Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-ޖަރުމަން

ޖަރުމަނުން ގެންގުޅޭ ދެފުށްކެހެރި ސިޔާސަތުތަކަށް އީރާނުގެ ޚާރިޖީ ވަޒީރު ވަރުގަދަ ރައްދެއް ދެއްވައިފި

ޣައްޒާ ގައި އެމެރިކާ އާއި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް ޖަރުމަނުން ފާޅުގައި ތާއީދުކުރަމުންދާތީ، އެ ގައުމުގެ އިތުބާރު މުޅިން ގެއްލިފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 09:16
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ | ގެޓީ އިމޭޖަސް

ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާރޒް، އީރާނުން މުޒާހަރާކުރާ މީހުން މަރަމުންދާ ކަމަށް ތުހުމަތު ކުރެއްވުމާ ގުޅިގެން، އިންސާނީ ހައްގުތަކުގެ މައްސަލައިގައި ޖަރުމަނުން ގެންގުޅޭ ދެފުށްކެހެރި ސިޔާސަތުތަކަށް އީރާނުގެ ޚާރިޖީ ވަޒީރު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އަންގާރަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، އިންސާނީ ހައްގުތަކާ ބެހޭގޮތުން އެހެން ގައުމުތަކަށް "ލެކްޗަރ" ދިނުމުގެ އެއްވެސް ހައިސިއްޔަތެއް ޖަރުމަނަށް ނެތް ކަމަށެވެ. އަދި ޣައްޒާ ގައި އެމެރިކާ އާއި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް ޖަރުމަނުން ފާޅުގައި ތާއީދު ކުރަމުން ދާތީ، އެ ގައުމުގެ އިތުބާރު މުޅިން ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އާންމުންނާއި ފުލުހުން މަރަމުންދާ ޓެރަރިސްޓުންގެ މައްޗަށް އީރާނުން ކުރިހޯދުމުން، ޖަރުމަނުގެ ޗާންސެލަރ އަވަސްވެގަތީ ހަމަ ނުޖެހުން ހިންގި މީހުންނަށް ހިތްވަރު ދެއްވުމަށް ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވިއެވެ. "އެހެންވީއިރު، ޣައްޒާގައި 70،000 ފަލަސްތީނު ރައްޔިތުން މަރައި ހިންގަމުންދާ ގަތުލުއާންމަށް މާރޒް ކުރައްވާ ފުރިހަމަ ތާއީދާ ބެހޭގޮތުން އޭނާ ވިދާޅުވަނީ ކީކޭތޯ؟" އޭނާ ސުވާލު އުފެއްދެވިއެވެ.

އަރަގްޗީ މިފަދައިން ވިދާޅުވެފައިވަނީ، އީރާނުގެ ސަރުކާރުގެ ސައްހަ ކަމާމެދު ސުވާލު އުފައްދައި، އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއެކު ސަރުކާރު ވެއްޓެން ގާތްވެފައިވާ ކަމަށް ވިދާޅުބެ މާރޒް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.

މާރޒް ވަނީ އީރާނުގެ ސަރުކާރަކީ ރައްޔިތުންގެ ވޯޓުން އިންތިޚާބުވެފައިވާ ސަރުކާރެއް ނޫން ކަމަށް ދޭހަވާ ގޮތަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ. ނަމަވެސް، އީރާނަކީ އިސްލާމީ ޑިމޮކްރަސީއެއްގެ ދަށުން ހުރިހާ މަގާމުތަކަކަށް ވެސް ރައްޔިތުންގެ ސީދާ އަދި ނުސީދާ ވޯޓުން މީހުން އިންތިޚާބުކުރާ ގައުމެކެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޖޫން މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށް މާރޒް ތާއީދުކުރެއްވިކަން ވެސް އަރަގްޗީ ފާހަގަކުރެއްވި އެވެ. އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ގެއްލުން ދިނުމަށް ޒަޔަނިސްޓު އިސްތިއުމާރުން ކުރި މަސައްކަތަކީ ވިލާތަށްޓަކައި ކޮށްދިން  މަސައްކަތެއް ކަމަށް މާރޒް ސިފަކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އެމެރިކާ އިން ވަގަށް ނެގި މައްސަލައިގައި ޖަރުމަނުން ހަނު އޮތް އޮތުމަށްވެސް އަރަގްޗީ ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖަރުމަނުން އީރާނުގެ ދާޚިލީ ކަންކަމާ ބެހުން ހުއްޓާލައި، ޓެރަރިޒަމާއި ގަތުލުއާންމަށް ކުރާ ތާއީދު ހުއްޓާލަން ޖެހޭ ކަމަށެވެ.

ވަކި މައްސަލައެއްގެ ގޮތުގައި، ޔޫރަޕިއަން ޕާލަމެންޓުން އީރާނުގެ ޑިޕްލޮމެޓުން އެ އިދާރާ އަށް ވަނުން މަނާކުރި ކުރުމަށްވެސް އަރަގްޗީ ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ޣައްޒާގައި ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާ އޮތް އޮތުމުން އެ އިދާރާގެ ނުފޫޒާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

އަރަގްޗީ އިތުރަށް ވިދާޅުވީ، ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީސީ) މައްސަލަ ބަލަމުންދާ ނަތަންޔާހޫ އަށް ޔޫރަޕުގެ ވައިގެ ސަރަހައްދުގައި މިނިވަންކަމާއެކު ދަތުރު ކުރެވޭ އިރު، އީރާނުގެ ޑިޕްލޮމެޓުންނާ މެދު މިފަދަ ފިޔަވަޅުތައް އެޅުމުން ދުނިޔެ އަށް ހަގީގަތް ސާފުވާ ކަމަށެވެ. އަދި ޔޫރަޕުން އަޅާ ކޮންމެ ފިޔަވަޅަކަށް އީރާނުން ހަމަ އެފަދަ ރައްދެއް ދޭނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

އީރާނުގައި ދިރިއުޅުމުގެ އަގުތައް ބޮޑުވުމާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދިމާވެފައިވާ ކަންކަން ކަމަށް އީރާނު ސަރުކާރުން ބުނެ އެވެ. ރައްޔިތުންގެ އިގްތިސާދީ ޝަކުވާތައް ބަލައިގަންނަ ކަމަށް ބުނަމުން، ބޭރުގެ ނުފޫޒުން ހިންގާ ހަމަނުޖެހުންތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އީރާނުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް އީރާނުގެ އެކި ސަރަހައްދުތަކުގައި އެތައް މިލިއަން ރައްޔިތުން ނުކުމެ ސަރުކާރަށް ތާއީދުކޮށް އަޑުއުފުލާފައިވާކަން ވެސް ފާހަގަކުރެވެ އެވެ.

މަސްދަރު: ޕްރެސް ޓީވީ

ފްރީޑްރިކް މާރޒްއައްބާސް އަރަގްޗީއީރާން-ޖަރުމަން

ކޮމެންޓް

އިތުރަށް ކިޔާލަން

މި މަސް ނިމުމުގެ ކުރިން އީޔޫ-އިންޑިއާ އެފްޓީއޭ ގައި ސޮއި ކުރެވިދާނެ

މި މަސް ނިމުމުގެ ކުރިން އީޔޫ-އިންޑިއާ އެފްޓީއޭ ގައި ސޮއި ކުރެވިދާނެ

13 ޖެނުއަރީ 2026
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ހުޅުޖަހާ މީހާގެ ގައިގައި ވެސް އެންމެ ފަހުން ހުޅު ހިފާނެ ކަމަށް

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ހުޅުޖަހާ މީހާގެ ގައިގައި ވެސް އެންމެ ފަހުން ހުޅު ހިފާނެ ކަމަށް

11 ޖެނުއަރީ 2026
އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން، އެކަމަކު ހަމަލާ ދީފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް: ޚާރިޖީ ވަޒީރު

08 ޖެނުއަރީ 2026
އީރާނުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން ދައްކާ ފިތުނަވެރި އަދި ހަގީގަތާ ޚިލާފު ވާހަކަތައް އީރާނުގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފި

އީރާނުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން ދައްކާ ފިތުނަވެރި އަދި ހަގީގަތާ ޚިލާފު ވާހަކަތައް އީރާނުގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފި

08 ޖެނުއަރީ 2026
އަރާގްޗީ އާއި ކޫޕާ ފޯނުން ގުޅުއްވައި "ކުޑަ ވަގުތު ކޮޅަކަށް" މަޝްވަރާ ކުރައްވައިފި

އަރާގްޗީ އާއި ކޫޕާ ފޯނުން ގުޅުއްވައި "ކުޑަ ވަގުތު ކޮޅަކަށް" މަޝްވަރާ ކުރައްވައިފި

22 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު