Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

މި ނަތީޖާ އާއެކު ޗެލްސީ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގައި. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 19 މެޗުން 30 ޕޮއިންޓާ އެކު. މި ސީޒަންގެ ލީގުގައި މިހާތަނަށް އަށް މެޗުން ޗެލްސީ މޮޅުވެފައިވާއިރު، ހަ މެޗު އެއްވަރުވެ އަދި ފަސް މެޗުން ވަނީ ބަލިވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 05:21
ޗެލްސީ އާއި ބޯންމައުތު ކުޅުނު މެޗުގެ ތެރެއިން

ޗެލްސީ އާއި ބޯންމައުތު ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ އެއްވަރުވެއްޖެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ބޯންމައުތުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޗެލްސީ އިން ފަހަތުން އަރައި ލީޑު ވެސް ނެގި އެވެ. ނަމަވެސް، އިތުރު ލަނޑެއް ޖަހައިގެން ބޯންމައުތު ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ބޯންމައުތުން ވަނީ ޗެލްސީ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޭވިޑް ބްރޫކްސް އެވެ. ނަމަވެސް، މެޗުގެ 15 ވަނަ މިނެޓުގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ކޯލް ޕާމާ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. 

އޭގެ ފަހުން މެޗުގެ 23 ވަނަ މިނެޓުގައި ދެ ވަނަ ލަނޑެއް ޖަހައިގެން ޗެލްސީ އިން ވަނީ ލީޑު ނަގައިފަ އެވެ. އަލެހާންދްރޯ ގާނާޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޗެލްސީ އަށް އެ ލަނޑު ޖަހައިދިނީ އެންޒޯ ފެނާންޑޭސް އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޖަސްޓިން ކްލައިވަޓް ވަނީ ބޯންމައުތުގެ ދެ ވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މި ނަތީޖާ އާއެކު ޗެލްސީ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 19 މެޗުން 30 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ލީގުގައި މިހާތަނަށް އަށް މެޗުން ޗެލްސީ މޮޅުވެފައިވާއިރު، ހަ މެޗު އެއްވަރުވެ އަދި ފަސް މެޗުން ވަނީ ބަލިވެފަ އެވެ. ޗެލްސީ އަތުން ހޯދި ޕޮއިންޓާ އެކު، 15 ވަނައިގައި ބޯންމައުތު އޮތީ 23 ޕޮއިންޓާ އެކު އެވެ.

މެޗު އެއްވަރުވެފައިވާއިރު، މެޗުގެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބައިވެރިވެފައި ނުވެ އެވެ. އޭނާ ގެ ބަދަލުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ، އެސިސްޓެންޓް ކޯޗު ވިލީ ކަބަލޭރޯ އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި މަރެސްކާ ބައިވެރި ނުވި ސަބަބާ ގުޅޭ ގޮތުން އެސިސްޓެންޓް ކޯޗު ބުނެފައި ވަނީ، ފާއިތުވި ދެ ދުވަހު ވެސް މަރެސްކާ އުޅުނީ ބަލިކޮށް ކަމަށާއި، ބަލި ޙާލަތު ހުރި ގޮތުން ބައްދަލުވުމުގައި ބައިވެރި ނުވަން ކޯޗު ނިންމީ ކަމަށެވެ. މެޗަށް ޗެލްސީ އިން ނިކުތީ މަރެސްކާގެ ރޭވުންތެރިކަމާ އެކު ކަމަށް ވިޔަސް، މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންގޮސްދިނުމަށް އޭނާ އެދިފައިވާ ކަމަށް އެސިސްޓެންޓް ކޯޗު ބުންޏެވެ.

ޗެލްސީގެ ނަތީޖާތައް ދަށްވެފައިވާއިރު، އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް އެ ޓީމު މޮޅުވެފައި ނުވެ އެވެ. ޗެލްސީގެ ނަތީޖާތައް ދަށްވަމުން އަންނާތީ، މަރެސްކާ އަށް އަންނަނީ ޕްރެޝަރު ވެސް ބޮޑު ވަމުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުޗެލްސީބޯންމައުތު

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި

ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި

28 ޑިސެމްބަރު 2025
ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި

ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި

28 ޑިސެމްބަރު 2025
ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

27 ޑިސެމްބަރު 2025
ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

22 ޑިސެމްބަރު 2025
އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު