Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ފުޓުބޯޅައިގައި ބައެއް ފަހަރު ހިތް ނޭދޭ ކަންކަމާ ކުރިމަތިލާން ޖެހޭނެ: އެންރީކޭ

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ޓީމުގެ ކުޅުމާ މެދު އޭނާ އެއްވެސް ޝަކުވާއެއް ކުރަން ބޭނުން ނުވާ ކަމަށް. އޭގެ ބަދަލުގައި، ޕީއެސްޖީ އަށް މޮޅުވުން ހައްގު ކަމަށާއި، އެ ފެންވަރުގެ ކުޅުމެއް ކުޅުންތެރިން ދެއްކި ކަމަށް އޭނާ ބުނި. ޕެރިސް އެފްސީއާ ދެކޮޅަށް ޕީއެސްޖީގެ ކުޅުންތެރިން "ވަރަށް ރަނގަޅު" ކުޅުމެއް ދެއްކި ކަމަށް ވެސް އެންރީކޭ ފާހަގަ ކުރި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 04:44
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ | ރޮއިޓަސް

ފުޓުބޯޅައިގައި ބައެއް ފަހަރު ހިތް ނޭދޭ ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް އިރުޝާދު ދެމުން އަންނަ ލުއިސް އެންރީކޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ފްރާންސް ކަޕްގެ ގަދަ 32 ވަނަ ބުރުގައި ޕެރިސް އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ޕީއެސްޖީ މުބާރާތުން ކެޓި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ޕެރިސް އެފްސީ އިން ވަނީ 1-0 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ. 

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ޓީމުގެ ކުޅުމާ މެދު އޭނާ އެއްވެސް ޝަކުވާއެއް ކުރަން ބޭނުން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި، ޕީއެސްޖީ އަށް މޮޅުވުން ހައްގު ކަމަށާއި، އެ ފެންވަރުގެ ކުޅުމެއް ކުޅުންތެރިން ދެއްކި ކަމަށް އޭނާ ބުންޏެވެ. ޕެރިސް އެފްސީއާ ދެކޮޅަށް ޕީއެސްޖީގެ ކުޅުންތެރިން "ވަރަށް ރަނގަޅު" ކުޅުމެއް ދެއްކި ކަމަށް ވެސް އެންރީކޭ ފާހަގަ ކުރި އެވެ.

މީގެ އިތުރުން އެންރީކޭ ބުނީ، އެ މެޗުގައި ޕީއެސްޖީ އިން ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ވަރަށް ރަނގަޅަށް ކުރި ކަމަށެވެ. ޔަޤީނުން ވެސް ޕީއެސްޖީ އަށް އެ މެޗުން މޮޅެއް ހައްގުވާ ކަމަށް އެންރީކޭ ޤަބޫލު ކުރެ އެވެ. އެހެން ނަމަވެސް، ފުޓުބޯޅަ އަކީ ޖަހާ ލަނޑުން ހުރިހާ ކަމެއް ނިންމާ ކުޅިވަރެއް ކަމަށް ފާހަގަކޮށް އެންރީކޭ ބުނީ، ލަނޑު ޖެހުނީ އިދިކޮޅު ޓީމަށް ކަމަށެވެ. ނަމަވެސް، ޕީއެސްޖީ އަށް މެދުވީ ލަނޑެއް ޖެހުން އެކަނި ކަމަށް އޭނާ ބުންޏެވެ. 

ޕީއެސްޖީގެ ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމަށް ތައުރީފު ކުރަމުން އެންރީކޭ ބުނީ، ހުރިހާ ކުޅުންތެރިންނާ މެދު ވެސް އޭނާ ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ. ޚާއްސަކޮށް ވަކި ވަކި ކުޅުންތެރިން ދެއްކި ކުޅުމާއި، ޓީމެއްގެ ގޮތުގައި ދެއްކި ކުޅުމާ މެދު އިންތިހާ އަށް ފަޚުރުވެރިވާ ކަމަށް އެންރީކޭ ބުންޏެވެ. ނަމަވެސް، މެޗުގެ ނަތީޖާ އަކީ ހިތްދަތި ނަތީޖާއެއް ކަަމަށާއި، އަދި އެ ނަތީޖާ އިޙުސާސް ކުރެވެނީ ބޭއިންސާފު ނަތީޖާއެއްގެ ގޮތުގައި ކަމަށް ވެސް އެންރީކޭ ބުނެފައިވެ އެވެ. 

ޕީއެސްޖީ އަކީ ފްރާންސް ކަޕް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ޓީމެވެ. މިހާތަނަށް 16 ފަހަރު ޕީއެސްޖީ އިން އެ މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، އެ ރެކޯޑު އިތުރު ކުރުމަށް 17 ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ނުކުރެވުމަކީ ހާސް ވާން ޖެހޭ ވަރުގެ ކަންބޮޑުވުމެއް ކަމަށް އެންރީކޭ ޤަބޫލެއް ނުކުރެ އެވެ. 

އެކަން ފާހަގަކޮށް އެންރީކޭ ބުނީ، މެޗުގެ ސްކޯ ބޯޑަށް ބަލާ ނަަމަ ފެންނާނީ ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް، މުޅި މެޗުގައި ޕީއެސްޖީ އިން ދެއްކި ކުޅުމާ ބަލާ ނަމަ، އެ ޓީމު އޮންނާނީ މާ ކުރީގައި ކަމަށް އެންރީކޭ ބުންޏެވެ. ހަމަ އެއާ އެކު، ފުޓުބޯޅައިގައި ބައެއް ފަހަރު ހިތް ނޭދޭ ވަރަށް ގިނަ ކަންކަން ދިމާވާނެ ކަމަށާއި، ކިތަންމެ ޤަބޫލު ކުރަން ދަތި ކަމަކަށް ވިޔަސް، ނަތީޖާ ޤަބޫލު ކުރަން ޖެހޭ ކަމަށް އެންރީކޭ ބުނެފައިވެ އެވެ. 

ފްރާންސް ކަޕް އިން ޕީއެސްޖީ ކަޓާފައިވާއިރު، މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޕީއެސްޖީ އަށް ޖާގަ ނުހޯދުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރު ވެސް ޕީއެސްޖީ ވަނީ މުބާރާތުގެ ގަދަ 32 ވަނަ ބުރުން ވެސް ކަޓައިފަ އެވެ. އެ ފަހަރު ޕީއެސްޖީ ބަލިވެފައި ވަނީ މޮންޓްޕެލިއޭ އަތުންނެވެ. 

ޕީއެސްޖީލުއިސް އެންރީކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ގްލޯބް ސޮކަރ އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔަކީ ވެސް ޑެމްބެލޭ

ގްލޯބް ސޮކަރ އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔަކީ ވެސް ޑެމްބެލޭ

29 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު