދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ރައީސް ޕެޒެޝްކިއަން ފާހަގަކުރެއްވި ގޮތުގައި، ޖޫން 2025 ގައި ކުރިމަތިވި ހަނގުރާމައިގެ ދުވަސްވަރު ގައުމު ހަލަބޮލިކޮށްލުމަށް ނުކުޅެދުނު ދުޝްމަނުން، މިހާރު މަސައްކަތް ކުރަމުން ދަނީ އިގްތިސާދީ ދަތިތަކުގެ ބޭނުން ހިފައިގެން މަސްރަހު ގޯސްކުރުމަށެވެ. 

އިހުތިޖާޖަކީ ރައްޔިތުންގެ ހައްގެއް ނަމަވެސް، މިސްކިތްތަކުގައި އަލިފާން ރޯކުރުމާއި، ކީރިތި ގުރުއާންގެ މުސްހަފްތައް އަންދާލުމާއި، އާންމު މުދަލަށް ގެއްލުން ދިނުމަކީ އެމެރިކާ އާއި އިޒްރޭލުން ރާވައިގެން ހިންގާ ޖަރީމާތަކެއް ކަމަށް ވިދާޅުވެ ޕެޒެޝްކިއަން އިންޒާރު ދެއްވިއެވެ. ފަލަސްތީނުގެ ޣައްޒާ އާއި ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަން، އީރާނާ ދެކޮޅު ޔޫރަޕްގެ ގައުމުތަކަށް ވެސް ދިފާއެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ އެތެރެ އާއި ބޭރުގައި ދުޝްމަނުން ވަނީ ބައެއް މީހުން ތަމްރީނުކޮށް، ގައުމަށް ޓެރަރިސްޓުން ފޮނުވާފައި ކަމަށާއި، އެމީހުން ދަނީ މިސްކިތްތަކާއި ފިހާރަތަކުގައި ރޯކޮށް މީހުން މަރަމުން ކަމަށް ރައީސް ވިދާޅުވި އެވެ. "މި ކުށްވެރިންނަކީ އާންމު ރައްޔިތުންނެއް ނޫން، އަދި އެއީ އީރާނުގެ ބައެއް ވެސް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމު ބައިބައިކޮށް ހަލަބޮލިކޮށްލުމަށް ކުރާ މަސައްކަތްތަކާއި، މުސްހަފްތައް އަންދާލުން ފަދަ ނާތަހުޒީބު އަމަލުތަކަކީ އީރާނުގެ ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދަތިތަކާއެކު ވެސް ސަރުކާރުން އިގްތިސާދީ މައްސަލަތައް ހައްލުކުރާނެ ކަމުގެ ވައުދު އެމަނިކުފާނު ވެވަޑައިގެންނެވި އެވެ.

މީހުން މަރައި، އާންމު ތަންތަނުގައި ރޯކުރަމުންދާ ފަރާތްތަކާ ދެކޮޅަށް އީރާނުގެ ސަލާމަތީ ބާރުތަކުން ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް ރައީސް ޕެޒެޝްކިއަން ވިދާޅުވި އެވެ.

މަސްދަރު: ތަސްނިމް ނިއުސް އެޖެންސީ

މަސްޢޫދު ޕެޒެޝްކިއަންއީރާން-އެމެރިކާ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި

11 ޖެނުއަރީ 2026
އެމެރިކާ އިން އެހެން ޤައުމުތަކާ ދެކޮޅަށް ބޭނުންކުރާ އުކުޅުތައް އީރާނުގައި ވެސް ކާމިޔާބުވާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީ އެއް: އީރާނުގެ ރައީސް

އެމެރިކާ އިން އެހެން ޤައުމުތަކާ ދެކޮޅަށް ބޭނުންކުރާ އުކުޅުތައް އީރާނުގައި ވެސް ކާމިޔާބުވާނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީ އެއް: އީރާނުގެ ރައީސް

11 ޖެނުއަރީ 2026
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ހުޅުޖަހާ މީހާގެ ގައިގައި ވެސް އެންމެ ފަހުން ހުޅު ހިފާނެ ކަމަށް

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ހުޅުޖަހާ މީހާގެ ގައިގައި ވެސް އެންމެ ފަހުން ހުޅު ހިފާނެ ކަމަށް

11 ޖެނުއަރީ 2026
ދާޚިލީ ހަމަނުޖެހުންތަކާ ދެކޮޅަށް އީރާނުގެ އަސްކަރިއްޔާ އިން ގައުމުގެ ހައްގުގައި ސާބިތުކަމާއެކު ތިބޭނެ ކަމަށް ވައުދުވެއްޖެ

ދާޚިލީ ހަމަނުޖެހުންތަކާ ދެކޮޅަށް އީރާނުގެ އަސްކަރިއްޔާ އިން ގައުމުގެ ހައްގުގައި ސާބިތުކަމާއެކު ތިބޭނެ ކަމަށް ވައުދުވެއްޖެ

10 ޖެނުއަރީ 2026
މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟

މުޒާހަރާތަކާއި އެމެރިކާ އާއި އިޒްރޭލުގެ ރޭވުންތަކުން އީރާނުގެ ވެރިކަން ވެއްޓިދާނެތަ؟

09 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު