Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަކޮންޓިނެންޓަލް ކަޕް

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

މިއާ އެކު ޕީއެސްޖީ ވެގެން ގޮސްފައި ވަނީ ކަލަންޑަރު އަހަރެއްގައި ހަ ތަށި ކާމިޔާބު ކޮށްފައިވާ ތިން ވަނަ ޓީމަށެވެ. މީގެ ކުރިން ބާސެލޯނާ އަދި ބަޔާން މިއުނިކް އިން ވަނީ ކަލަންޑަރު އެއް އަހަރެއްގައި ހަ ތަށި ކާމިޔާބު ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 06:04
ޕީއެސްޖީ އިން އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކުރުމަށް ފަހު ތަށި އުފުލާލަނީ

ޕީއެސްޖީ އިން އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކުރުމަށް ފަހު ތަށި އުފުލާލަނީ

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ތާރީޚު ގެ ތެރެއިން ޖާގަ ހޯދައިފި އެވެ. 

ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ޕީއެސްޖީ އިން ކާމިޔާބު ކުރީ ޕެނަލްޓީ ގައި ކުރި ފްލަމެންގޯ ގެ މައްޗަށް ހޯދައިގެންނެވެ. މެޗުގައި ޕީއެސްޖީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފްލަމެންގޯ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. އިތުރު ވަގުތު ކުޅެގެން ވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނެތުމުން، ދެން ވަނީ ޕެނަލްޓީ ޖަހައިފަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ޕީއެސްޖީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކްވިޗާ ކްވަރަޝްކޭލިއާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑެޒެއާ ޑޫއޭ އެވެ. އޭގެ ފަހުން ވެސް ޕީއެސްޖީ އަށް ވަނީ މެޗުގައި އިތުރު ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ.

ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި ފްލަމެންގޯ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޯޖީނިއޯ އެވެ. އެއީ ޕީއެސްޖީގެ އޭރިޔާ ތެރެއިން ފްލަމެންގޯގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕީއެސްޖީ އިން ވަނީ ހަތަރު ޕެނަލްޓީގެ ތެރެެއިން ދެ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ފްލަމެންގޯ އިން ފަސް ޕެނަލްޓީ ޖެހިއިރު، އެ ޓީމަށް ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީ އެކެވެ. ފްލަމެންގޯ އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ޕީއެސްޖީގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މިއާ އެކު ޕީއެސްޖީ ވެގެން ގޮސްފައި ވަނީ ކަލަންޑަރު އަހަރެއްގައި ހަ ތަށި ކާމިޔާބު ކޮށްފައިވާ ތިން ވަނަ ޓީމަށެވެ. މީގެ ކުރިން ބާސެލޯނާ އަދި ބަޔާން މިއުނިކް އިން ވަނީ ކަލަންޑަރު އެއް އަހަރެއްގައި ހަ ތަށި ކާމިޔާބު ކޮށްފަ އެވެ. އެއް އަހަރުގެ ތެރޭގައި ޕީއެސްޖީ އިން ވަނީ ފްރާންސް ލީގުގެ އިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގު، ފްރާންސް ކަޕް، ޓްރޮޑީ ޑީ ޗެމްޕިއަންސް، ޔުއެފާ ސުޕަ ކަޕް އަދި އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށްފަ އެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފައި ވަނީ އެ ޓީމުން އަނެއްކާ ވެސް ތާރީޚުން ޖާގަ ހޯދާފައިވާ ކަމަށެވެ. އެންރީކޭ ބުނީ 2025 ވަނަ އަހަރުގެ ތެރޭގައި ޕީއެސްޖީ އިން ވަނީ ތަފާތު ރޫޙަކާއި، ހިތްވަރެއް ދައްކުވާފައި ކަމަށެވެ. އޭނާ ބުނީ ޕީއެސްޖީ އަށް ކާމިޔާބު ކުރެވުނު ކަންތައްތަކާ މެދު އެންމެން ވެސް ހިތްހަމަ ޖެހޭ ކަމަށާއި، ޚާއްސަކޮށް ކުލަބުގެ ސަޕޯޓަރުން ތިބީ އިންތިހާ އަށް އުފަލުން ކަމަށެވެ.

މީގެ އިތުރުން އެންރީކޭ ބުނީ ކާމިޔާބު ހޯދުމުގެ މަސައްކަތުގައި ދެމި ތިބެން ޖެހޭ ކަމަށާއި، ޕީއެސްޖީ އިން އެކަން ތަކުރާރު ކުރަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ޕީއެސްޖީގައި އޮތީ އެކަން ކުރެވޭނެ ފެންވަރުގެ ޓީމެއް ކަމަށާއި، ކުޅުންތެރިންނަށް އޭނާގެ ފުރިހަމަ އިތުބާރު އޮންނާނެ ކަމަށެވެ. 

އިންޓަކޮންޓިނެންޓަލް ކަޕްޕީއެސްޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު