Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އެމެރިކާ އިން އީރާނަށް ހަމަލާދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ރަޝިޔާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ

14 ޖެނުއަރީ 2026 | ބުދަ 18:45

ރަޝިޔާގެ ޕާލަމެންޓުގެ ތިރިގޭގެ އިންޓަނޭޝަނަލް އެފެއާޒް ކޮމިޓީގެ މުގައްރިރު ލިއޮނިޑް ސްލޫޓްސްކީ ވިދާޅުވީ އެމެރިކާ އިން އީރާނަށް އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމަށް. އޭނާ ދެކޭ ގޮތުގައި އީރާނުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކަކީ ބޭރުގެ ބާރުތަކުން ހިތްވަރުދީގެން ހިންގާ ހަރަކާތްތަކެއް.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 18:45
ރަޝިޔާގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ލިއޮނިޑް ސްލޫޓްސްކީ

ރަޝިޔާގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ލިއޮނިޑް ސްލޫޓްސްކީ | ރޮއިޓަސް

އެމެރިކާ އިން އީރާނަށް ހަމަލާދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ރަޝިޔާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ޕާލަމެންޓުގެ ތިރިގޭގެ އިންޓަނޭޝަނަލް އެފެއާޒް ކޮމިޓީގެ މުގައްރިރު ލިއޮނިޑް ސްލޫޓްސްކީ ވިދާޅުވި ގޮތުގައި، އެމެރިކާ އިން އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ، މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިއާ "ޓާސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސްލޫޓްސްކީ ވިދާޅުވީ، ވިސްނުމެއް ނެތި އުދުވާނީ ހަމަލާ އެއް އީރާނަށް ދިނުމަށް ވައިޓް ހައުސް އިން ނިންމައިފި ނަމަ، އެއީ ވޮޝިންގްޓަނަށް ހެދޭނެ އެންމެ ބޮޑު ގޯހަށް ވާނެ ކަމަށެވެ.

"ތެލުގެ ދަހިވެތިކަމުގައި އެމެރިކާ އިން މި ތައްޔާރުވަނީ ހަމައެކަނި މުދަލުގެ ބާޒާރު ފުނޑުފުނޑުކޮށްލާކަށް ނޫން. މުޅި ސަރަހައްދުގެ މަސްލަހަތު މުޅިން ނަގާލުމަށް،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ރަޝިޔާގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ސްލޫޓްސްކީ ތުހުމަތު ކުރެއްވި ގޮތުގައި، އީރާނުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކަކީ ވެރިކަން ބަދަލުކުރުމުގެ މަގުސަދުގައި ބޭރުގެ ބާރުތަކުން ހިތްވަރުދީގެން ހިންގާ ހަރަކާތްތަކެކެވެ. އޭނާ ވިދާޅުވީ، މަގުމަތީގެ ކުރިމަތިލުންތައް ކުރިއަށް ގެންދިއުމަށާއި ގާނޫނީ ގޮތުން އިންތިޚާބުކޮށްފައިވާ ސަރުކާރު ވައްޓާލުމަށް ގޮވާލައި، ހުޅަނގުގެ ސިޔާސީވެރިން މިކަމަށް ތާއީދުކޮށް ބައިއަތު ހިފާފައިވާ ކަމަށެވެ.

އަނެއްކޮޅުން ނިއުޔޯކް ޓައިމްސް އިން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕެންޓަގަނުން ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ބެލިސްޓިކް މިސައިލް ސައިޓްތައް ހިމެނޭހެން ހަމަލާދެވިދާނެ ތަންތަނުގެ ތަފާތު އިޚްތިޔާރުތައް ރައީސް ޓްރަމްޕަށް ހުށަހަޅާފަ އެވެ. ނަމަވެސް، ސައިބާ ހަމަލާ އެއް ދިނުން ނުވަތަ އީރާނުގެ ދާޚިލީ ސަލާމަތީ ނިޒާމަށް އަމާޒުކޮށް ހަމަލާދިނުން ފަދަ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ބޮޑު ކަމަށް އޮފިޝަލުން ފާހަގަކުރެ އެވެ.

އަސްކަރީ ހަމަލާ އެއް ދޭނަމަ އެކަމަށް މަދުވެގެން ދުވަސްކޮޅެއް ނަގާނެ ކަމަށާއި، އޭގެ ސަބަބުން އީރާނުގެ ފަރާތުން ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް އަތުވެދާނެ ކަމަށް އޮފިޝަލުން އެ ނޫހަށް މައުލޫމާތު ދީފައިވެ އެވެ.

އަސްކަރީ އޮފިޝަލުންނާ ހަވާލާދީ އެ ރިޕޯޓުގައިވާ ގޮތުން، އެމެރިކާގެ ކަނޑުގެ ސިފައިންގެ މިސައިލް ހަމަލާ ދޭ ތިން މަނަވަރު މިހާރު ވެސް މެދުއިރުމަތީގެ ސަރަހައްދުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ފާއިތުވި ދުވަސްތަކުގައި ރަތްކަނޑަށް ވަދެފައިވާ "ރޫޒަވެލްޓް" މަނަވަރު ހިމެނެ އެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި އެމެރިކާގެ މިސައިލް ފޮނުވާ ސަބްމެރިން އެއް ވެސް އޮތްކަމަށް ޕެންޓަގަނުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-އީރާންލިއޮނިޑް ސްލޫޓްސްކީއީރާން މުޒާހަރާއީރާން-ރަޝިޔާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2026

ސައުދީގެ އެއްގަމާއި ވައިގެ ސަރަހައްދު އީރާނަށް ހަމަލާ ދިނުމަށް ބޭނުން ނުކުރެވޭނެ ކަމަށް އެ ގައުމުން އަންގައިފި

14 ޖެނުއަރީ 2026
ސައުދީގެ އެއްގަމާއި ވައިގެ ސަރަހައްދު އީރާނަށް ހަމަލާ ދިނުމަށް ބޭނުން ނުކުރެވޭނެ ކަމަށް އެ ގައުމުން އަންގައިފި
14 ޖެނުއަރީ 2026

ގަތަރުގެ އެމެރިކާގެ އަސްކަރީ މަރުކަޒު، އަލް-އުދައިދު އެއަރ ބޭސްގައި ތިބި ބައެއް މުވައްޒަފުން ބުދަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަނުން ފޭބުމަށް އަންގައިފި

14 ޖެނުއަރީ 2026
ގަތަރުގެ އެމެރިކާގެ އަސްކަރީ މަރުކަޒު، އަލް-އުދައިދު އެއަރ ބޭސްގައި ތިބި ބައެއް މުވައްޒަފުން ބުދަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަނުން ފޭބުމަށް އަންގައިފި
14 ޖެނުއަރީ 2026

ސަރަހައްދުގެ ގައުމުތަކަށް އީރާނުގެ އިންޒާރު - އެމެރިކާ އިން ހަމަލާ ދީފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނަން

14 ޖެނުއަރީ 2026
ސަރަހައްދުގެ ގައުމުތަކަށް އީރާނުގެ އިންޒާރު - އެމެރިކާ އިން ހަމަލާ ދީފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނަން
14 ޖެނުއަރީ 2026

މެދުއިރުމަތީގެ މަސްރަހު ހޫނުވަމުން ދަނިކޮށް ގަތަރުގައި ދިފާއީ އައު މަރުކަޒެއް އެމެރިކާ އިން ހުޅުވައިފި

14 ޖެނުއަރީ 2026
މެދުއިރުމަތީގެ މަސްރަހު ހޫނުވަމުން ދަނިކޮށް ގަތަރުގައި ދިފާއީ އައު މަރުކަޒެއް އެމެރިކާ އިން ހުޅުވައިފި
14 ޖެނުއަރީ 2026

ހަމަ ނުޖެހުންތަކުގައި އީރާނުގެ 100ށް ވުރެ ގިނަ ސަލާމަތީ އޮފިޝަލުން މަރުވެއްޖެ

14 ޖެނުއަރީ 2026
ހަމަ ނުޖެހުންތަކުގައި އީރާނުގެ 100ށް ވުރެ ގިނަ ސަލާމަތީ އޮފިޝަލުން މަރުވެއްޖެ
14 ޖެނުއަރީ 2026

އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި

14 ޖެނުއަރީ 2026
އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި
14 ޖެނުއަރީ 2026

މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 ޖެނުއަރީ 2026
މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
13 ޖެނުއަރީ 2026

އީރާނު މިސްރާބު ޖަހާފައި ވަނީ 1979 ވަނަ އަހަރު ފަދަ އިންގިލާބަކާ ދިމާލަށްބާ؟

13 ޖެނުއަރީ 2026
އީރާނު މިސްރާބު ޖަހާފައި ވަނީ 1979 ވަނަ އަހަރު ފަދަ އިންގިލާބަކާ ދިމާލަށްބާ؟
13 ޖެނުއަރީ 2026

އެމެރިކާ އިން އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދީފާނެކަމަށް ބުނެ ދެމުންދާ އިންޒާރުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން: ރަޝިޔާ

13 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދީފާނެކަމަށް ބުނެ ދެމުންދާ އިންޒާރުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން: ރަޝިޔާ
13 ޖެނުއަރީ 2026

މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

13 ޖެނުއަރީ 2026
މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް