Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގްލޯބް ސޮކަރ އެވޯޑު

ގްލޯބް ސޮކަރ އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔަކީ ވެސް ޑެމްބެލޭ

އެއާ އެކު ޑެމްބެލޭ ވެގެން ގޮސްފައި ވަނީ، ބެލެންޑިއޯ އާއި، ފީފާ ބެސްޓް އެވޯޑު އަދި ގްލޯބް ސޮކަރ އެވޯޑު އެއް އަހަރުގެ ތެރޭގައި ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 01:22
ގްލޯބް ސޮކާ އެވޯޑާ އެކު ޑެމްބެލޭ

ގްލޯބް ސޮކާ އެވޯޑާ އެކު ޑެމްބެލޭ

ގްލޯބް ސޮކަރ އެވޯޑްސް އިން ހޮވި އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ވެސް، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އޮސްމާން ޑެމްބެލޭ ހޮވިއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ އޮތް އެވޯޑު ހަފްލާގައި އަހަރުގެ މޮޅު ކުޅުންތެރިޔަކަށް ޑެމްބެލޭ ހޮވިފައިވާއިރު، އޭގެ ކުރިން އޭނާ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު އަދި ފީފާ ބެސްޓް އެވޯޑު ވެސް ހާސިލު ކޮށްފަ އެވެ. އެއާ އެކު ޑެމްބެލޭ ވެގެން ގޮސްފައި ވަނީ، ބެލެންޑިއޯ އާއި، ފީފާ ބެސްޓް އެވޯޑު އަދި ގްލޯބް ސޮކަރ އެވޯޑު އެއް އަހަރުގެ ތެރޭގައި ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މިދިޔަ ސީޒަންގައި ޑެމްބެލޭ ވަނީ ޕީއެސްޖީ އާއެކު ގިނަ ކާމިޔާބީ ތަކެއް ހޯދައި، މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. އެގޮތުން ޕީއެސްޖީ އިން އެ ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު، ޑެމްބެލޭ ވަނީ އިސް ދައުރެއް އަދާ ކޮށްފަ އެވެ.

މީގެ އިތުރުން ޑެމްބެލޭ ވަނީ ޕީއެސްޖީ އާއެކު ފްރާންސް ލީގުގެ އިތުރުން، ފްރާންސް ކަޕް އަދި ޓްރޮފީ ޑީ ޗެމްޕިއަންސް ވެސް ކާމިޔާބު ކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ޑެމްބެލޭ އެވެ. އަދި ފްރާންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ޑެމްބެލޭ ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

މީގެ އިތުރުން މިއަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާ އަށް ކުޅެމުން އަންނަ އައިޓާނާ ބޮންމާޓީ އެވެ. އޭނާ ވަނީ ފީފާ ބެސްޓް އެވޯޑު ވެސް ކާމިޔާބު ކޮށްފަ އެވެ. ގްލޯބް ސޮކަރ އިން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗަކީ ޕީއެސްޖީ އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ލުއިސް އެންރީކޭ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕީއެސްޖީ އިން ވަނީ ކަލަންޑަރު އެއް އަހަރުގެ ތެރޭގައި ހަ ތަށި ކާމިޔާބު ކޮށްފަ އެވެ.

އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ވިޓީނިއާ އެވެ. އެންމެ މޮޅު ފޯވަރޑަކަށް ހޮވުނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ލަމީން ޔަމާލް އެވެ. މިޑްލް އީސްޓުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. 

މީގެ އިތުރުން އެންމެ މޮޅު ރައީސަަކަށް ޕީއެސްޖީގެ ރައީސް ނާޞިރު އަލް ޚެލާފީ ހޮވުނުއިރު، އެންމެ މޮޅު ކުލަބަކީ ވެސް ޕީއެސްޖީ އެވެ. 

ގްލޯބް ސޮކާ އެވޯޑު ޕީއެސްޖީއޮސްމާނޭ ޑެމްބެލޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

ބެލެންޑިއޯ އަށް ފަހު، ފީފާ އެވޯޑު ވެސް ޑެމްބެލޭ ހޯދައިފި

17 ޑިސެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު