Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިލް

ޖިރޫޑް، ފްރާންސްގެ ލީލް އަށް ބަދަލުވަނީ

28 ޖޫން 2025 | ހޮނިހިރު 04:13

ލީލް އިން ޖިރޫޑް އަށް ހުށަހަޅަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2025 | ހޮނިހިރު 04:13
ލޮސް އެންޖަލެސް އަށް ކުޅެމުން އައި ޖިރޫޑް

ލޮސް އެންޖަލެސް އަށް ކުޅެމުން އައި ޖިރޫޑް

އެމެރިކާގެ ލޮސް އެންޖަލެސް އަށް ކުޅެމުން އަންނަ ފްރާންސްގެ އޮލީވިއޭ ޖިރޫޑް، ފްރާންސް ލީގުގެ ލީލް އަށް ބަދަލުވާން ނިންމައިފި އެވެ.

އޭސީ މިލާން ދޫކޮށްލުމަށް ފަހު، އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ ލޮސް އެންޖަލެސް އަށް ބަދަލުވީ 2024 ވަނަ އަހަރު އެވެ. ނަމަވެސް، އެ ކުލަބާ އެކު ސޮއި ކޮށްފައި އޮތް އެއްބަސްވުން އުވާލުމަށް ފަހު، ލީލް އަށް ބަދަލުވާން ޖިރޫޑް ވަނީ ނިންމައިފަ އެވެ.

ލީލް އިން ޖިރޫޑް އަށް ހުށަހަޅަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ. ޖިރޫޑްގެ ޑީލް ނިންމުމަށް ލީލް އިން މިހާާރު ވަނީ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަ ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ މެޑިކަލްގެ ކަންކަން ފުރިހަމަ ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޖިރޫޑް، އަލުން އެނބުރި ޔޫރަޕުގެ ފުޓުބޯޅަ އަށް ބަދަލު ވަނީ އެއް އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު އެވެ. އޭނާ ވަނީ އެމެރިކާގެ ލޮސް އެންޖަލެސް އަށް ކުޅެދިން 18 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު 2024 ވަނަ އަހަރުގެ ޔޫއެސް އޯޕަން ކަޕް ކާމިޔާބު ކުރިއިރު، ލީގްސް ކަޕްގެ ފައިނަލްގައި ވަނީ ވާދަކޮށްފަ އެވެ.

ޖިރޫޑް ވަނީ އާސެނަލް، ޗެލްސީ އަދި އޭސީ މިލާންގައި ވެސް ކުޅެފަ އެވެ. ލޮސް އެންޖަލެސްގެ ކުރިން އޭނާ ކުޅުނީ އޭސީ މިލާންގަ އެވެ. ޖިރޫޑް ވަނީ އޭސީ މިލާނާ އެކު ތިން ސީޒަން ހޭދަކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 132 މެޗު ކުޅެދީ 49 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އިޓާލިއަން ލީގު ވެސް ކާމިޔާބު ކުރި އެވެ.

ލިލްއޮލިވިއޭ ޖިރޫ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ދެ ވަނަ މެޗުގައި ޗެމްޕިއަން ރެއާލް ބަލިވެއްޖެ

03 އޮކްޓޯބަރު 2024
ދެ ވަނަ މެޗުގައި ޗެމްޕިއަން ރެއާލް ބަލިވެއްޖެ
14 މެއި 2024

މިލާނަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ފަޚުރެއް: ޖިރޫޑް

14 މެއި 2024
މިލާނަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ފަޚުރެއް: ޖިރޫޑް
22 ނޮވެމްބަރު 2023

އޭސީ މިލާންގައި މަޑުކުރަން ބޭނުން: ޖިރޫޑް

22 ނޮވެމްބަރު 2023
އޭސީ މިލާންގައި މަޑުކުރަން ބޭނުން: ޖިރޫޑް
09 އެޕްރީލު 2023

ޖިރޫޑާއެކު އޭސީ މިލާނަށް އެއްބަސްވުމަކަށް އާދެވިއްޖެ

09 އެޕްރީލު 2023
ޖިރޫޑާއެކު އޭސީ މިލާނަށް އެއްބަސްވުމަކަށް އާދެވިއްޖެ
04 ޑިސެމްބަރު 2022

ފްރާންސް ކުއާޓަރ ފައިނަލަށް، ޖިރޫޑާއި އެމްބާޕޭއަށް ރެކޯޑެއް!

04 ޑިސެމްބަރު 2022
ފްރާންސް ކުއާޓަރ ފައިނަލަށް، ޖިރޫޑާއި އެމްބާޕޭއަށް ރެކޯޑެއް!
06 ނޮވެމްބަރު 2022

ޖިރޫޑްގެ ލަނޑުން ސްޕެޒިއާ ބަލިކޮށް އޭސީ މިލާން ދެ ވަނަ އަށް ޖެހިލައިފި

06 ނޮވެމްބަރު 2022
ޖިރޫޑްގެ ލަނޑުން ސްޕެޒިއާ ބަލިކޮށް އޭސީ މިލާން ދެ ވަނަ އަށް ޖެހިލައިފި
05 އޮކްޓޯބަރު 2022

ކުރީގެ ކްލަބް ޗެލްސީއާ ދެކޮޅަށް ނުކުތުމަކީ ޖިރޫޑްއަށް އުފަލެއް!

05 އޮކްޓޯބަރު 2022
ކުރީގެ ކްލަބް ޗެލްސީއާ ދެކޮޅަށް ނުކުތުމަކީ ޖިރޫޑްއަށް އުފަލެއް!
07 ފެބުރުއަރީ 2022

ޗެމްޕިއަން ލިލް އަތުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް

07 ފެބުރުއަރީ 2022
ޗެމްޕިއަން ލިލް އަތުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް
18 ޖުލައި 2021

ޗެލްސީ ދޫކޮށް ޖިރޫޑް މިލާނަށް

18 ޖުލައި 2021
ޗެލްސީ ދޫކޮށް ޖިރޫޑް މިލާނަށް
26 މެއި 2021

ލީގު ހޯދައިދިނުމަށް ފަހު ގަލްޓިއޭ ލިލް ދޫކޮށްލައިފި

26 މެއި 2021
ލީގު ހޯދައިދިނުމަށް ފަހު ގަލްޓިއޭ ލިލް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް