Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަތަރު-އެމެރިކާ

މެދުއިރުމަތީގެ މަސްރަހު ހޫނުވަމުން ދަނިކޮށް ގަތަރުގައި ދިފާއީ އައު މަރުކަޒެއް އެމެރިކާ އިން ހުޅުވައިފި

މި މަރުކަޒުގައި މިހާރު 17 ޤައުމެއްގެ އަސްކަރީ ހަރަކާތްތައް ދަނީ ހިންގަމުން. މި މަރުކަޒު ހުޅުވީ އީރާނުގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން ރައީސް ޓްރަމްޕް ވަރުގަދަ އިންޒާރުތަކެއް ދެއްވި ދަނޑިވަޅެއްގައި.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 08:56
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަތަރު ގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީ (ވ) އާއި ބޮޑު ވަޒީރު މުހައްމަދު ބިން އަބްދުލްރަހްމާން ބިން ޖާބިރު އަލް ޡާނީ (ކ) އާ އަލް އުދެއިދު އެއާބޭސް އިން ފުރާވަޑައިގަތުމުގެ ކުރިން ވާހަކަ ދައްކަވަނީ - މެއި 15، 2025.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަތަރު ގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީ (ވ) އާއި ބޮޑު ވަޒީރު މުހައްމަދު ބިން އަބްދުލްރަހްމާން ބިން ޖާބިރު އަލް ޡާނީ (ކ) އާ އަލް އުދެއިދު އެއާބޭސް އިން ފުރާވަޑައިގަތުމުގެ ކުރިން ވާހަކަ ދައްކަވަނީ - މެއި 15، 2025. | ގެޓީ އިމޭޖަސް

މެދުއިރުމަތީގެ މަސްރަހު ހޫނުވަމުން ދަނިކޮށް ގަތަރުގައި ދިފާއީ އައު މަރުކަޒެއް އެމެރިކާ އިން ހުޅުވައިފި ކަމަށް އެ ގައުމުން ބުނެފި އެވެ.

މި މަރުކަޒު ހުޅުވިކަން އިއުލާނު މި ކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން އެޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެވަޑައިގަންނަވާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ.

 މެދުއިރުމަތީގެ ވައިގެ ދިފާއީ ކަންކަމާއި މިސައިލް ދިފާއީ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އައު މަރުކަޒެއް ގާއިމު ކުރީ ގަތަރުގެ އަލް އުދައިދު އެއަރ ބޭސްގަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ގަތަރުގައި ހުންނަ މި އަސްކަރީ މަރުކަޒުގައި މިހާރުވެސް 17 ޤައުމެއްގެ އަސްކަރީ ޙަރަކާތްތައް ދަނީ ހިންގަމުންނެވެ.

"މިޑްލް އީސްޓަން އެއަރ ޑިފެންސް – ކޮމްބައިންޑް ޑިފެންސް އޮޕަރޭޝަންސް ސެލް" ގެ ނަމުން ނަންދެވިފައިވާ މި އައު މަރުކަޒު ޤާއިމުކޮށްފައި ވަނީ ކޮމްބައިންޑް އެއަރ އޮޕަރޭޝަންސް ސެންޓަރުގެ ތެރޭގަ އެވެ. މިތަނުގައި މަސައްކަތް ކުރާނީ އެމެރިކާގެ އިތުރުން އެމެރިކާ އާ ބައިވެރިވާ ސަރަޙައްދީ ޤައުމުތަކުގެ މުވައްޒަފުންނެވެ.

ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ އާ ޙަވާލާދީ އެ ބަޔާނުގައި ބުނެފައިވަނީ، މިއީ ސަރަޙައްދީ ދިފާޢީ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަރުކަޒުގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދިފާއީ ކަންކަމާއި މިސައިލް ދިފާޢީ ޒިންމާތައް ވިލަރެސްކުރުމާއި، މަޢުލޫމާތު ޙިއްޞާކުރުން ކުރިއަށްވުރެ ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އެމެރިކާގެ އެއަރ ފޯސް ސެންޓްރަލް (އޭއެފްސެންޓް) ގެ މުވައްޒަފުން ސަރަޙައްދީ ބައިވެރިންނާ ގުޅިގެން ގިނަ ގައުމުތަކެއް ބައިވެރިވާ އަސްކަރީ ތަމްރީނުތައް ރޭވުމާއި، ތަމްރީނުތައް ހިންގުމުގެ އިތުރުން ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ މަސައްކަތްތައް ކުރާނެ ކަމަށް ސެންޓްކޮމް އިން ބުންޏެވެ.

އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން ބާރުގެ ބޭނުންކުރުމާ ގުޅިގެން، ރައީސް ޓްރަމްޕް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދެއްވުމުން، އީރާނުން ވަނީ އެމެރިކާ އުޅެނީ އަސްކަރީ ގޮތުން ނުފޫޒު ފޯރުވުމަށް ބަހަނާއެއް ހޯދަން ކަމަށް ތުހުމަތުކޮށްފަ އެވެ.

އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަ މިޝަނުން 'އެކްސް' ގައި ބުނެފައި ވަނީ، އެމެރިކާ އިން އީރާނާ މެދު ގެންގުޅޭ ސިޔާސަތުތަކަކީ ވެރިކަން ބަދަލުކުރުމުގެ މަޤްޞަދުގައި ކުރާ ކަންކަން ކަމަށެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކާއި، އިންޒާރުތަކާއި، ރޭވިގެން ހިންގާ ހަމަނުޖެހުންތަކަކީ އަސްކަރީ ގޮތުން ވަދެގަތުމަށް ބަހަނާ ދެއްކުމަށް ކުރާ ކަންކަން ކަމަށާއި، ނަމަވެސް ވޮޝިންގޓަނުގެ މި އުކުޅުތައް އަލުން ނާކާމިޔާބު ވާނެ ކަމަށް އީރާނުން ބުންޏެވެ.

ގަތަރަކީ އިޒްރޭލާއި އީރާނުގެ ހަމަލާތައް ވެސް ކުރިމަތިވެފައިވާ އެ ސަރަހައްދުގެ ހަމައެކަނި ގައުމެވެ. ހަމަ އެއާ އެކު، ދޯހާ އާއި ތެހެރާނަކީ ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭސް ފީލްޑް ހިއްސާ ކުރާ އަދި އެކުވެރި ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ.

މި އައު މަރުކަޒު ހުޅުވާފައި ވަނީ މިދިޔަ އަހަރު ގަތަރާއި ބަޙްރައިންގައި އެމެރިކާގެ އަސްކަރިއްޔާ އިން ވައިގެ ދިފާއީ ކަންކަމަށް ޚާއްޞަ ދެ މަރުކަޒެއް ގާއިމު ކުރުމަށްފަހުގަ އެވެ.

އީރާނުން ވަނީ އެމެރިކާ އިން އެ ގައުމަށް އަސްކަރީ ހަމަލާއެއް ދިފި ނަމަ އެ ސަރަހައްދުގައި ހުރި އެމެރިކާގެ ޓާގެޓް ތަކަށް ހަމަލާ ދޭނެ ކަަމަށް ބުނެފަ އެވެ.

ގަތަރުއެމެރިކާ-އީރާންއީރާން މުޒާހަރާއީރާންޤަތަރު-އެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަމަ ނުޖެހުންތަކުގައި އީރާނުގެ 100ށް ވުރެ ގިނަ ސަލާމަތީ އޮފިޝަލުން މަރުވެއްޖެ

ހަމަ ނުޖެހުންތަކުގައި އީރާނުގެ 100ށް ވުރެ ގިނަ ސަލާމަތީ އޮފިޝަލުން މަރުވެއްޖެ

14 ޖެނުއަރީ 2026
އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި

އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި

14 ޖެނުއަރީ 2026
މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 ޖެނުއަރީ 2026
އީރާނު މިސްރާބު ޖަހާފައި ވަނީ 1979 ވަނަ އަހަރު ފަދަ އިންގިލާބަކާ ދިމާލަށްބާ؟

އީރާނު މިސްރާބު ޖަހާފައި ވަނީ 1979 ވަނަ އަހަރު ފަދަ އިންގިލާބަކާ ދިމާލަށްބާ؟

13 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދީފާނެކަމަށް ބުނެ ދެމުންދާ އިންޒާރުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން: ރަޝިޔާ

އެމެރިކާ އިން އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދީފާނެކަމަށް ބުނެ ދެމުންދާ އިންޒާރުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން: ރަޝިޔާ

13 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު